ރެޑްވޭވް

ރޯދަމަހު ފިޔާ، އަލުވި، ބިސް އަގުހެޔޮވާނެ: ރެޑްވޭވް

ރެޑްވޭވްގެ ފިހާރައެއް: ރޯދަ މަހަށް ތަކެތި އަގުހެޔޮ ކުރާނެ ކަމަށް ބުނޭ
0%
0%
0%

އަންނަ ރޯދަމަހު ފިޔާ، އަލުވި އަދި ބިސް ވީހާ ވެސް ކުޑަ އަގެއްގައި ވިއްކަން ރެޑްވޭވުން ނިންމައިފި އެވެ.

ރެޑްވޭވުން ބުނީ ރޯދަ މަހު ގިނަ ގޭބިސީތަކުން ފިޔާ، އަލުވި އަދި ބިސް އާންމު ގޮތެއްގައި ގަންނަނީ ގަނޑުކޮށް ކަމަށް ވުމުން މި ތަކެތީގެ އަގު ބޮޑުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ރޯދަމަހު ރެޑްވޭވުން މި ތަކެތި ހެޔޮ އަގެއްގައި ލިބޭނެ ކަމަށް ބުންޏެވެ.

މިހާރު ބިހުގެ އަގު 1.50 ރުފިޔާއަށް ތިރި ކޮށްފައިވާ ކަމަށާއި ފިޔާ އަދި އަލުވީގެ އާ ޝިޕްމެންޓް އައުމުން އެތަކެތީގެ އަގު ވެސް ބޮޑުތަނުން ކުޑަކުރާނެ ކަމަށް ރެޑްވޭވުން ބުންޏެވެ. ރޯދަ މަސް ނިމެން ދެން ވީހާ ވެސް ކުޑަ އަގެއްގައި މި ތަކެތި ވިއްކާނެ ކަމަށް ވެސް ބުންޏެވެ.

ރެޑްވޭވުން އިތުރަށް ބުނީ، ރޯދަ މަހާ ދިމާކޮށް ހައިސެންސް އަދި ޝާޕް ބްރޭންޑުގެ އިލެކްޓްރޯނިކްސްގެ އިތުރުން ރޯދައަށް ހާއްސަ ގިނަ އައިޓަމްތަކެއް ހެޔޮ އަގުގައި ލިބިގެން ދާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345