ވިޔަފާރި

މޯލްޑިވް ގޭހަށް 20 އަހަރު: ލުއި ފުޅީގެ ޕެކޭޖުތަކެއް

Sep 17, 2019
1

މޯލްޑިވް ގޭހަށް 20 އަހަރު ފުރުމާ ދިމާކޮށް، ލުއި ފުޅީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ގޭހުގެ ހިދުމަތް ދެމުން ގެންދާ ކުންފުނިން ބުނި ގޮތުގައި އެ ކުންފުނިން މި ފަހަރު ތައާރަފުކޮށްފައި ވަނީ ގިނަ ހިދުމަތްތަކެއް ހިމެނޭ ގޮތަށް ލުއި ބޭސިކް އާއި ލުއި ސްޑޭންޑަޑް ޕެކޭޖެއް ކަމަށެވެ.

ލުއި ފުޅި ބޭސިކް

މި ޕެކޭޖުގައި ލުއި ފުޅި ރަޖިސްޓްރީ ކުރުމާއި ފުޅައި ދިނުމާއި ގޭސް ފުޅިއަށް ގުޅާ ހޮޅި އާއި ގޭސްފުޅީގައި ހަރުކުރާ ކްލިޕްގެ އިތުރުން 10 ކިލޯގެ ގޭސް ލިބެ އެވެ. އަދި މި ޕެކޭޖުގެ އަގަކީ 1،250ރ. އެވެ.

ސްޓޭންޑަޑް ޕެކޭޖު

މި ޕެކޭޖުގެ އަގަކީ 1،435 ރުފިޔާ އެވެ. އެވެ. މި ޕެކޭޖުގައި ހިމެނެނީ ބޭސިކް ޕެކޭޖުގައި ހިމެނޭ ހުރިހާ ހިދުމަތްތަކެއްގެ އިތުރުން ގޭސް ފުޅިއަށް ބޭނުންވާ ރެގިއުލޭޓަރު ގުޅައިދިނުމެވެ.

މޯލްޑިވް ގޭހުގެ މި ޕްރޮމޯޝަން ކުރިއަށްދާނީ 20 ދުވަހުގެ މުއްދަތަށެވެ. އެ ކުންފުނިން ބުނީ ކުންފުނީގެ އަމާޒަކީ ވީހާވެސް ގިނަ ދުވަހު މި ޕެކޭޖުތައް ދޫކުރުން ކަމަށެވެ.

އާއްމުކޮށް ބޭނުންކުރާ ގޭސް ފުޅިއަށްވުރެ ލުއި ފުޅި މޯލްޑިވް ގޭހުން ތައާރަފު ކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ.