ދިރާގު ވިން އަ ސްޕީޑްބޯޓް ޕްރޮމޯޝަނާއެކު ކޮންމެ މަހަކު ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.
ދިރާގުން ލޯންޗުކޮށްފައިވާ މި ހާއްސަ ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މުޅިން އާ އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓަކާއި ޔަމަހާ އައުޓްބޯޑް ދެ އިންޖީނު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަންގެ ހާއްސަ އިނާމުގެ އިތުރުން ޕްރޮމޯޝަންގެ އެންރޯލްމަންޓް މުއްދަތުގެ ތެރޭގައި ކޮންމެ މަހަކުވެސް އިނާމު ލިބެ އެވެ. މި އިނާމުތަކުގެ ތެރޭގައި ގޯ ޕްރޯ ހީރޯ 12، ސްޕޯޓްސް ފިޝިންގް ގިއަ ސެޓް، ސުންޓޯ ޑީ5 ވޮޗް އަދި ޑީޖީއައި މިނީ އެސްއީ ފްލައި މޯ ކޮމްބޯ ފަދަ އިނާމުތައް ހިމެނެ އެވެ.
ދިރާގު ވިން އަ ސްޕީޑްބޯޓް ޕްރޮމޯޝަންގެ ބޮޑު އިނާމު ހޯދުމަށް އެންރޯލްވާ ހުރިހާ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންވެސް ކޮންމެ މަހަކު ކުރިއަށްދާ މި އިނާމު ލިބޭ ގުރުއަތުގައި އޮޓޮމެޓިކްކޮށް ބައިވެރިކުރެވޭނެ އެވެ. އެގޮތުން ދިރާގުން ވަނީ މިހާރު އެންރޯލްވި ކަސްޓަމަރުންގެ މެދުގައި ދެ ގުރުއަތު ނަގާ، ގޯ ޕްރޯ ހީރޯ 12 އަދި ސްޕޯޓްސް ފިޝިންގް ގިއަ ސެޓް ލިބޭ ނަސީބުވެރި ކަސްޓަމަރުން ހޮވާފަ އެވެ.
ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބަ ބްރޯޑްބޭންޑް 30އެމްއަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް ދިރާގު ވިން އަ ސްޕިޑްބޯޓް ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.
ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފަ އެވެ. އަދި ހާއްސަ ޕޯޓަލް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރޭ 11:59 ގެ ކުރިން މި ޕްރޮމޯޝަންގައި ހުރިހާ ކަސްޓަމަރުންނަށްވެސް އެންރޯލްވެވޭނެ އެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.
ދިރާގަކީ ރާއްޖޭގައި މިފަދަ ފޯރިގަދަ ޕްރޮމޯޝަންތައް ކުރިއަށްގެންދާ ކުންފުނިތަކުގެ ތެރެއިންވެސް ނަމޫނާ ކުންފުންޏެކެވެ.
އެގޮތުން ކޮންމެ އަހަރުކުވެސް އެ ކުންފުނީގެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދޭނެ ފަދަ ހާއްސަ ޕްރޮމޯޝަންތަކާއި އޮފާތައް ފަރުމާކޮށް، ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެ އެވެ.