ރޯދަ މެނޫތައް އަވަސްއިން ފެންނާނެ ޕެކޭޖެއް ވިއްކަން ފަށައިފި

ރޯދަ މަހާ ދިމާކޮށް، އަވަސް އޮންލައިންއިން ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ރޯދަ މެނޫ ތަކަށް ހާއްސަ ސޮފުހާއެއް ހިމަނައި އަވަސް މެދުވެރިކޮށް ރޯދަ މެނޭތޫތައް އިޝްހާތު ކުރާނެ ޕެކޭޖެއް މިއަދު ތައާރަފުކޮށް ވިއްކަން ފަށައިފި އެވެ.

އަވަސް އޮންލައިންގެ ޕްރޮޑަކްޓް މެނޭޖާ އަދި ލީޑް ޑިވެލޮޕާ އިސްމާއީލް ޒާހީ މިއަދު ވިދާޅުވީ އަވަސް އޮންލައިންގެ ރޯދަ މަހަށް ހާއްސަ ކޮންޓެންޓް ހިމަނާފައިވާ އެޑިޝަން "ރޯދަ މަހާ ރޯއްޖާ"ގައި ކެފޭތަަކާއި ރެސްޓޯރެންޓްތަކުގެ ރޯދަ މެނޫ ތަކަށް ހާއްސަ ސޮފުހާއެއް ހިމަނާފައިވާނެ ކަމަށެވެ. އަދި އެ ސޮފުހާގައި ހުރިހާ ރެސްޓޯރެންޓްތަކާއި ކެފޭތަކެއްގެ ރޯދަ މެނޫ އާއި ރެސްޓޯރެންޓްގެ ތައާރަފު ހިމަނާއި އިޝްތިހާރު ކުުރެވޭނެ ޕެކޭޖެއް މިއަދު އަވަސް އިން ވިއްކަން ފަށާފައިވާ ކަމަށެވެ.

ކެފޭތަކާއި ރެސްޓޯރެންޓްތަކުން އަވަސްގެ "ރޯދަ މެނޫ" ޕެކޭޖެ ގަތުމުން ރެސްޓޯރެންޓު / ކެފޭގެ ތައާރަފަކާއި ފޮޓޯ އާއި ރޯދަ މެނޫ ހިމެނޭ ގޮތަށް މުޅި ރޯދަ މަހުގެ އަވަސްގެ "ރޯދަމަހާ ރޯއްޖާ" އެޑިޝަންގައި ޑިސްޕްލޭކޮށްދޭނެ އެވެ. ޕޭޖުގައި ފީޗާ ކުރާ ރޯދަ މެނޫ ރެސްޓޯރެންޓް / ކެފޭތަކުގެ މެނޫތައް ފަސޭހަކަމާއެކު ބަދަލު ކުރެވޭނެ އެވެ.

"ރޯދަ މެނޫ ޕެކޭޖް ގަންނަ ފަރާތްތަކަށް އަޅުގަނޑުމެންގެ ޕޭޖްގައި ރެސްޓޯރެންޓް ތައާރަފުކޮށްދޭނެ. އަދި ކޮންމެ ދުވަހަކު ފޮޓޯ އާއި ރެސިޕީ ވެސް ބަދަލު ކުރެވޭނެ. އަދި ރެސްޓޯރެންޓްގެ ވީޑިިއޯކޮޅެއް ވެސް ލެވިދާނެ. މި ޕޭޖުގައި ފީޗާ ކުރާ ރެސްޓޯރެންޓް ކެފޭތަކުގެ މެނޫތަަކާއި އަގުތައް ގުޅޭނެ ނަމްބަރުގެ އިތުރުން، ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް ހިމަނައިދޭނެ،" ޒާހީ ވިދާޅުވި އެވެ.

އަވަސް "ރޯދަ މެނޫ" ޕެކޭޖް ގަނެ "ރޯދަމަހާ ރޯއްޖާ" ގައި މެނޫ ހިމަނަން ބޭނުންވާ ފަރާތް ތަކުން 7824880 އަށް ގުޅުމުން ޕެކޭޖްގެ އަގުތަކާއި އެ މައުލޫމާތު ސާފު ކޮށްދޭނެ އެވެ.

އަވަސް އިން ވަނީ ރޯދަ މަހާ ދިމާކޮށް އަގު ބޮޑު އިނާމު ލިބޭ ސުވާލު މުބާރާތެއް ވެސް ފަށާފަ އެވެ. މި މުބާރާތުގައި ސުވާލު މުބާރާތުގެ ފުރަތަމަ 10 އެއްގެ އިނާމަކީ އީވޯއިން ދޭ "ބޯޝް" މަރުކާގެ ދޮންނަ މެޝިނަކާއި "ލޮޓަސް" އިން ދޭ ބައިސްކަލަކާއި މާލޭގެ މުހިންމު ރެސްޓޯރެންޓަކުން ދޭ، ދެ މީހެއްގެ ރޯދަ ވިއްލުމެކެވެ. ދެ ވަނަ 10 އިގެ އެއްވަނަ އަށް ފަރާތަށް ދޭނީ އީވޯއިން ދޭ "ބޯޝް" ބްރޭންޑްގެ އައިސް އަލަމާރިކާއި ލޮޓަސް އިން ދޭ ބައިސްކަލެވެ. ފަހު ދިހައެއްގައި ވޯޑްރޯބަކާއި ދެ ބައިސްކަލެކެވެ.

އަވަސް ރޯދަ ސުވާލު މުބާރަތުގައި ބައިވެރިވެވޭނީ އިނގިރޭސި އަކުރުގެ އާރްއެސް ޖެހުމަށް ފަހު "އޭ" "ބީ" ނުވަތަ "ސީ" ގެ ތެރެއިން ކޮންމެވެސް އެއް ޖަވާބެއް ހިޔާރުކޮށް 367 މި ނަމްބަރަށް އެސްއެމްއެސްއެއް ފޮނުވައިގެނެވެ. ދިރާގައި އުރީދޫގެ ކަސްޓަމަރުން ވެސް އެސްއެމްއެސް ކުރާނީ މި ނަމްބަރަށެވެ. މުބާރާތުގެ ސުވާލު ފެންނާނީ އަވަސް އިން ތައްޔާރުކޮށްފައިވާ "ރޯދަމަހާ ރޯއްޖާ" އެޑިޝަންގެ ތެރެއިންނެވެ.