ވިޔަފާރި

ޑިމާންޑް ދަށްވެ ކަނޑޫދޫ މިރުހުގެ އަގު ބޮޑުތަން ހެޔޮވެއްޖެ

May 8, 2019
4
ބާޒާރުގައި ކަނޑޫދޫ މިރުސް ވިއްކަން އަގު ޖަހާފައި: މިރުހުގެ އަގު ވަނީ ހެޔޮވެފައި- ފޮޓޯ އަވަސް
50%
25%
25%

ރޯދަ މަސް ފެށުނުއިރު އަތްލާން ނުކެރޭވަރަށް އަގު އުފުލިފައި ހުރި ކަނޑޫދޫ މިރުހުގެ ޑިމާންޑް ދަށްވެ، މިރުހުގެ އަގު ބޮޑުތަން ހެޔޮ ކުރަން މަޖުބޫރުވެއްޖެ އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު ކަނޑޫދޫ މިރުސް ކިލޯއެއް ހުރީ 1200ރ. އަށެވެ. ނަމަވެސް މިހާރު މިރުސް ކިލޯއެއްގެ އަގު ވަނީ 750ރ. އާއި 800ރ. އާ ދެމެދުގެ އަގަކަށް ވެއްޓިފަ އެވެ. ކަނޑޫދޫ ގިތެޔޮ މިރުހުގެ 100 ގްރާމު މިއަދު ލިބެން ހުރީ 85ރ. އާއި 70ރ. އަށެވެ.

ބާޒާރުގައި ކަނޑޫދޫ މިރުހުގެ ޑިމާންޑް ކުއްލިއަކަށް ދަށްވެފައިވަނީ ދަނޑުވެރިން ބުނާ ގޮތުންނަމަ އެ މިރުހުގެ އަގު ބޮޑުވުމުން ގިނަ ބަޔަކު މިރުސް ގަތުން އިއްޔެއިން ފެށިގެން ހުއްޓާލުމުންނެވެ.

ބާޒާރުގައި ކަނޑޫދޫ މިރުހުގެ އިތުރުން ވެސް މިރުހުގެ އެހެން ވައްތަރުތައް ހުރެ އެވެ. މިގޮތުން ޔުގެންޑާގެ މުޑުވަކެއް ގެނެސް ރާއްޖޭގައި ހަދާ މިރުހަކީ މިހާރު އެންމެ ޑިމާންޑް ބޮޑު އެއް ބާވަތް ކަމަށްވެ އެވެ. މި ބާވަތުގެ މިރުސް ކިލޯއެއް ވިއްކަނީ 500ރ. އަށެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަޒަން

ހަމަ ބެޓްކޮށްފަ މިބުނަނީ މަ މިރޯދަމަހަކު ކަނޑޫދޫ މިރުހެއް ނުގަންނާނަން ..... މިރޯދަމަހު ކަނޑޫދޫ މިރުސް ހަރާމް!!!

ބުނަންތޯ

މީއަޅުގަނޑު ކުރީއްސުރެއް ބުނަމުން އަންނަ ވާހަކަޔަކީ، އަގުބޮޑުކުރީމަ ނުގަނެބަލާށެ. އެކަމަކު ހަޤީގަތަކީ އަޅުގަނޑުމެންތެރޭގަ "އީސީ މަނީ" ހޯއްދަވާ އިއްޒައްތެރި މެމްބަރުންތަށް ގިނަކަމުން އެމީހުންނަކާއް މިކަހަލަ ޚަރަދުކޮއްލުމަކީ އެއްވެސް ކަމެއްނޫން

ލލ

ކަޑޫދޫ މިރުހޭ ކިޔާއިގެން އެއްފަހަރުން މިލިނިޔަރުން ނަށްވާން އުޅޭބަޔެއް، ބަލަ މިރުސް އެއީ އެހާ މަސްޓު އެޗެއްނޫން ކާބޯތަކެތީގައި ! ކުޅި އެއީ ޑައިޖީން ސިސްޓަމް ހަލާކު ކޮށްލާ ވިހަޔެއް !

އައިމަނު

ތިޔަ އެއްޗެތި ވިއްކަން އުޅޭ މީހުންނަށް ރަގަޅު ފިލާވަޅެއް ލިބުނުކަމަށް ހީކުރަމު. ކަނޑޫދޫގަ އެކަންޏެއްނޫން މީރު ކުޅިމިރުސް ހައްދަނީ! ކަލޭމެން ހިތައްއެރީމަ ކިލޯއެއް އެއްލަކަ ރުފިޔާއަށްވެސް ވިއްކިދާނެ އެކަމަކު ގަންނާނެ މީހެއްނުވެ ހަމަ ހުރެގެން ހަލާކުވާނީ! ގޮރުހެނޑިފަ ތިބޭނީ މިހާރު؟ ހޫނުގަދައޭ ފަނިއެޅިއްޔޭ ހިރުވަނީއޭ ކިޔާފަ ދެންވެސް އާއްމު ރައްޔިތުން ފެލަން ނޫޅޭތި! މަރުވީމަ މިރުސްތައް ސަންދޯކަށް އަޅައިގެން ނުގެންދެވޭނެ! އިނގިއްޖެތަ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345