ހެޕީމާކެޓުން ރޯދައަށް ތަކެތީގެ އަގު ހެޔޮކޮށްފި

ކާބޯ ތަކެތީގެ ބާވަތްތައް ފުޅާ ދާއިރާއެއްގައި ވިއްކާ ހެޕީމާކެޓުން ރޯދައާ ދިމާކޮށް ތަކެތީގެ އަގުތައް ހެޔޮކޮށްފި އެވެ.

އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނީ ކޮންމެ އަހަރެއްގެ ވެސް ރޯދައަށް ތަކެތީގެ އަގު އުފުލޭ ކަމަށެވެ. އަދި މި އަހަރު މި އަހަރު ބައެއް ބާވަތްތަކުގެ އަގު އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމަށެވެ.

"... މިކަމުން ރައްޔިތުންނަށްވާ ދަތިތައް އިހުސާސްވާ ހާލު އަޅުގަނޑުމެންގެ ކުންފުނިން [ހެޕީމާކެޓު] ން ވިއްކަމުން ދާ ހުރިހާ މުދަލެއްގެ އަގު ރަމަޟާން މަސް ނިމެންދެން ބެހެއްޓޭނެ އެންމެ ހެޔޮ އަގުގައި ހިފަހައްޓާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ހެޕީމާކެޓުން ބުނެފައިވެ އެވެ.

އެ ކުންފުނިން ވަނީ ކުކުޅާއި ކުޅުޅުގެ ބައިތައް އަދި ބިސް އަގު ހެޔޮކޮށްފައި ވާނެ ކަމަށް ބުނެފަ އެވެ. އަދި އެ ތަކެތީގެ އަގު ހެޔޮކުރަން އެ ކުންފުނިން ވަނީ އެހެން ވިޔަފާރިވެރިންގެ ކިބައިން ވެސް އެދިފަ އެވެ.

ހެޕީ މާކެޓްއަކީ ޔޫރަޕުގެ ގިނަ ބާވަތްތަކެއް ރާއްޖެ އެތެރެކޮށް ވިއްކާ ކުންފުންޏެކެވެ. ވިޔަފާރިކުރާތާ 26 އަހަރުވެފައިވާ މި ކުންފުނިން ވިއްކާ ބާވަތްތައް ހިންމަފުށިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުނިން ދާދިފަހުން ވަނީ ފިހާރައެއް ވެސް ހުޅުވާފަ އެވެ.