ހެޕީ މާކެޓުން އެތެރެކޮށް ރާއްޖޭގައި ވިއްކާ ބައެއް ބާވަތްތައް އަގު ބާޒާރުގައި ހެޔޮކޮށްފި އެވެ. ހެޕީ މާކެޓުން ބުނީ ބައެއް ބާވަތްތަކުގެ އަގުތައް ހެޔޮކޮށްފައި ވާނެ ކަމަށާއި އެ ބަދަލު ގެނައީ އަންނަ ރޯދަ މަހާ ދިމާކޮށް އާންމުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
ހެޕީ މާކެޓުން އަގަށް ބަދަލުތައް ގެނައިރު އެ ކުންފުނިން ރާއްޖޭގައި ވިއްކާ ހަ ބާވަތެއްގެ އަގު ވަރަށް ބޮޑުތަނުން ހެޔޮ ކޮށްފައި ވެއެވެ.
އަގު ހެޔޮކުރި ބާވަތްތައް
- ބްރައުން އެގް
- ފިނިކުރި ކުކުޅު
- ކުކުޅު ފައި ޕެކެޓް
- ބީފް ޗަންކްސް
- ޕްރެންޗް ފްރައިސް
- ކުކުޅު ކުރަނޑި
ހެޕީ މާކެޓުން ބުނީ އެތަނުން ވިއްކާ ހުރިހާ މުދަލެއް މާލެ ސަރަހައްދާއި އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ހުންނަ އެ ކުންފުނީގެ ފިހާރަތަކުން ހޯލްސޭލް މުދާ ގަންނަ ފަރާތްތަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ.
ރޯދައަށް އަގު ހެޔޮކުރި އިރު ހެޕީ މާކެޓުން މި އަހަރު އެތެރެކޮށް ވިއްކަން ފެށި ބާވަތްތަކުގެ ތެރޭގައި ވެގާ ބްރޭންޑްގެ ދަޅުކާނާގެ ފަސް ވައްތަރަކާއި ފޯޗިއުން ބިރިޔާނީ ސްޕެޝަލް ބާސްމަތީ ރައިސް އާއި ލޮނުމެދައި ފިޔާ ހިމެނެ އެވެ. އަލަށް ތައާރަފުކުރާ ބާވަތްތަކުން ވެސް ޑިސްކައުންޓް ދޭނެ އެވެ.
ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ހެޕީ މާކެޓުން ކާބޯތަކެތީގެ އެތައް ބާވަތެއް ރާއްޖެ އެތެރެކޮށް ވިއްކަ އެވެ.