ހެޕީ މާކެޓް

ހެޕީ މާކެޓުން ބޯޓުފަހަރު ސާފުކުރަން ހާއްސަ ބްރޭންޑެއް

Oct 21, 2021

ބޯޓުފަހަރު ސާފުކުރުމަށް ބޭނުންކުރާ ސާމާނުގެ އާ ބްރޭންޑެއް ހެޕީމާކެޓުން ތައާރަފްކޮށްފި އެވެ.

ހެޕީމާކެޓުން ތައާރަފްކޮށްފައި ވަނީ ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ ކްލީންޓްގްލީމް ބްރޭންޑެވެ.

ކްލީންޓްގްލީމް އަކީ ބޯޓު، ޔޮޓް އަދި ސަފާރީ ފަދަ ބޮޑެތި އުޅަނދުތައް ދޮވެ ސާފުކުރަން ބޭނުންކުރާ ބްރޭންޑެކެވެ.

ހެޕީމާކެޓުން ބުނީ ކްލީންޓްގްލީމް ބްރޭންޑް ރަސްމީކޮށް ލޯންޗު ކުރާނީ މާދަމާ ހުޅުމާލެ ވެސްޓް ހާބަރު ސަރަހައްދުގައި ކަމަށެވެ. މި އިވްނެޓްގައި މި ސާމާނު ބޭނުންކުރާނެ ގޮތް ދައްކައިދޭނެ އެވެ.

ޔޫކޭގެ މި އުފެއްދުމުގެ ގިނަ އަދަދެއްގެ ސާމާނާއި އަދި އެއާ ގުޅުންހުރި ސާމާނު ހެޕީމާކެޓުން މިހާރު ވަނީ އެތެރެކޮށްފަ އެވެ. އެގޮތުން ބޯޓް ވޮޝް، ބޯޓް ޕޮލިޝް، ރިބް ކްލީނާ، ޓީކް ކްލީނާ، ޓީކް ޝީލްޑް، ކެނޮޕީ ކްލީނާ، ކެނޮޕީ ޕްރޮޓެކްޓްސް، ކްނޮޕީ ޑްރޯ ޕެކް، ޓީކް ޑުއޯ ޕެކް، ހަލް ކްލީނާ، ސްޓެއިންލެސް ސްޓީލް ބްރައިޓްނާ، ސްޓެއިންލެސް ސްޓީލް ކްލީނާ، ރަސްޓް ރިމީވާ، ބޯޓް ވެކްސް، އިންޓީރިއާ ކްލީނާ، ގްލާސް ކްލީނާ، ޑިއޯޑަރައިޒާ، ތިން ސައިޒުގެ ސްޕޮންޖް، މައިކްރޯ ފައިބާ ކްލޯތް އަދި ތިން ސައިޒްގެ ޕްރޮޑަކްޓް ބޭގް ހިމެނެ އެވެ.

އަލަށް ތައާރަފްކުރި މި ބްރޭންޑްގެ ސާމާނު ލިބޭނީ ވެލާނާގެ ކުރިމަތީގައި ހުންނަ ކެމިކަލްއަށް ހާއްސަ ހެޕީމާކެޓް ފިހާރައިންނެވެ.