ހެޕީ މާކެޓް

ހެޕީމާކެޓުުން ޕްރޮމޯޝަން ފިހާރައެއް ހުޅުވައިފި

ހެޕީމާކެޓް ޕްރޮމޯޝަން ޝޮޕް -- ފޮޓޯ: ހެޕީމާކެޓް
100%
0%
0%

ފިނިކުރި ކާބޯތަކެތީގެ ވިޔަފާރި ކުރާ، ހެޕީމާކެޓުން ޕްރޮމޯޝަންގައި ވިއްކާ އައިޓަމްތަކަށް ހާއްސަ ފިހާރައެއް ހުޅުވައިފި އެވެ.

"ހެޕީމާކެޓް ޕްރޮމޯޝަން ޝޮޕް" ގެ ނަމުގައި ހުޅުވި މި ފިހާރަ ހުންނާނީ އަލިކިލެގެފާނު މަގުގައި ކުރީގެ "ޓައިމް ޒޯން" ކުރިމައްޗަށްވާ ގޮތަށް ހުންނަ ހެޕީމާކެޓް ގުދަނާ ޖެހިގެނެވެ.

ހެޕީމާކެޓުން ބުނީ، ފިހާރަ ހުޅުވީ ޑިސްކައުންޓު އަގުގައި ވިއްކާ ހުރިހާ މުދަލެއް ފަސޭހަ ކަމާއެކު އާއްމުންނަށް ގަނެވޭނެ ގޮތް ހަމަޖައްސައިދޭން ކަމަށެވެ. މީގެ އިތުރުން ހެޕީ މާކެޓުން ވިއްކާ އުފެއްދުންތަކުގެ ރަހަ ބަލައިލުމާއި އެ ތަކެތި ކައިރިން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް އެ ފިހާރައިން ލިބޭނެ އެވެ.

މި ފިހާރައިން ސްޕެޝަލް އޮފާގެ ދަށުން މިވަގުތު ލިބެންހުރި ހުރިހާ އައިޓަމެއްގެ އިތުރުން ހެޕީމާކެޓުން ރާއްޖެ އެތެރެކޮށް ވިއްކާ ހުރިހާ ބްރޭންޑެއްގެ ތަކެތި ވެސް ލިބެން ހުންނާނެ އެވެ.

ސްޕެޝަލް އޮފާ ލިބޭ އައިޓަމްތައް

  • ބީފް ކަޓް
  • މަޓަން ކިއުބް
  • ލޭމް ކަަޓް
  • މޮޒޮރެލާ ޗީޒް، ޝެޑާ އަދި ޝީޒްކްރީމް
  • ބްރައުން އެގް

ސްޕެޝަލް އޮފާ ލިބޭ ބަންޑަލްތައް

ފަސް ކޭހަށްވުރެ ގިނައިން ނެގީމަ ހެޕީޑޭ
ސެންރެމޯ ޕާސްތާ
އޯލްޑަ ބާގާ މިލްކް އަދި ލޯފެޓް މިލްކް


ހެޕީމާކެޓް ޕްރޮމޯޝަން ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345