ކާނާ

ކުދީނާ ފަތް: ކެއުމާއި ބޭސްވެރިކަމަށްވެސް ރަނގަޅު

ކުދީނާ ފަތް ނުވަތަ މިންޓް ލީވްސް
0%
0%
0%

ކުދީނާ ފަތް ނުވަތަ މިންޓް ލީވްސްގެ ގޮތުގައި މަޝްހޫރު މިފަތަކީ ރާއްޖޭގައި ވެސް ވަރަށް އާންމުކޮށް ހައްދާ އެހާމެ ސިއްހަތަށް ފައިދާ ހުރި ފެހިފަތެކެވެ.

ދިވެހި ބޭސްވެރިކަމުގައި އެންމެ އާންމުކޮށް ގަދީމީ ޒަމާނުއްސުރެ ކުދީނާ ފަތް ރާއްޖޭގައި ބޭނުންކުރަމުން އައިސްފައިވެ އެވެ.

މިހާރަކަށް އައިސް ކެއުމުގެ އެކި ބާވަތްތަކުގެ ތެރޭގައި ކުދީނާ ފަތް ބޭނުން ކުރުން ކުރިއަށްވުރެވެސް މިވަނީ އިތުރުވެގެންގޮސްފަ އެވެ. އޭގެ ތާޒާ މީރު ރަހައާއި ވަހާއި އޭގައި އެކުލެވޭ ސިއްހީ އެތަކެއް ފައިދާ މާބޮޑަށްވެސް ހާމަވުމުގެ ސަބަބުންނެވެ.

ކުދީނާ ފަތުގައި ވިޓަމިންސާއި މިނަރަލްސް އަދި އެންޓިއޮކްސިޑަންޓްސް ގިނަ އަދަދަކަށް އެކުލެވެ އެވެ. އެހެންކަމުން މިފަތުން ލިބިދެވޭ ސިއްހީ ފައިދާތަކުގެ ތެރޭގައި ބަރުދަން ލުއިކޮށްދިނުމާއި، ނޭވާހިއްލުމާއި، ޑިޕްރެޝަން، ހަމުގެ މައްސަލަތައް އަދި މޭބޮޑުކުރުމުން ރައްކާތެރިކޮށްދެ އެވެ.

މީގެއިތުރުން ހަޖަމުގެ ނިޒާމަށް ދިމާވާ އުނދަގޫތައް ކުދީނާ ފަތުން ހައްލު ގެނެސްދެ އެވެ. އަދި ސިކުނޑީގެ ދުޅަހެޔޮކަމާއި ތުއްތު ކުދިންނަށް ފީޑް ކުރުމުގައި ދިމާވާ ތަދަށް ލުއިކަން ގެނައުމާއި ހަމައެހެންމެ އާންމު ރޯގާ ތަކުން ދުރުކޮށްދެ އެވެ.

ކުދީނާ ފަތަކީ ހަށިގަނޑުގެ ސިއްހީ ރައްކާތެރިކަން ދެމެހެއްޓުމުގައި ވަރަށް މުހިންމު ފަތެކެވެ. މިފަތަކީ އޭގެ ތާޒާ ޒަވިކަން ވަރަށް ގަދަ ފަތެއްކަމުން އެކަށިގެންވާ މިންވަރަކަށް މި ފަތް ބޭނުންކުރުން ކިތަންމެހާވެސް ރަނަގޅެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910