ހެޕީމާކެޓުން އެތެރެކޮށް ވިއްކާ މިލެކް ވިޕިންގް ކްރީމް އަކީ ޕްރީމިއަމް ކޮލިޓީގެ 38 ޕަސެންޓް ޑެއިރީ ފެޓް ހިމެނޭ މީރު ވިޕިން ކްރީމެކެވެ. އެހެން ވިޕިންގް ކްރީމްތަކާ ހިލާފަށް މިލެކް ވިޕިންކްރީމް އަކީ ހޫނު އަދި ފޮނި ކާއެއްޗިހި ހަދަން ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ވިޕިންގް ކްރީމް އެކެވެ.
ހެޕީމާކެޓުން ބުނީ ކޭކް، ވޮފުލްސް އާއި ޕޭންކޭކް މައްޗަށް އެޅުމަށާއި މޫސްއާއި ޓަރައިފަލްސް ކަހަލަ ތަފާތު ގިނަ ވައްތަރުގެ ޑެޒާޓް ހެދުމަށް މި ވިޕިން ކްރީމް ބޭނުންކުރެވޭނެ ކަމަށެވެ. އަދި ހޮޓް ޗޮކްލެޓް، މިލްކްޝޭކް ފަދަ ބުއިންތަކުގެ މައްޗަށް އެޅުމަށާއި، އެކްލެއާސް، ކްރީމް ޕަފް އަދި ބަން ފަދަ ތަކެތީގެ ތެރެއަށް ޕައިޕް ކުރުމަށް ވެސް މި ވިޕިންގް ކްރީމް ބޭނުންކުރެވޭނެ ކަމަށެވެ.
ޕެނެކޮޓާ އާއި ތަފާތު ވައްތަރުގެ ޕައި ކަހަލަ ހޫނުކޮށް ހަދާ ފޮނިކާއެއްޗިއްސަށް ބޭނުން ކުރަންވެސް މިވިޕިންގް ކްރީމް ރަނގަޅުވާނެ ކަމަށް ހެޕީމާކެޓުން ބުނެ އެވެ.
މިލެކް ވިޕިންގް ކްރީމް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް މާލެ އަދި ގްރޭޓާ މާލެ އޭރިއާގައި ހުންނަ ހެޕީމާކެޓްގެ ހުރިހާ ފިހާރައަކުން ވެސް ލިބޭނެ އެވެ.
މިލެކް ވިޕިންގް ކްރީމް ބޭނުން ކޮށްގެން ތައްޔާރު ކުރެވޭނެ ރެސިޕީއެއް ހިއްސާކޮށްލާނަމެވެ.
ޕިސްޓާޗިއޯ ސްޓޯބެރީ ޓްރައިފްލް
ބޭނުންވާ ތަކެތި
- 800ގ މިލެކް ޑެއިރީ ވިޕިންގް ކްރީމް
- 800މލ ވެނީލާ ކަސްޓަޑް
- 500ގ ޕިސްޓާޗިއޯ ސްޕޮންޖް ކޭކް
- 200ގ ޕިސްޓާޗިއޯ (ކޮށާފައި)
- 350ގ ސްޓްރޯބެރީ (ކޮށާގައި)
ތައްޔާރު ކުރާނެ ގޮތް:
ޕިސްޓާޗިއޯ ސްޓޯބެރީ ޓްރައިފްލް ހެދުމަށް ފުރަތަމަ މިލެކް ވިޕިންގް ކްރީމް ރަނގަޅަށް ގިރާލާށެވެ. ދެން މޭސަން ޖާއެއް ނުވަތަ ޑެޒާޓް ކާން ބޭނުންކުރާ ތައްޓެއްގެ ފުލުގައި ސްޓޯބެރީތައް ރީތިކޮށް އަތުރާލާށެވެ. އެއަށްފަހު ވެނީލާ ކަސްޓަޑް ކޮޅެއް އަޅާފައި އޭގެ މަތީގައި ޕިސްޓާޗިއޯ ސްޕޮންޖް ކޭކް ކޮޅެއް އަތުރައިލާށެވެ. އޭގެފަހުގައި ކޭކް ލޭޔާ މައްޗައް މިލެކް ވިޕިންގް ކްރީމް އަޅާފައި އަނެއްކާވެސް ސްޓޯބެރީ، ކަސްޓަޑް، ސްޕޮންގް ކޭކް އަދި ވިޕިންގް ކްރީމް ލޭޔާއެއް އެޅުމަށްފަހު އޭގެ މައްޗައް ކޮށާފައި ހުރި ޕިސްޓާޗިއޯ ކޮޅެއް އަޅާ ރީތިކޮށްލާށެވެ.