އައިލެންޑް ޕާފިއުމް ބާރ

ޝިއު ޕާފިއުމްގެ ނަމުގައި އައިލެންޑް ޕާފިއުމް ބާރ އިން ހާއްސަ ސެންޓެއް

ރާ އްޖޭގެ މަޝްހޫރު ސޯޝަލްމީޑިއާ އިންފުލުއެންޒާ ޝިއުފާ އަހްމަދު (ޝިއު)ގެ ނަމާ ގުޅުވައިގެން "ޝިއު ޕާފިއުމް"ގެ ނަމުގައި އަންހެނުންނަށް ހާއްސަ ސެއްޓެއް އުފައްދައި ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި އެވެ.

މިއީ އައިލެންޑް ޕާފިއުމް ބާރ އިން އަމިއްލަ އަށް ޑިޒައިން ކޮށްފައިވާ ދިވެހި އަމިއްލަ އުފެއްދެމެކެވެ.

މިސެންޓް ނެރެފައިވަނީ މިއަހަރުގެ ފިތުރު އީދާ ގުޅުވައިގެން ދިވެހިރާއްޖޭގެ މަޝްހޫރު ސޯޝަލްމީޑިއާ އިންފުލުއެންޒާ ޝިއުފާ އަހްމަދު (ޝިއު) އައިލެންޑް ޕާފިމް ބާރ ގައި މިކަމަށް ހާއްސަކޮށް ބޭއްވި ހަފްލާއެއްގަ އެވެ.

މިއީ ޕާފިއުމަރީ ނުވަތަ މިކަމުގެ ތައުލީމު ހާސިލުކޮށްގެން ތިބި އައިލެންޑް ޕާފިއުމް ބާގެ ޓީމުން އެކްސްޕެރިމެންޓް ކޮށްގެން އުފައްދާފައިވާ، އަންހެން ކަނބަލުން ގަޔާވާ ވަހެއް ހުންނަ ސެންޓެކެވެ.

މި ސެންޓުގައި ފްލޯރަލް އަދި ފްރުޓީ ވަސްތަކެއް އެކުލެވިގެންވެ އެވެ. ސެންޓުގެ ވަސް ފަނޑުވަމުންދާއިރު ދެން ނުކުންނަނީ މަސްކް، އަދި ވުޑީ ވަސްތަކެވެ.

މިއީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ރާއްޖެއަށް ހާއްސަކޮށްގެން ރާއްޖޭގެ ކުންފުންޏަކުން ތައާރަޕް ކުރި ފުރަތަމަ ސެންޓެވެ. މީގެ ސެންޓުގެ އިތުރުން އަތަރު ލިބެން ހުންނާނެވެ.

ރާއްޖޭގެ މިފަދަ އިތުރު އަމިއްލަ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށް ކައިރި މުސްތަގުބަލެއްގައި މާކެޓް ކުރުމަށްވެސް އައިލެންޑް ޕާފިއުމް ބާރ އިން ވަނީ ނިންމާފަ އެވެ. ޝިއު އަށް ލިބުނު ފަދަ ފަހި ފުރުސައްތައް މަޝްހޫރު އިތުރު ފަރާތްތަކަށް ހުޅުވިފައިވާ ކަމަށްވެސް ބުނެ އެވެ.

ސެންޓަކީ އެ މީހަކު ބޭނުން ގޮތަކަށް ޖެހިދާނެ އެއްޗެކެވެ. އެކަމަކު މިއީ ވެސް ވަކި ވައްޓަފާޅިއެއް އޮންނަ ކަމެކެވެ. މިސާލަކަށް، ލާ އަންނައުނުގެ އިތުރުން ހަށިގަނޑުގެ ޕަލްސް ޕޮއިންޓްތަކަށް (ހަމުގެ ފަށަލައާ އެންމެ ކައިރިން ވިންދު ޖަހާ ދިމާތަކަށް) ސެންޓު ޖެހުމަކީ މިގޮތުން ކުރެވިދާނެ ކަމެކެވެ. ކޮންމެ މީހަކު ވެސް ބޭނުން ވާނީ ސެންޓުގެ ވަސް ވީހާވެސް ގިނަ ވަގުތު ދެމިހުރުމަށެވެ. މި ބުނާ ވައްޓަފާޅިއަށް ސެންޓު ޖެހުމަކީ، އޭގެ ވަސް ގިނައިރު ހިފަހައްޓައިދޭ ކަމެއް ކަމަށް ކަމުގެ ތަޖުރިބާކާރުން ބުނެ އެވެ.

އައިލެންޑް ޕާފިއުމްއިން ދޭ ޔަގީންކަމަކީ، އެ ވައްޓަފާޅިއަށް އެ ތަނުން ވިއްކާ ސެންޓު ޖަހައިފިނަމަ، 10-12 ގަޑިއިރަށް ވަސް، ދެމިހުންނާނެކަމުގެ ޔަގީން ކަމެވެ.

އައިލެންޑް ޕާފިއުމް ބާރއަކީ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ އޮރިޖިނަލް އަތަރު އަދި ސެންޓުތައް ވިއްކުމުގެ އިތުރުން އެކި ޕާފިއުމްތައް މިކްސް ކޮށްގެން އެ މީހަކަށް ކަމުދާ ވަހެއް ދުވާ ސެންޓެއް ތައްޔާރުކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ސެންޓް ފިހާރަ އެކެވެ. މިއީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޕާފިއުމް ބާރ އެވެ.

އައިލެންޑް ޕާފިއުމް ބާރ އިން ވިއްކާ ޕްރޮޑަކްޓުތަކާ ގުޅޭ މައުލޫމާތު، އެ ފިހާރައިގެ ވެބްސައިޓް އަދި އިންސްޓަގްރާމް ޕޭޖުން އިން ބަލައިލެވޭނެ އެވެ. އަދި 7558822 އަށް ގުޅައިގެން ނުވަތަ ވައިބަ ކޮށްގެންވެސް އޯޑަރު ކުރެވޭނެ އެވެ.

މީގެ އިތުރުން ލޮނުޒިޔާރަތް މަގު ކުރީގެ ޓާމިނަލް ކެފޭ ކައިރީ ހުންނަ އައިލެންޑް ޕާފިއުމް ބާރ އަށް ޒިޔާރަތް ކޮށްގެންވެސް މި ފިހާރައިން ވިއްކާ ތަކެތި ޓެސްޓު ކޮށްލެވޭނެ އެވެ.