މަޝްހޫރު ކްލާކްސް ބްރޭންޑްގެ ރާއްޖޭގެ އެކްސްކްލޫސިވް އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކަށް ޝޫ ޕާކް ހަމަޖައްސައި, އެކަން އިއުލާންކޮށްފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަތީ ފެންވަރުގެ ކޮލެޓީ ބޫޓް ވިއްކާ ޝޫ ޕާކުން ބުނީ ކްލާކްސްގެ ޕާޓްނާޝިޕާ އެކު, ރާއްޖޭގެ މާކެޓަށް މުޅިން އާ ރޭންޖެއްގެ މަތީ ފަންތީގެ ބޫޓު ތައާރަފް ކުރެވޭނެ ކަމަށެވެ.
އިނގިރޭސި ވިލާތުގެ އުފެއްދުމެއް ކަމަށްވާ ކްލާކްސް އަކީ 1825 އިން ފެށިގެން ބޫޓު ވިއްކުމުގައި ވަރަށް ބޮޑަށް ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. ކްލާކްސް ބޫޓުތައް މަޝްހޫރު ވެފައިވަނީ ސްޓައިލިޝް އަދި އަރާމުވުމުގެ އިތުރުން އާ އީޖާދީ ޓެކްނޮލޮޖީ ތަކާއި އެކު ފޯމާއި ފަންކްޝަންގެ ފުރިހަމަ ބެލެންސެެއް ބޫޓުތަކުގައި ގެންގުޅޭތީ އެވެ.
ކްލާކްސް އިން އަންނަނީ ފުޅާ ދާއިރާއެއްގައި ފޯމަލް އަދި ކެޝުއަލް ބޫޓުތައް އުފައްދަމުންނެވެ. މީގެތެރޭގައި ފިރިހެން, އަންހެން އަދި ކުޑަކުދިންގެ ބޫޓުތައް ހިމެނެ އެވެ. ޝޫ ޕާކުން ވަނީ ކްލާކްސްގެ ގިނަ ސްޓައިލް ތަކެއް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށް, އެ ކަސްޓަމަރަކާއި ގުޅޭ ކަހަލަ ސްޓައިލެއް ލިބޭނެ މަގު ފަހިކޮށްދީފަ އެވެ.
މާވެޔޮ މިސްކިތް ކައިރިން, ކޯރު ކެނޑި މަގުގައި ހުންނަ ޝޫ ޕާކުން ބުނީ އެ ފިހާރަ އިން ފަހުރުވެރި ވަނީ ކަސްޓަމަރުންނަށް ޕްރީމިއަމް ފުޓްވެއަރ ބްރޭންޑްތަކުގެ ފުޅާ ކަލެކްޝަނެއް އެ ފިހާރަ އިން ލިބެން ހުރުމުންނެވެ. އެއާއި އެކު, ކަސްޓަމަރ ސާވިސްއަށް ފޯކަސްކޮށް، ފެޝަން ޓްރެންޑްތަކާއި އެއްގޮތަށް ޕްރޮޑަކްޓްތައް މާކެޓަށް ނެރެމުން އަންނަ ޝޫ ޕާކަކީ ކޮލެޓީ, ސްޓައިލިޝް އަދި ހަމަ އަގުގައި ބޫޓު ގަންނަން ބޭނުންވާ ބޭފުޅުންގެ ފޭވަރިޓަކަށް ވަނީ ވެފަ އެވެ.
ކްލާކްސް އާއި އެކު މިހާރު އަނެއްކާ ވެސް ކަސްޓަމަރުންނަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ސްޓައިލް ހިމެނޭ ގޮތަށް އުފައްދާފައިވާ އިތުރު ބޫޓު ކަލެކްޝަނެއް ޝޫ ޕާކުގައި ހުންނާނެ އެވެ. އަވަހަށް އެ ތަނަށް ވަޑައިގަންނަވާށެވެ.