ރާއްޖޭގައި ފުޅާދާއިރާއެއްގައި ފުޓްވެއާ ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ޝޫ ޕާކުން މަޝްހޫރު ޓޮމްސްގެ ރާއްޖޭގެ އެކްސްކްލޫޝިޕް ޕާޓްނާޝިޕް ނަގައި, އެކަން އިއުލާނު ކޮށްފި އެވެ.
ޝޫ ޕާކުން ބުނީ މިއީ ރާއްޖޭގެ މާކެޓަށް މަޝްހޫރު ފުޓްވެއާ ބްރޭންޑްތައް ތައާރަފްކުރަން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތަށް ލިބުނު މުހިއްމު ކުރިއެރުމެއް ކަމަށެވެ. އެގޮތުން ޝޫ ޕާކަކީ މިހާރު ވެސް ދުނިޔޭގެ މަޝްހޫރު އަދި ކޮލެޓީ އެތައް ބްރޭންޑެއް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށް, ވިއްކަމުން އަންނަ ކުންފުންޏެކެވެ.
އެމެރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޓޮމްސް އަކީ ގަންނަ ކޮންމެ ބޫޓަކަށް, ބޭނުންޖެހިފައިވާ ކުއްޖަކަށް ބޫޓެއް ހަދިޔާ ކުރާ ގޮތަށް "ވަން ފޯ ވަން" މޮޑެލްގެ ދަށުން ވިޔަފާރި ކުރާ ކުންފުންޏެކެވެ. އެހެންކަމުން ޓޮމްސް އަކީ, ކޮލެޓީ ބޫޓެއް ގަތުމުގެ އިތުރުން ބޭނުން ޖެހިފައިވާ ކުއްޖަކަށް އެހީތެރިކަންވެސް އެއް މުއާމަލާތެއްގެ ތެރެއިން ފޯރުކޮށްދޭ ގޮތަށް ވިޔަފާރި ކުރަމުން އަންނަ ބްރޭންޑެކެވެ.
"އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ ޓޮމްސް އާއި ޕާޓްނާޝިޕް ހެދިއިރު މިއީ ވިޔަފާރި ކުރާ ފަރާތްތަކަށް ކޮލެޓީ ޕޮރޮޑަކްޓެއް ފޯރުކޯށްދިނުމުގެ އިތުރުން, ބޭނުންޖެހިފައިވާ ކުއްޖަކަށް ވިޔަފާރީގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭން މަގުފަހި ވެފައިވާ ބްރޭންޑަކަށް ވާތީވެ," ޝޫ ޕާކުން ނެރުނު ބަޔާނެއްގައި ބުނެ އެވެ.
މާވެޔޮ މިސްކިތް ކައިރިން, ކޯރު ކެނޑި މަގުގައި ހުންނަ ޝޫ ޕާކުން ބުނީ އެ ފިހާރަ އިން ފަހުރުވެރި ވަނީ ކަސްޓަމަރުންނަށް ޕްރީމިއަމް ފުޓްވެއާ ބްރޭންޑްތަކުގެ ފުޅާ ކަލެކްޝަނެއް އެ ފިހާރަ އިން ލިބެން ހުރުމުން ކަމަށެވެ. އެއާއި އެކު, ކަސްޓަމަ ސާވިސްއަށް ފޯކަސްކޮށް، ފެޝަން ޓްރެންޑްތަކާއި އެއްގޮތަށް ޕްރޮޑަކްޓްތައް މާކެޓަށް ނެރެމުން އަންނަ ޝޫ ޕާކަކީ ކޮލެޓީ, ސްޓައިލިޝް އަދި ހަމަ އަގުގައި ބޫޓު ގަންނަން ބޭނުންވާ ބޭފުޅުންގެ ފޭވަރިޓަކަށް ވަނީ ވެފަ އެވެ.
ޓޮމްސް އާއި އެކު ކަސްޓަމަރުންނަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ސްޓައިލް ހިމެނޭ ގޮތަށް އުފައްދާފައިވާ އިތުރު ބޫޓު ކަލެކްޝަނެއްގެ އިތުރުން ވިޔަފާރީގެ މުއާމަލާތުގެ ތެރެއިން ބޭނުން ޖެހިފައިވާ ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްލުމުގެ ފުރުސަތު ޝޫ ޕާކުން މިހާރު ލިބޭނެ އެވެ.