ހެޕީ މާކެޓް

ވެގާ ދަޅު ކާނާގެ ބާވަތްތަކެއް ތައާރަފް ކޮށްފި

ހެޕީމާކެޓުން "ވެގާ" ބްރޭންޑްގެ ދަޅު ކާނާގެ ފަސް ބާވަތެއް ތައާރަފު ކޮށްފި އެވެ.

އަލަށް ތައާރަފު ކޮށްފައި ވަނީ އެ ބްރޭންޑުގެ ފުރުޓް ކޮކްޓެއިލާއި، ބޭކެޑް ބީންސް އާއި ރެޑް ކިޑްނީ ބީންސް އާއި ޗިކް ޕީސްގެ އިތުރުން ގްރީން ޕީސް އެވެ.

ވެގާ ބޭކެޑް ބީންސް އަކީ ކުޑަ އިރުކޮޅެއް ތެރޭ ތައްޔާރު ކޮށްލެވޭ ބާވަތެކެވެ. އަދި އެ ތައްޔާރުކޮށްފައި ވަނީ ކާނާ ދަޅުން ނަގާ ގޮތަށް ވެސް ކެވޭ ގޮތަށެވެ.

ވެގާ ބްރޭންޑްގެ ގްރީން ޕީސް ބޭނުން ކުރަނީ ހެދިކާ ހެދުމަށާއި ފްރައިޑް ރައިސް ފަދަ ބާވަތްތައް ތައްޔާރުު ކުރާށެވެ. ފުރުޓް ކޮކްޓެއިލްގައި ހިމެނެނީ ޕެއާސް އާއި އަލަނާސި އާއި މޭބިސްކަދުރުގެ އިތުރުން ޗެރީސް އެވެ. ގެރިކިރާއި އެއްކޮށް ކެއުމުގެ އިތުރުން ފުރުޓް ޓްރައިޕަލް އާއި ކަސްޓަޑް ފަދަ ތަކެތި ތައްޔާރު ކުރުމަށް ވެސް މި ބޭނުން ކުރެވޭނެ އެވެ.

ވެގާ ރެޑް ކިޑްނީ ބީންސްއަކީ ފައިބާ ގިނަ ދަޅު ކާނާ އެކެވެ. ވެގާ ޗިކް ޕީސް، ސަނާ މުގުގެ ބަދަލުގައި ބޭނުން ކުރެވޭނެ އެވެ. އެއީ ހަޖަމު ކުރުމުގެ ނިޒާމް ވަރުގަދަ ކޮށްދޭ ބާވަތެކެވެ.

ހެޕީ މާކެޓުން ބުނީ އަންނަ ރޯދަ މަހާއި ދިމާކޮށް އިތުރު ދެ ޕްރީމިއަމް ބްރޭންޑެއްގެ ޕްރޮޑަކްޓްސް ވެސް ތައާރަފް ކުރާނެ ކަމަށާއި ރޯދަ މަހާއި ދިމާ ކޮށް ބައެއް ބާވަތުގެ މުދާ އަގު ހެޔޮ ކުރާނެ ކަމަށެވެ.