އަގު ބޮޑު ކުރަނީ ބާޒާރުންތަ؟ ފިހާރައިންތަ؟

7 މާޗް 2019، މާލެ - މާރުކޭޓް ގޮޅިއެއްގައި މީހަކު ދޮންކެޔޮ ވަކެއް ގަނޑުން ވަކި ކުރަނީ: ތަކެތީގެ އަގު ބޮޑުވުމުގައި ބިދޭސީންގެ ދައުރު ބޮޑު -- އަހުމަދު އަޔާދު | އަވަސް

"ރޯދަ އައުމާއެކު ތަކެތީގެ އަގު ބޮޑު ވޭ، މުދަލުގެ އަގުތައް ބޮޑުވޭ!"

މިއީ އަބަދު ވެސް ރޯދަ މަހު ކުރާ އޮންނަ އެކެވެ. ޝަކުވާއެކެ ތަކެތީގެ އަގު ރޯދަމަހާ ދިމާކޮށް ބޮޑުތަނުން ބޮޑު ކުރަނީ ކޮން ބައެއް ހެއްޔެވެ؟ އަގު ބޮޑުކޮށް މި ވިއްކަނީ ކޮން ތަންތަނެއްގައި ހެއްޔެވެ؟ ބާޒާރު މައްޗާއި މާރުކޭޓް ގޮޅިތަކުގައި ހެއްޔެވެ؟ ނޫނީ ކަންމަތީ ފިހާރަތަކާއި ބޮޑެތި ސުޕަ މާޓު ތަކުން ހެއްޔެވެ؟

ސުވާލު ތަކަށް ޖަވާބު ހޯދަން ދާންޖެހެނީ ވެސް ބާޒާރަށާއި މާރުކޭޓު ސަރަހައްދަށާއި ފިހާރަތަކަށެވެ. ބާޒާރުގެ ސަރަހައްދުގައި ހުރި ބައެއް ފިހާރަ ތަކުން ވަކިން ބިހެއް ލިބެން ހުރީ ދެ ރުފިޔާ އަށެވެ. އަދި މާލެތެރޭ ކަންމަތީ ފިހާރަތަކުގައި ވަކިން ބިހެއް ލިބެނީ ވެސް ހަމަ އެ އަގުގަ އެވެ.

ދެން ބެލީ ދިވެހިންގެ މެދުގައި މަޝްހޫރު ބޮޑެތި ބައެއް ފިހާރަ ތަކެވެ. ސުޕަ މާކެޓު ކެޓަގަރީގައި ރާއްޖޭގެ ފެންވަރުން ބަލާ ފިހާރަތަކެވެ. މި ތަންތަނުގައި އަގުތައް ހުރީ ބާޒާރުގެ ފިހާރަތަކާ ހާސްބައި ތަފާތު ކޮށެވެ. މިއީ ކީއްވެގެން އަންނަ ބަދަލެއް ހެއްޔެވެ؟ މި ތަފާތު ރޯދަ މަހާ ދިމާކޮށް ވަކީީން ބޮޑު ވަނީ ކީއްވެގެން ހެއްޔެވެ؟

ރާއްޖޭގެ ބޮޑު ފިހާރައެއް ހިންގާ ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި މާރުކޭޓުން ރޯދަ މަހު ވިއްކާ ތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެ ބިދޭސީންގެ ދައުރު ވަރަށް ބޮޑެވެ. މި ތަކެތީގެ އަގު ބޮޑު ވެގެންދާ އެއް ސަބަބަކީވެސް އެއީ އެވެ.

"މިހާރު ވެސް ލަކުޑި ބޯޓު ފަހަރުން ފިޔާ، އަލުވި އަދި ބިސް ގެނެސް ވިއްކުމުގައި އިންޑިއާ މީހުން އުޅޭ. އެ މީހުން ބައެއް ފަހަރު ކޮންޓްރޯލް ކުރޭ. އެކަމަކު ރޯދަ މަހު ވާގޮތަކީ އެސްޓީއޯ މީގެ ތެރެއަށް ވަންނާތީ، އެމީހުންނަށް ކުރެވޭނެ ކަމެއް ނޯވެ،" ނަން ނުޖަހަން އެދި ވާހަކަ ދައްކަމުންނެވެ.

އެންމެ ބިހެއްގައި މިހާރު ވިއްކާ އަގުން ބަލާނަމަ ބާޒާރުގެ ބައެއް ފިހާރަތަކާއި ބޮޑެތި ސުޕަމާކެޓުތަކާ 50ލ. ގެ ތަފާތެއް އެބަ ހުއްޓެވެ. އެސްޓީއޯ އާއި ރެޑްވޭވް އަދި މި ފަދަ ބޮޑެތި ފިހާރަ ތަކުން ބިހެއް 1.50ރ. އަށް ލިބެ އެވެ. ބާޒާރުގައި މިހާރު ތަކެތި ވިއްކާ ފަރާތް ތަކަށް ބަލާއިރު އަބަދު ވެސް އަގު ހެޔޮ ކަމަށް މީހުން ބުނަނީ މަޝްހޫރު ރެޑްވޭވެވެ. މިކަން ޔަގީން ކޮށްދެނީ ކޮންމެ ރޯދަ މަހަކު އިކޮނޮމިކް މިނިސްޓްރީން އާއްމު ކުރާ "ބާޒާރުގެ އެންމެ ހެޔޮ އަގު" ލިސްޓުންނެވެ.

މި އަހަރު އެ ލިސްޓު ނެތް ނަމަވެސް ގިނަ މީހުންގެ ނަޒަރުގައި ރޯދައިގެ ބާޒާރަށް އެންމެ ހެޔޮކޮށް މުދާ ވިއްކާ އެއް ތަނަކަށް ރެޑްވޭވް އާއި އެސްޓީއޯ ވެ އެވެ.

މާލެ-6، މާޗް 2019: ރެޑްވޭވް ފިހާރައަކުން ވިޔަފާރިކޮށްގެން މީހަކު މަޑުކޮށްލައިގެން- ފޮޓޯ: އަހުމަދު އިރާދު

ރެޑްވޭވް އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ވެސް ރައްޔިތުން ބޭނުންވާ މުދާ ހެޔޮކޮށް ވިއްކުމެވެ. ރޯދަ މަސް ނޫން ނަމަވެސް އެ ކުންފުނީގެ މައިގަނޑު ސިޔާސަތަކީ އެއީ އެވެ.

"ރެޑްވޭވް ފިހާރަތައް މި ހިންގަނީ އެއްވެސް އިނާޔަތެއް ނެތި. ފިހާރަ މި ހިންގަނީ ހަމަ ބިން ކުއްޔަން ދޭ ރޭޓުން ބިން ނަގައިގެން. މިއީ ސަރުކާރު ކުންފުނިތަކާ އޮތް ތަފާތަކީ އެކަމަކު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަގު ހެޔޮކޮށް ބާވަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދެވުން،" އޮފިޝަލް ވިދާޅުވި އެވެ.

ދެން އޮތީ މާރުކޭޓު ގޮޅިތަކުގައި ވިއްކާ ދަނޑުވެރިކަމުގެ ސާމާނެވެ. ލޯކަލް މާރުކޭޓް ކިޔަސް އެތަނުގައި ވިއްކާ ކަރައަކާއި ފަތް ބޮނޑިއެއް ނޫންއެހެން ހުރިހާ އެއްޗިއްސަކީ އިމްޕޯޓު މުދަލެވެ. މިތަކެތި ބާޒާރުގެ ބޮޑެތި ފިހާރަތަކުން އަގު ހެޔޮކޮށް ނަގައިގެން ބައެއް ބިދޭސީން ދަނީ އެތަނުގައި ވިއްކަމުންނެވެ. ބުނަން ބޭނުން ނުވިނަމަވެސް މީގެ އަޑީގައި ދިވެހިން މަސައްކަތް ކުރެ އެވެ. މާރުކޭޓުގައި އަގު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ މިއެވެ.

މާލެ-7، މާޗް 2019: ރޯދައަށް ވިޔަފާރިކޮށްގެން ގަތް މުދާ ލޮރީއަކަށް އަރުވަނީ- ފޮޓޯ: އަހުމަދު އިރާދު

އަގު ބޮޑު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރަނީ ދަނޑުތަކުގައި ތިބޭ މީހުންނެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ދަނޑު ހައްދާ މީހުންގެ ގިނަ ބަޔަކީ ބިދޭސީންނެވެ. އެމީހުން ކުރާ ކަމަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ބާޒާށް ނެރޭ އެއްޗިހި މަދުކޮށްލަނީ އެވެ. މާލެ އަށް ސަޕްލައި ގެނައުން މަދު ކުރަނީ އެވެ. އެހެން ހެދުމުން އަގު ބޮޑު ވުމުގެ ޗާންސް 100 ގުނަ މަތިވެ އެވެ. ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގު ބޮޑު ކުރާ ގޮތަކީ މި އެވެ.

ކޮންމެއަކަސް ރޯދަ މަހުގެ ޝަކުވާއަކީ އަގު ބޮޑުވުމެވެ. މިކަމަކީ ހުއްޓުވޭނެ ކަމެއް ވެސް ނޫނެވެ. އަގު ހެޔޮވާ ނަމަ މި އަގު ހެޔޮވާނީ ރޯދަ މަހުގެ ފަހުކޮޅަށްދާ ވަރަކަށް ޑިމާންޑް ދަށްވެގެންނެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދިސްވޭ

އެއާޕޯޓް މަޝްރޫއު އަލުން ފަށަން މަޝްވަރާކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ރައީސް އިބޫ މެން އެމްޑީޕީ ވެރިކަމަށް ނާންނައިރު އަސްލަންޓޭ މެން ޓީވީ ތަކަށް އަރާ ފެލުނޭ ވަޒީރުންގެ މަޖްލީހުގެ ޖަލްސާ އެއް ކޮންމެ ހަފްތާ އަކު އެއް ފަހަރު ނުބާއްވާތީވެ ކަމެއް ނުކުރެވުނު ނަމަވެސް އަންނި ހާދަ ރަނގަޅޭ އެގޮތުން ކަންތައް ކުރެވޭތޯ ބަލަން ވަޒީރުންގެ މަޖްލީހުގެ ޖަލްސާ އެއް ކޮންމެ ހަފްތާ އަކު އަންނި ބާއްވާނެއޭ އަދި ރައީސް އޮފީހުން މީހުން އައިސް މީޑިއާ އަށް މައުލޫމާތު ވެސް ދެއޭ އެމެން ދައުލަތުގެ ބަޖެޓް ފާސް ކުރަންވެގެން ވެސް ވަރަށް ތަފްސީލް ކޮށް ބަޖެޓްގެ މައުލޫމާތު އަންނި އަށް ވީ އެންމެ ރަނގަޅަށް ރައްޔިތުންނަށް ދެވޭތޯ ބެލިއޭ އޭނާގެ ވެރިކަމުގައި އެހުރިހާ ކަމެއް އެގްރިގޭޓް ކުރާއިރު ރާއްޖޭގައި ވެރިކަން ކުރަަން އެންމެ ރަނގަޅީ އަދި ވެސް ކެނެރީގެ ނަޝީދު ކަމަށް މަމެންގެ ދިރާސާ ތަކުން ދައްކައޭ ދެން އަންނި ވެރިކަމަށް އަތުވެއްޖެނަމަ އިންޑިއާ އަށް ރާއްޖެ އޭނާ ވިއްކާނުލާނެއޭ އެއީ މަމެންނަށް ޔަގީން ކަމެކޭ...

ވަންޓަޗް

މާލޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ފައިދާ މިހާރު ދަ ރާއްޖެތެރޭ އެންމެންނަށް ވެސް އެނގިފާޅުވެގެން ދަނީއޭ ދެން ކޮން ޖަޒީރާ ރާއްޖެ އެއްތޭ ތަމެން ވެއްޖެއެއް ނޫންތޭ ތަމެންގެ މެނިފެސްޓޯގެ 19 ވަނަ ސޮފްހާގެ 19 ވަނަ ބާބުގައިވާ ގޮތުގެ މަތިން މާލެ ސަރަހައްދުން ފްލެޓްސް ބޭނުންވާ އެންމެންނަށް ކޮންމެ މީހަކަށް 2 ހާސް އަކަފޫޓްގެ ބިމެއް ހުޅުމާލެ ދޭކުން ދޭން ވަން ޓަޗް އެން ކޮންފާރމް އިޓް ވަންޓަޗް އެން ޑަން ޑާންސް ޑާންސް ޑާންސް ވަން ޓަޗް އެން ޑަން...

ގުޑްގުޑް

މާލޭގެ ކުއްޔާއި ދަ ރާއްޖެތެރޭން މާލެ އަށް ވިއްކަން ގެންނަ ގިތެޔޮ މިރުހާއި އަޅާ ކިޔާތީވެ މަމެން މިތިބީ ސަޕްރަައިޒް ވެފައޭ ކުދިންނޭ އެއްޗެއް ގެ ވަރުން އެއްޗެއް ހޮރު ކޮނުނިއްޔާ މާ ބޮޑަށްވެސް ރަނގަޅުވާހުށި ކަމޭ މަމެން ބުނަން ނެތީމޭ އިނގޭތޭ ތަމެން ނަށް އަންޑަރސްޓޭންޑްތޭ އަންޑަރސްޓޫޑް ދޯ. ގުޑް ގުޑް..

ރަދީފް ހުސެން

މުދަލައް ޑިއުޓީނެގޭނީ އެމުދާ އެތެރެވާއިރު ގާނޫނުން އެމުދަލަކަށް ދަންކަން އޮންނަ މިންވަރު. މުދާއެތެރެވުމުގެ ކުރިން ހެދިފަ ހުރި އަގުތަކަށް ޑިއުޓީ ހަދައިގެން މާފަހުގެ ތާރީހެއްގާ މުދަލައް އޮޑަރުކޮށް އެމުދާ ކުރީގެ ޑިއުޓީއަގަށް އެތެރެކޮއް ސަރުކާރުން އެކަންބަލައިގަތުމަކީ ރޯމާދުވާލު ވައްކަންކުރުން. މީ ހެޔޮލަފާ ކޮރަޕްސަނާ ދުރު ނަންބޯޑު ހިފައިގެން އުޅޭސަރުކާރެއްގެ އާދަކާދަ ހުންނާނެގޮތް.

ވަންޓަޗް

ތަމެންގެ ލޭޒީހޮލިކް ދަ ގަމާރު ދަ ބީތާ ވެރިކަމުގައި ދޯ ކަނޑޫދޫ މިރުހުގެ އަގު ބޮޑުވީ މަމެން ޕިންކީންގެ ވެރިކަމުގައި 1 ރުފިޔާ އަށް ދޯ ކިލޯ އެއް ވިއްކީ ވަން ޓަޗް އެން ކޮންފާރމްޑް ދޯ ވަންޓަޗް އެން ކޮންފާރޑް ވަން ޓަޗް އެން ޑަން ޑާންސް ޑާންސް ޑާންސް...

އެމެންނޭ

ރޯދަ މަހު ތަކެތީގެ އަގު ބޮޑު ވަނީ އެއީ އަންހެން ދުޅައިގެ ވެރިކަން ކުރާ ރައީސް އިބޫމެން ރޯދަ މަހަށް ތައްޔާރު ނުވުމުގެ ސަބަބުންނޭ މަމެން ޕިންކީންގެ ވެރިކަމުގައި ރޯދަ މަހަށް މަމެން ހުންނާނީ ލާރޖް ކޮށް ތައްޔާރުވެފައޭ އަދި ލާރޖް ކޮށް ހުންނާނީ މާލޭގެ ބާޒާރުގައި ލާރޖްކޮށް ހެޔޮ އަގުގައި ތަކެތި ވިއްކާފައޭ މަމެންގެ ހަނދާން ބަލި ނޫން ނަމަ 100 ކިލޯގެ ކަރައެއް ވިއްކީ 1 ރުފިޔާ އަށް މީއޭ ފިރިހެން ވަންތަ ވެރިކަމަކީ އެމެން ރައީސް އިބޫގެ ވެރިކަމުގައި ނުވާނެއޭ އެމެން ޖެހޭނީ ދެން މަހަށް ދާން އޭ މަމެން ގާތު އެމެން ދެން މަހަށް ދޭބަލަ މަހަށް ދޭބަލަ...

ބާޒާރުއަގު

އަގު ބޮޑު ކުރަނީ ސަރުކާރުން ފާޑު ފާޑުގެ ބޭނުން ނެތްހާ ބޯޑުތައް އެކި ނަންނަމުގަ ބަޔަކަށް މުސާރދޭން ހަދާއިރު ރައްޔިތުންގެ ކެރިފޯރުމްތެރިކަމަށް ފުރަތަމަ ހަދަން ޖެހޭ ބޯޑަކީ ތަކެތީގެ އަގު ކޮންތްރޯލް ކުރާ ބޯޑު އެބޯޑެއް ނުއުފައްދާ އެވާހަކަ ނުވެސް ދައްކާ އޭރުން ބޯޑުން ބަލަން ޖެހޭނެ މިސާލަކަށް ގޭސް ފުޅިއެއް ލަންކާއިން ލިބެނީ ކިހާވަރަކަށްކަން ރާއްޖެ ގެނެވެނީ ކިހާވަރަކަށްކަން ދެން ވިއްކަން ވީ ކިހާވަރަކަށް ކަން މިހުރީ ބޯޑު އުފައްދާ ބޯޑުން ކުރަންޖެހޭ ކަންކަން ކޮބައިތޯ ފިހާރަތަކުގަ މުއްދަތު ހަމަވެފަ ހުރި ތަކެތި ވިއްކާއިރު ބަލާނެ ބަޔަކު ކޮބައިތޯ ފިހާރަތަކުގަޔާ ލޯކަލްމާރުކޭޓުގަ މީދާ އުޅޭއިރު އއކަން ބަލާބަޔަކު ނެތޭ ނެތޭ އެހެންވީމަ ހުޅުގުޑުވާ ޗޮކަން ގުންޏާވެސްބޖެހޭނެ ނޫންބާ؟

ރަސްހާ

ރޯދަމަހޭ ބުނާއަޑު އިވުނަސް ވިޔަފާރިވެރިން ވަރަށްއުފާވާނެ. ރޯދަމަހަކީ ވިޔަފާރީގެ އީދެއް. އެއްޗެހީގެ އަގުތައް ބޮޑުކުރުމަށް އެމީހުނަށް ލިބޭ ހަމައެކަނި ފުރުސަތު.