ރެޑްވޭވް

ރެޑްވޭވުން ފިޔާ، އަލުވި 10ރ. އަށް

Mar 26, 2021
1
ރެޑްވޭވްގެ ފިހާރައެއް: އެ ކުންފުނިން 11 ފިހާރައެއް މާލޭގައި ހިންގާ -- ފޮޓޯ: ރެޑްވޭވް
0%
0%
0%

ރޯދަ މަހު އެންމެ މައްސަލަ ބޮޑުވަނީ ފިޔާ އަދި އަލުވީގެ އިތުރުން ބިހުގެ އަގު ބޮޑުވުމުންނެވެ. އާއްމުންގެ ޝަކުވާ އެންމެ ގިނައިން ފުނި ޖެހެނީ އެކަމާ އެވެ. އެހެންވެ، އެކަމަށް ހައްލު ގެނެސް ދިނުމުގެ ގޮތުން ރެޑްވޭވުން ވަނީ ފިޔާ، އަލުވި ކިލޯއެއް 10ރ. އަށް އަދި ކުކުޅު ބިހެއް 1.50ރ. އަށް ވިއްކަން ފަށާފަ އެވެ.

"ރެޑްވޭވްގެ އަމާޒަކީ ކޮންޓްރޯލް ކުރަން ޖެހިއްޖެ ހާލަތެއްގައި ކޮންޓްރޯލް ކޮށްގެން ނަމަވެސް ކަސްޓަމަރުންނަށް ރޯދަ މަސް ނިމެންދެން ފިޔާ، އަދި ބިހާއި އަލުވި ފޯރުކޮށްދިނުން،" ރެޑްވޭވުން ބުނެފައިވެ އެވެ.

ރެޑްވޭވުން ކޮންމެ ރޯދަ މަހަކާ ދިމާކޮށް މުދަލުގެ އަގު ބޮޑުތަނުން ހެޔޮކޮށްލަ އެވެ. އެ ކުންފުނިން ކުރިއަށް އޮތް ރޯދަ މަހު ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮ ވާނެ ކަމުގެ ހަބަރު އާންމުކޮށްފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކޮމްޕެޓިޝަން ނެތްކަން

ދިވެހި ވިޔަފާރީގަ ވާދަވެރިކަން ނެތްކަން މިކަމުން ދޭހަވަނީ އެހެންނު....

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345