ވިޔަފާރި

އަގުހެޔޮ ލިސްޓުގައި 5 ފިހާރަ، ކުރީގައި ރެޑްވޭވް

May 21, 2018
ރެޑްވޭވްގެ ފިހާރައެއް: މި އަހަރު އެންމެ އަގު ހެޔޮ ފިހާރަ ލިސްޓުގައި ފަސް ވިޔަފާރިއެއް ހިމެނޭ- ފޮޓޯ: އަހުމަދު ޝުރާއު| އަވަސް
60%
0%
40%

ރެޑްވޭވްގެ ފިހާރަތަކާއެކު، ބާޒާރުގެ އެންމެއަގު ހެޔޮ ލިސްޓުގައި ރާއްޖޭގެ ފަސް ފިހާރައެއް މި އަހަރު ހިމަނައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ މި އަހަރުގެ ބާޒާރުގެ އެންމެ އަގު ހެޔޮ ލިސްޓުގައި މިހާތަނަށް ފަސް ފިހާރައެއް ހިމެނިފައިވާ ކަމަށެވެ. އަދި މިނިސްޓްރީން އެކަން ހުޅުވާލުމުން ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް އިއުލާނުކޮށްފައިވާ ބާޒާރުގެ އެންމެ ހެޔޮ އަގު ލިސްޓުގައި ހިމެނެނީ ރެޑްވޭވްގެ އިތުރުން އެސްޓީއޯ ސުޕަމާޓާއި ޝޮޕް އެންޑް ސޭވް އާއި ސޯސަން މާޓް އަދި ސޯސަން ފިހާރަ އެވެ.

ބާޒާރުގެ އެންމެ ހެޔޮ އަގު ލިސްޓުގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ބައެއް އުފެއްދުންތައް ވިއްކާ އަގުތަކާއި ލިބެން ހުރި ތަންތަން އިއުލާނު ކުރަނީ އާއްމުންނަށް އެންމެ ހެޔޮ އަގުގައި އުފެއްދުންތައް ލިބެން ހުރި ތަންތަން އަންގައި ދިނުމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345