ރޯދަ މަހާ ރޯއްޖާ

ގަންނަ މީހުން މަދުވެ، ކަރާގެ އަގު ދަށަށް

Apr 19, 2021
2
ބާޒާރުގައި ކަރާ ކިރަނީ: ކަރާގެ އަގު ވަނީ ދަށްވެފައި -- ފޮޓޯ: އަވަސް
0%
0%
0%

ރޯދަ މަސް ފެށުނުއިރު އަގު މަތިވަމުން ދިޔަ ކަރާ ގަންނާނެ މީހުން ނުވެ ކުއްލިއަކަށް އަގު ވެއްޓިއްޖެ އެވެ.

ރޯދަ މަސް ފެށެން ދެ ދުވަހަށްވީއިރު ކަރާ ކިލޯއެއް ވިއްކަމުން ދިޔައީ 15ރ. އަށެވެ. ނަމަވެސް ރޯދަ ފެށުމާއެކު ކަރާ ކިލޯއެއްގެ އަގު 25ރ. އަށް އުފުލުނެވެ. އެކަމަކު ރޯދަ މަސް ފެށި ހަފުތާއެއް ނުވަނީސް ކަރާ ކިލޯއެއްގެ އަގު އަނެއްކާ ވެސް ވަނީ 15ރ. އާއި 18ރ. އާ ދެމެދުގެ އަގަކަށް ވެއްޓިފަ އެވެ.

ކަރާ ވިއްކާ މީހުން ބުނާ ގޮތުގައި ކަރާގެ އަގު ދަަށްވުމުގެ މައިގަނޑު ސަބަބަކީ ކަރާ ގަންނަ މީހުންގެ އަދަދު މަދުވެ ޑިމާންޑު ނެތުމެވެ.

"ގަންނަ މީހުން މި އަހަރު ވަރަށް މަދު. އެހެންވީމަ މިހާރު ކުރީގައި އަގު ވެއްޓުނީ،" ގޮޅިއެއްގައި ހުރި ތޮއްޑޫ މީހަކު ބުންޏެވެ.

މި ރޯދަ މަހު އިމްޕޯޓް ކުރި ކަރާ ގިނަވުމަކީ ވެސް އަގުތައް ވެއްޓުމުގެ ސަބަބެއް ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. އެހެންވެ، އަގުތައް ހިފައްޓާފައި ބަހައްޓަން ދަތި ކަމަށް ވިޔަފާރި ކުރާ މީހުން ބުނެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910