ވިޔަފާރި

މިރުސް ބޮޑަސް އަގު ހެޔޮ!

May 29, 2018
4

މިރުސް ވެސް ރަނގަޅުވާނީ ކުޅިވީ ވަރެކެވެ. އާއްމުކޮށް ވަނީ ވެސް މިހެންނެވެ. އެކަމަކު މި ބާވަތުގެ މިރުސް މަޝްހޫރު ވަނީ ކުޅިކަމަށް ވުރެ ބޮޑަށް މީގެ ސައިޒު ބޮޑުކަމާއި އަގު ހެޔޮކަމުންނެވެ. މިއީ މިހާރު ބާޒާރުގައި ވިއްކާ އެންމެ ބޮޑު އެކަމަކު އެންމެ އަގު ހެޔޮ މިރުހެވެ.

އެފްރިކާގައި ދަނޑުވެރި ކަމަށް މަޝްހޫރު ޔޫގެންޑާ އިން ރާއްޖެ އެތެރެކުރާ "ޔޫގެންޑާ" މިރުސް 100 ގްރާމް ވިއްކަނީ 10ރ. އެވެ. މިއީ އާއްމުކޮށް މިރުހުގެ އަގު ހުރި ގޮތަށް ބަލާއިރު ބޮޑު ހެޔޮވުމެކެވެ. އާއްމު ގޮތެއްގައި 100 ގްރާމް މިރުސް ބާޒާރުގައި ވިއްކާނީ 50ރ. އިން މަތީގަ އެވެ. އަދި މިރުސް ކިލޯއެއްގެ އަގު 500ރ. އަށްވުރެ މައްޗެވެ. އެކަމަކު ޔޫގެންޑާ މިރުސް ކިލޯއެއް 85ރ. ހިފައިގެން ދިއުމުން ލިބޭނެ އެވެ.

ޔޫގެންޑާ މިރުސް ވިއްކަން ބަހައްޓާފައި ހުރި ފިހާރައެއްގެ ދޮރުމަތީގައި މިރުސް ގަންނަން ގޮސްހުރި މީހަކު ބުނި ގޮތުގައި މިއީ މީރު އަދި ކުޅި ވެސް ގަދަ އަގުވެސް ހެޔޮ މިރުހެކެވެ.

ޔުގެންޑާ މިރުހުގެ އިތުރުން ދެން އެންމެ އާއްމުކޮށް ވިއްކަން ހުރީ ރާއްޖޭގައި ހައްދާ ދިވެހި ގިތެޔޮ މިރުހެވެ. ދިވެހި މިރުސް އާއްމުކޮށް ގެންނަނީ އއ. ތޮންޑޫ އާއި ކ. ކާށިދޫ އަދި ތ. ކަނޑޫދޫއިންނެވެ.

ކޮންމެއަކަސް އަގު ބޮޑު މިރުހުގެ ބާޒާރަށް މިއޮތީ އަގުހެޔޮ އެއްޗެއް ތައާރަފުވެފަ އެވެ. މީގެ މިރުސް މިހާރު ބާޒާރުގައި މިހާރު ދަނީ ގިނަވަމުންނެވެ. ސޭޓުންގެ ވާހަކައިން އެނގުނީ އަދި މިރުސް ގެނައުން އޮތީ ކަމެވެ. ކޮންމެއަކަސް މި މިރުސް ބޮޑަށް މީގެ އަގު ހުރީ ވަރަށް ހެޔޮކޮށެވެ.