ވިޔަފާރި

ވައްތަރަށް ބަލާނެ ކަމެއްނެތް، ފަނި މީރު!

Jun 4, 2018
4

ރޯދަ މަހު ބާޒާރަށް އާއްމުކޮށް ނުފެންނަ ބާވަތްތައް ތައާރަފުވެ އެވެ. މިއީ އަލަށް ތައާރަފުވި އެއްޗެއް ނޫނެވެ. އާއްމު ގޮތެއްގައި ދިވެހިން ބޭނުން ނުކުރާ މޭވާއެކެވެ. ފަނި ގިރާލަން ރަނގަޅުވާނެ އެވެ.

ލޯކަލް މާރުކޭޓުގެ މަދު ގޮޅިއެއްގައި ލިބެން ހުރި މި މޭވާ ވައްތަރުވާން އުޅޭނީ ސައްކެޔޮގެ ވައްތަރަކާ އެވެ. ސަބަބަކީ ބޭރުގައި ތުން ފަޅާފައި ހުރުމެވެ. މިއީ އަނޯނާ އެވެ. އަތައިގެ އާއިލާގެ މެންބަރެއް ކަމަށްވާ އަނޯނާއަކީ އެހެނިހެން މޭވާއަށް ވުރެ ބޮޑުވާ ފެހިކުލައިގެ މޭވާ އެކެވެ. އަނޯނާގެ ތޮށިގަނޑުގެބޭރުގައި މާ ހަރުނޫން ކަށި ތަކެއްފާޑުގެ ކެހެރި ތަކެއްހެން ހުންނަ އެއްޗިހި ތަކެއް ހުންނާނެ އެވެ. މީގެ ކޮންމެ އެއްޗެއްގައި ވެސް ރަނގަޅަށް ނުއުފެދި ވަޅުވަދެފައި ހުންނަ ތަންކޮޅެއް ހުންނާނެ އެވެ. ރާއްޖޭގައި މީގެ ގަސް ހެދިފައި ހުންނަނީ ވަރަށް މަދުންނެވެ. އަނޯނާ އަކީ އަތަ ފަދައިން ކެއުމަށް ބޭނުންކުރާ މީރު މޭވާ އެކެވެ. އަނޯނާގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ.

ބާޒާރުގައި މިހާރު ލިބެން ހުރީ އެއްވަތަރެވެ. އަވަށްޓެރި ސްރީލަންކާއިން ރާއްޖެ އެތެރެކުރާ އަނޯނާ ކިލޯއެއް ވިއްކަނީ 80ރ. އަށެވެ. ދެން އޮތީ މީގެ ސިއްހީ ފައިދާ ތަކެވެ. މީގައި އެންމެ މުއްސަނދި އެއް މާއްދާއަކީ ވިޓަމިން "ސީ" އެވެ. އެހެންވެ އަނޯނާ ކާނަމަ ކުޑަކަމުދާ ތަކެތީގައި އުފެދޭ އެސިޑް މަތިކުރެ އެވެ. އަދި އަނޯނާއަކީ ފައިބަރުން ވަރަށް މުއްސަނދި މޭވާ އެކެވެ. އެހެންވެ އަނޯނާ ކާނަމަ ބަނޑު ހިކުން ފަދަ މައްސަލަތަކުން ސަލާމަތް ކޮށްދޭނެ އެވެ. މީގެ ސަބަބުން ޔޫރިން އިންފެކްޝަން ފަދަ މައްސަލަތައް ޖެހުން ދުރުކޮށްދެ އެވެ. މީގެ އިތުރުން އާއްމު ގޮތެއްގައި އަނޯނާ ކާނަމަ ގޮހޮރުގެ ބަލިތަކާއި ކެންސަރަށް ހުށަހެޅުން ފަދަ ނުރައްކާތެރި މައްސަލަތަކުން ދުރުކޮށްދެ އެވެ.

އެހެންވީމަ ކާންވީ މި އެއްނޫން ހެއްޔެވެ؟ މި މޭވާ މިހާރު މާރުކޭޓުގައި ލައްކަ ގިނައިން ލިބެން އެބަހުއްޓެވެ.