ދުނިޔޭގެ ތަރިންނާ އެއްހަމާގައިހުރި ޑަބަލް ޑޮޓް!

ގުދުރަތުގެ ރީތިކަމުގެ އެންމެ ފުރިހަމަ އަޖައިބުތައް ލިބިފަވާ ރާއްޖޭގެ ރީތިކަން ހިފައިގެން ދުނިޔޭގެ ތެރެއަށް ނުކުންނަ ބަޔަކީ ފޮޓޯ ގްރާފަރުންނެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މޮޅު ފޮޓޯ ގްރާފަރުން އެބަތިއްބެވެ. އެދާއިރާގައި ދިވެހި ޒުވާނުންގެ ހުނަރު ބަރާބަރަށް ބާރަށް ކުރިއަށްދާތަން ފެނެ އެވެ. މިފަހަރު މިއޮތީ ފޮޓޯ ގްރަފީ ދާއިރާއިން ދުނިޔޭގެ އެންމެ "ޓޮޕް" ފޮޓޯ ގްރާފަރުންނާ އެއް ހަމައެއްގައި ވާދަ ކުރާ މުހައްމަދު އަޒްމީލްގެ ވާހަކަ އެވެ. މިއީ އަމިއްލަ ފޮޓޯއެއް ނަގަން ވެސް އަދި ދައްކަން ވެސް ބޭނުން ނުވާ ފޮޓޯގެ ދުނިޔޭގައި މަޝްހޫރު ނަމުންނަމަ "ޑަބަލް ޑޮޓް" ގެ ވާހަކަ އެވެ.
ޑަބަލް ޑޮޓް - އަޒްމީލް ނަގާފައިވާ ފޮޓޯ އެއް--
ގުދުރަތުގެ ރީތިކަމުގެ އެންމެ ފުރިހަމަ އަޖައިބުތައް ލިބިފަވާ ރާއްޖޭގެ ރީތިކަން ހިފައިގެން ދުނިޔޭގެ ތެރެއަށް ނުކުންނަ ބަޔަކީ ފޮޓޯ ގްރާފަރުންނެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މޮޅު ފޮޓޯ ގްރާފަރުން އެބަތިއްބެވެ. އެދާއިރާގައި ދިވެހި ޒުވާނުންގެ ހުނަރު ބަރާބަރަށް ބާރަށް ކުރިއަށްދާތަން ފެނެ އެވެ. މިފަހަރު މިއޮތީ ފޮޓޯ ގްރަފީ ދާއިރާއިން ދުނިޔޭގެ އެންމެ "ޓޮޕް" ފޮޓޯ ގްރާފަރުންނާ އެއް ހަމައެއްގައި ވާދަ ކުރާ މުހައްމަދު އަޒްމީލްގެ ވާހަކަ އެވެ. މިއީ އަމިއްލަ ފޮޓޯއެއް ނަގަން ވެސް އަދި ދައްކަން ވެސް ބޭނުން ނުވާ ފޮޓޯގެ ދުނިޔޭގައި މަޝްހޫރު ނަމުންނަމަ "ޑަބަލް ޑޮޓް" ގެ ވާހަކަ އެވެ.
އުމުރުން 36 އަހަރުގެ އަޒްމީލަށް ފޮޓޯގެ ދުނިޔެއަށް ވަދެވުނު ގޮތް ވަރަށް ޝައުގުވެރި އެވެ. ކުރެހުމުގެ ދާއިރާގައި އޭރު ދިރިއުޅެމުންދިޔަ އަޒްމީލް ފޮޓޯ ނަގަން ޝައުގުވެރިކަން އުފެދުނީ ކުރަހަން ބޭނުންވާ ބައެއް ފޮޓޯތައް އޭނާއަށް ލިބޭނެ ގޮތް ނުވެގެނެވެ. އެންމެފަހުން ކެމެރާއެއް ހިފައިގެން އަމިއްލައަށް ފޮޓޯ ނަގަން ނުކުތީ އެވެ. ބޭނުންވާ ފޮޓޯތައް ނަގައިގެން ކުރަހަން ފެށީ އެވެ. އެހިސާބުން ބަދަލެއް އައީ އެވެ. ކުރެހުމަށްވުރެ ފޮޓޯ ނެގުމަށް މާބޮޑަށް ހިތް އެދެން ފެށީ އެވެ. އެންމެފަހުން ފިހި އެއްލާލައި ކެމެރާގައި ހިފި ދުވަނުން ފެށިގެން ފޮޓޯ ނަގަނީ އެވެ. އަޒްމީލްގެ ފޮޓޯތައް މުޅި ދުނިޔެއަށް ވެސް ކަމުދިޔާ އެވެ.
އަޒްމީލް ބުނާ ގޮތުގައި ފޮޓޯ ނެގުމަކީ ކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް މުޅި ދިރިއުޅުން އެކަމަށް ބިނާ ކުރަން މަސައްކަތް ކުރުމަކީ ވަރަށްވެސް ބޮޑު ޗެލެންޖެކެވެ. ކެރިއާއެއްގެ ގޮތުގައި ފޮޓޯ ނަގަން ފެށުމަށް އަޒްމީލް ފުރަތަމަ ވަނީ އެފްޑީއައި އަށެވެ. ހަތަރު އަހަރު އެފްޑީއައިގައި މަސައްކަތް ކުރުމަށްފަހު އަމިއްލަ ކުންފުންޏެއް އުފައްދައި ރިސޯޓްތަކުގެ ފޮޓޯ ޝޫޓްތަކަށް އޭނާ އެއްކޮށް ހުސްވީ އެވެ.
ޑަބަލް ޑޮޓް: އަޒްމީލް ނަގާފައިވާ ފޮޓޯ އެއް--
ޑަބަލް ޑޮޓް: އަޒްމީލް ނަގާފައިވާ ފޮޓޯ އެއް--
ޑަބަލް ޑޮޓް: އަޒްމީލް ނަގާފައިވާ ފޮޓޯ އެއް--
"ފޮޓޯ ނެގުން ދަސް ކުރަން ފެށީ އެކި ވީޑިއޯތައް ބަލައިގެން، ދެން ފުލް އިންކަމް ލިބޭ ކަމަކަށް ހަދަން ވެގެން އެފްޑީއައި އަށް ޖޮއިން ކުރީ، ހަތަރު އަހަރު ވަންދެން އުޅުނިން، އުޅެފަ ކަލަ ޕްރޮފައިލް ކިޔާ ކުންފުންޏެއް އުފެއްދީ 2005 ގައި، އެހާ ހިސާބުން ފެށިގެން ރިސޯޓް ފޮޓޯ ގްރަފީއަށް ފޯކަސް ކުރީ،" އަޒްމީލް ބުންޏެވެ.
އެހިސާބުން އަޒްމީލްގެ ފޯކަސް ގެއްލުވައެއް ނުލަ އެވެ. ބޭނުންވީ ހުނަރު އިތުރަށް ތަރައްގީ ކުރާށެވެ. ފޮޓޯ ގްރަފީގެ އެހެން ދާއިރާތައް ވެސް ދަސްކުރާށެވެ. އެގޮތުން ފެޝަން އެންޑް ކޮމާޝަލް ސްޓައިލް ދަސްކުރަން ފެށި އެވެ. އަދި 2010 ވަނަ އަހަރު ދުނިޔޭގެ މަޝްހޫރު ފޮޓޯ ގްރަފަރުންގެ ވޯކް ޝޮޕްތަކުގައި ބައިވެރިވެ އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ފެށި އެވެ. ގިނަ ކަންކަން ދަސްވީވެސް އެ ވޯކްޝަޮޕް ތަކުންނެވެ.
އަޒްމީލްގެ ދަތުރުގައި ދެން މިސްރާބު ޖެހީ ދުނިޔޭގެ ތެރެއަށް ނުކުންނާށެވެ. އޭނާއަށް އެ ފުރުސަތު ލިބިގެންދިޔައީ 2011 ވަނަ އަހަރު އާއިލާއާއެކު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަން ދިޔަ ދަތުރެއްގައި އެވެ. އެ ދަތުރުގައި އެރިސޯޓްގައި ހުރި ވީއައިޕީ މީހެއްގެ ފޮޓޯ ޝޫޓެއް ނަގަން ލިބުން ވެގެންދިޔައީ އަޒްމީލްގެ ނަސީބު އަތުގައި ހިފުމަށެވެ.
ޑަބަލް ޑޮޓް - އަޒްމީލް ނަގާފައިވާ ފޮޓޯ އެއް--
ޑަބަލް ޑޮޓް - އަޒްމީލް ނަގާފައިވާ ފޮޓޯ އެއް--
ޑަބަލް ޑޮޓް - އަޒްމީލް ނަގާފައިވާ ފޮޓޯ އެއް--
އެ ވީއައިޕީ މީހާގެ ފޮޓޯ ޝޫޓަށްފަހު އޭނާގެ ވެޑިންގެ ފޮޓޯ ނަގަން ފުރުސަތު ވެސް ލިބިގެންދިޔައީ އަޒްމީލަށެވެ. ނޭންގުމެއްގެ ތެރޭގައި ނަގައިދެވުނު ފޮޓޯ ޝޫޓްވީ ދުނިޔޭގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ ފޮޓޯ ޝޫޓަކަށެވެ. އެއާއެކު އަޒްމީލް މުޅި ދުނިޔެއަށް ފިޔަގަނޑު ހުޅުވާލައި ފޮޓޯ ނަގަން އުދުހިގަންނަން ފުރުސަތު ފަހިވެގެން ދިޔައީ އެވެ. އެ ޝޫޓް ވެގެންދިޔައީ އަޒްމީލާއި ބޭރު ދުނިޔެއާ ގުޅުވާލަދިން ފާލަމަށެވެ.
"2011 ގައި ރިސޯޓެއްގައި ހޮލިޑޭއެއްގައި އާއިލާއާއެކު ހުއްޓައި ރިސޯޓް މެނޭޖަރު ބުނި މިތަނުގައި އެބައުޅޭ ވީއައިޕީއެއް ބައްދަލު ކުރަން ބޭނުންވާ ވާހަކަ، އޭނާ ބޭނުންވީ ފޮޓޯ ޝޫޓެއް ނަގަން، ދެން ނަގައިދިނީ، އޭގެ ހަތަރު މަސް ފަހުން ގުޅާފަ އޭނާ ބުނީ އޭނާގެ ވެޑިންގެ ފޮޓޯ ޝޫޓް އެއް ނަގައިދޭން، ދެން ރާއްޖޭގައި ބޭއްވި އެ ވެޑިންގެ ފޮޓޯ ނަގައިދިނީ އަހަރެން، އެތަނުން އަސްލު އެއީ ކާކުކަން އެނގުނީ، ވަރަށް ހައި ޕްރޮފައިލް މީހެއް، ފަހުން އޭނާގެ ކުންފުނީގެ ޕޯޓް ފޯލިއޯ ހަދަން ވަރަށް ގިނަ ގައުމުތަކަށް ވެސް ދެވުނު، އޭނާގެ ސަބަބުން ވަރަށް ގިނަ ފުރުސަތުތައ ލިބުނު، އެ ކުންފުންޏަކީ ލޮސްއެންޖެލިސްގައި ހުންނަ ކުންފުންޏެއް،" އަޒްމީލް ބުންޏެވެ.
އޭގެ ފަހުން އަޒްމީލްއަށް ވަރަށް ގިނަ މެގަޒިންތަކުގައި މަސައްކަތް ކުރުމަށް ފުރުސަތު ފަހިވެގެންދިޔަ އެވެ. އޭގެ ތެރޭގައި "މެރީ ކްލެއާ" އަދި "ހަނީމޫނާސް" ފަދަ މެގަޒިން ތަކުގައި ފޮޓޯތައް ޕަބްލިޝް ކުރަން ފުރުސަތު ލިބިގެންދިޔަ އެވެ. އަދި ދުނިޔޭގެ މަޝްހޫރު ތަންތަނުގައި މަސައްކަތް ކުރުމަށް ފުރުސަތު ވެސް އޭނާއަށް ލިބުނެވެ.
ޑަބަލް ޑޮޓް - އަޒްމީލް ނަގާފައިވާ ފޮޓޯ އެއް--
ޑަބަލް ޑޮޓް - އަޒްމީލް ނަގާފައިވާ ފޮޓޯ އެއް--
"މިހާ ކުޑަކުޑަ ތަނެއްގައި އުޅެމުން މުޅި ދުނިޔޭގައި ފޮޓޯ ނަގަންދާން ފުރުސަތު ލިބިގެންދިޔަ ކަމީ އަހަރެންގެ ނަސީބު، ވަރަށް ހައި ޕްރޮފައިލް މެގަޒިންސްތަކުން ވެސް ފުރުސަތު ލިބުނު، މެރީ ކްލެއާ ހަނީމޫނާސް ކަހަލަ، އޭގެ ފަހުން ދުނިޔޭގެ ގިނަ ތަންތާގައި ވޯކް ކުރަން ލިބިފައިވަނީ... ނިއުޔޯކް، ލަންޑަން ހޮންކޮން، އެތަންތަނަށް ގޮސް ކޮމާޝަލް ފޮޓޯ ނަގަން ލިބިފައިވަނީ،" އަޒްމީލް ބުންޏެވެ.
އަޒްމީލް ފޮޓޯ ނެގުމުގެ ދާއިރާއިން ހޯދި ކާމިޔާބީތައް ވެސް ވަރަށް ގިނަ އެވެ. އެގޮތުން 2016 ވަނަ އަހަރު ރައްޓެހިން އެދުމުގެ މަތިން ޕްރޮފެޝަނަލް ފޮޓޯގްރަފާސް އޭޝިއާ ކޮމިއުނިޓީ (ޕީޕީއޭސީ) ގެ ކޮމްޕެޓިޝަންގައި ބައިވެރިވި އެވެ. އެ ކޮމްޕެޓިޝަންގެ ލޭންޑް ސްކޭޕް އިން އޭނާގެ ފޮޓޯ އަށް ލިބުނީ ދެވަނަ އެވެ. އެ ވަނަ ވެގެންދިޔައީ އަޒްމީލްގެ ހަޔާތް މުޅިން ބަދަލުކޮށްލި ވަނައަށެވެ.
އޭގެ ފަހުން އެތައް ފަހަރަކު ޕީޕީއޭސީގެ މުބާރާތްތަކުގައި ބައިވެރިވެ އެތައް ވަނަތަކެއް ހޯދި އެވެ. ނަމަވެސް އޭނާއަށް އެންމެ ކާމިޔާބު އަހަރަކީ މިދިޔަ އަހަރެވެ. އޭނާ ހީވެސް ނުކުރާފަދަ އެވޯޑެއް މިދިޔަ އަހަރު ލިބިގެންދިޔަ އެވެ. އެއީ ޕީޕީއޭސީ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު 10 ފޮޓޯ ގްރާފަރުންގެ ތެރޭގައި އޭނާގެ ނަން ހިމެނިގެންދިއުމެވެ. އެކަންވީ އޭނާ ވެސް ހައިރާން ކުރުވި ބޮޑު ޝަރަފަކަށެވެ.
ޕީޕީއޭސީ އިން 2018 ވަނަ އަހަރު ހޮވި ދުނިޔޭގެ އެންމެ މޮޅު 10 ފޮޓޯ ގްރާފަރުންގެ ގެރޭގައި އަޒްމީލް--
"2016 ވަނަ އަހަރު ފުރަތަމަ ފޮޓޯ ގްރަފީ ކޮމްޕެޓިޝަނެއްގައި ބައިވެރިވީ، އެއީ ދެވަނަ ލިބުނީ ލޭންޑްސްކޭޕް އެންޑް ކްރިއޭޓިވް ފޮޓޯ ގްރަފީ އިން، ޕީޕީއޭސީ، 2018 ވޯލްޑް ޓޮޕްޓެންގައި ހިމެނު، ފަހުން ޕީޕީއޭސީގެ ކޮންފަރެންސްގައި ސްޕީކާއެއްގެ ގޮތުގައ ވާހަކަ ދައްކަން ފުރުސަތު ލިބިގެންދިޔަ، އެއީ ދުނިޔޭގެ މަޝްހޫރު އެހެން ހަތަރު ފޮޓޯ ގްރަފަރުންނާއެކު، 11 އެވޯޑް މިދިޔަ އަހަރު ޕީޕީއޭސީއިން ލިބުނު، އަދި ޔޫކޭގައި ބޭއްވި މާސްޓާސް ފޮޓޯގްރަފާސް އެސޯސިއޭޝަން، އެމްޕީއޭ އެވޯޑުން ތިން އެވޯޑް ލިބުނު،" އަޒްމީލް ބުންޏެވެ.
އަޒްމީލްގެ ކާމިޔާބީތައް އަދިވެސް ގިނަ އެވެ. އޭނާ އަކީ ވޭތުވެދިޔަ ތިން އަހަރުވެސް ކެނޮން ބްރޭންޑް ރާއްޖޭގެ އެމްބަސަޑަރެވެ. އެ ފުރުސަތު އޭނާއަށް ލިބިގެން ދިޔައީ ކެނޮން ރާއްޖޭގައި ތަމްސީލްކުރާ ސިމްޑީގެ ސަބަބުންނެވެ.
އަޒްމީލްއަށް ލިބިފައިވާ ހުނަރު އަންނަނީ އެހެން ފަރާތްތަކަށް ވެސް ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާގެ ވޯކް ޝޮޕްތައް އިންޑޮނޭޝިއާގެ ބާލީ އާއި ސިންގަޕޫރު އަދި މެލޭޝިއާގައި ބާއްވަ އެވެ. އަދި ރާއްޖޭގައިވެސް ވޯކްޝޮޕްތައް އަންނަނީ އޮގަނައިޒްކޮށް ބާއްވަމުންނެވެ. މިއަހަރު ފޭސް ވަންގެ އެމްބެސިޑާރަކާއެކު ވޯކް ޝޮޕެއް ރާއްޖޭގައި ބާއްވަން އޭނާ އަންނަނީ ތައްޔާރު ވަމުންނެވެ.
ޑަބަލް ޑޮޓް - އަޒްމީލް ނަގާފައިވާ ފޮޓޯ އެއް--
ޑަބަލް ޑޮޓް - އަޒްމީލް ނަގާފައިވާ ފޮޓޯ އެއް--
އަޒްމީލް މިހާރު ތައްޔާރު ވަމުންދަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އޭނާގެ ފުރަތަމަ ސޯލޯ އެގްޒަބިޝަނަށެވެ. ދުނިޔެއަށް ދޭން ބޭނުންވާ މެސެޖެއްގެ ކޮންސެޕްޓަކާއިއެކު މާލެއާ ރާއްޖޭގެ ރިސޯޓެއްގެ އިތުރުން ތިން ގައުމެއްގައި އެގްޒިބިޝަން ބާއްވާނެ އެވެ. އެކަމަށް އަޒްމީލް މިހާރު ދަނީ ހުސްވަމުންނެވެ. އޭނާގެ ޖާދޫ ދައްކާލަން ތައްޔާރުވަމުންނެވެ.