ނުވަދިހައިގެ މެދުތެެރެއިން ފެށިގެން ދެހާހުގެ ބޮޑު ބައެއްގައި މާލޭގެ އެންމެ މަޝްހޫރު ކެފޭއަކީ "އަސަރީ ކެފޭ" އެވެ. އެންމެ މަޝްހޫރު ކޭޓަރިން އަކީ "އަސަރީ ސާވިސް" އެވެ. އިރެއްގައި މުޅި ރާއްޖެއަށް އެންމެ މަޝްހޫރު ދަތުރުފަތުރުގެ ނިޒާމަކީ މުހައްމަދު ޒާހިރު (ވާހޫ ޒާހިރު) ގެ "ވާހޫ ލޯންޗު ސާވިސް" އެވެ. އިރެއްގައި މީހުންގެ މެދުގައި އެންމެ މަގުބޫލު ވާހޫ ޒާހިރަކީ ހަމަ އަސަރީ ޒާހިރެވެ.
އިރެއްގައި މި އަސަރީ ޒާހިރަކީ ވަރަށް ގިނަ ދިވެހި އަންހެނުންނަށް ވަރަށް ރީތިވި އަސަރީ ޒާހިރެވެ. އަދި އެއްއިރެއްގައި ވާހޫ ޒާހިރު / އަސަރީ ޒާހިރަކީ ރާއްޖޭގައި އެންމެ ބޮޑެތި މަހުޖަނުންގެތެރޭ ހިމެނި ވަޑައިގެންނެވި އެކެކެވެ. އެ ހުރިހާ ވާހަކައެއްގެ ތަފުސީލް ބާވާފައިވާ ޒާހިރުގެ ހަޔާތުން ލޯބީގެ ތަންކޮޅެއް ބަލައިލަމާ ހެއްޔެވެ؟
ޒާހިރުގެ އަސަރީ ކެފޭގެ އަސަރުގައި މީހުން ޖެހި އެ ހިދުމަތް މަގުބޫލުވީ އެ ތަނުން ރާއްޖެއަށް ގެނެސްދިން ރަހަތަކާއި ތައާރަފުކުރި އާ ހިދުމަތްތަކާއި ޒަމާނީ ވައްޓަފާޅީގެ ސަަބަބުންނެވެ. މުޅި ރާއްޖެ ޒާހިރުގެ "އަސަރީ ސާވިސް" ގައި ޖެހިފައި އޮތް ދަނޑިވަޅު އަސަރީ ކެފޭން މީހުން ހޯދަން ކުރި އިއުލާނަކުން ފުރުސަތެއް ހޯދައި އަސަރީ ކެފޭ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާ ކުރި ޒުވާން އަންހެން ކުއްޖެއްގެ އަސަރުގައި ޒާހިރު ޖެހިވަޑައިގެންނެވި އެވެ. އަދި އަސަރު ގަދަ ލޯތްބަކަށް ބަދަލުވި އެވެ.
އަސަރީ ސާވިސް އާއި ކެފޭގެ ތެރެއިން ފުން ލޯތްބެއްގެ ޖާދޫގައި ޒާހިރު ޖެއްސުވީ އޭނާގެ މުވައްޒަފުންގެ ތެރެއިން އޭރު ޓީނޭޖުގެ ފަހުބައި ގުނަމުން ގެންދިޔަ އައިޝަތު މުއީނާ އެވެ. އަސަރީ ކެފޭގެ ކައުންޓަރުގެ ވަޒީފާއަށް ނުކުމެ، މުއީނާ ވާސިލްވީ ކުންފުނީގެ ވެރިޔާ، ވާހޫ ޒާހިރު / އަސަރީ ޒާހިރުގެ ސީދާ ހިތަށެވެ. ޒާހިރަށް މުއީނާގެ އަސަރުގައި ޖެހިވަޑައިގަތީ މުއީނާގެ ހީވާގި ކަމާއި ހިންގުންތެރިކަމުގެ ސަބަބުންނެވެ. މިއީ މުއީނާ އާއި ޒާހިރުގެ ގުޅުން ހިތާއި ހިތުގެ ގުޅުމަކަށް ބަދަލުވި ހިސާބެވެ.
"އަޅުގަނޑުގެ އަސަރީ ކެފޭއަށް މީހުން ބޭނުން ވެގެން އިއުލާނެއް ކުރުމުން ކުރިމަތިލި ކުދީންގެ ތެރެއިން ކުއްޖެއް މުއީނާއަކީ. ވަޒީފާ ލިބުނު އިރު އަޅުގަނޑު ނުވެސް ދެކެން މުއީނާއެއް! އެކަމަކު ފެނުނު ދުވަހު ވެސް އަޅުގަނޑަށް އެނގިއްޖެ ވަަރަށް މަސައްކަތްތެރި ކުއްޖެއްކަން. އެކުގައި މަސައްކަތް ކުރެން ފެށީމަ ބޮޑަށް އެނގުނީ މުއީނާގެ ހީވާގި ކަމާއި ހިންގުންތެރި ކަމާއި މަސައްކަތްތެރިކަން. އެހެންވީމަ އަޅުގަނޑު ގަބޫލުކުރީ މުއީނާއަކީ ކުންފުނީގެ ޕާޓްނަރެއްގެ ގޮތުގައި ހުންނަން ޖެހޭ މީހެއް ކަމަށް،" ކުރިން މަޝްހޫރު އަންގާގާ ރިސޯޓާއި އެފަދަ އެހެން އެތައް ޕްރޮޕެޓީއެއްގެ ވެރިޔާ، ޒާހިރު ވިދާޅުވި އެވެ.
އަސަރީ ޒާހިރާއި މުއީނާ ކައިވެނި ކުރެއްވި އިރު މުއީނާގެ އުމުރަކީ 19 އަހަރެވެ. މިހާރު ޒާހިރަށް 70 އަހަރު ފުރިފައިވާއިރު، މުއީނާގެ އުމުރަކީ 40 އަހަރެވެ. ދެ ބޭފުޅުންގެ ކައިވެންޏަށް 20 އަހަރުވީއިރު ދެ ބޭފުުޅުންގެ ލޯބި ވަނީ އިތުރަށް ބަދަހިވެ "ޒުވާން" ވެފަ އެވެ. މުއީނާ އާއި ޒާހިރު ވިދާޅުވާ ގޮތުގައި "މިއީ ވަކިނުވާނެ ލޯތްބަކުން ގުޅިފަައިވާ ދެ ހިތެ" ވެ.
މުއީނާގެ ލޯބީގެ އަސަރުގައި ޒާހިރު ޖެހިވަޑައިގަތެވެ. އެކަމަކު ޒާހިރު މުއީނާއާ ކައިވެނި ބައްލަވައިގަތީ ރައްޓެހިވެ އެކުގައި ހިނގާލަން ގޮސް ލޯބި ހުށަހަޅައިގެނެއް ނޫނެވެ. މުއީނާގެ އަސަރުގައި ޖެހިވަޑައިގަތުމާއެކު ވަގުތުން ކައިވެނި ކުރެއްވީ އެވެ.
މުއީނާ ވިދާޅުވި ގޮތުގައި ޒާހިރު ފުރަތަމަ ވެސް އެދި ވަޑައިގަތީ ކައިވެއްޏަށެވެ.
"ޒާހިރު ހަމަ އެއްވެސް އިޝާރާތެއް ކުރެއްވުމަކާ ނުލައި ވަޑައިގެން އެދި ވަޑައިގަތީ އަޅުގަނޑާ ކައިވެނި ކުރައްވަން އަދި އަޅުގަނޑަށް އަތަށް މަލެއް ދެއްވާފައި ކައިވެންޏަށް އެދި ވަޑައިގެންނެވީ،" މުއީނާ ވިދާޅުވި އެވެ.
"ފުރަތަމަ ވެސް ލޯބި ހުށަހެޅުއްވީއެއް ނޫން. ފުރަތަމައިނުން ވެސް ވަޑައިގެން ކައިވެންޏަށް އެއްސެވީ ދެން ކައިވެނި ކުރެއްވީ.... އޭގެ ފަހުން ދެން ލޯބީގެ ހަޔާތެއް ފެށިގެން އައީ... އާއްމުކޮށް މީހުން ލޯބި ހުށަހަޅައިގެން ދެއްތޯ ކައިވެނި ކުރަނީ. އަޅުގަނޑުމެންގެ އެ ބައެއް ނެތް ފުރަތަމައަކު، އެބައި ފަހުން ފެށުނީ އަދިވެސް މިދަނީ އެބައި،" އަސަރީ މާލަމްގައި އިންނަވައިގެން މުއީނާ ވިދާޅުވި އެވެ.
އަބަދުވެސް ވަރަށް ލޯބިން އުޅުއްވާ ޒާހިރާއި މުއީނާ ވިދާޅުވި ގޮތުގައި އެ ކައިވެނީގެ ފުރަތަމަ ދެ އަހަރު ދިޔައީ ދަތިކޮށެވެ. ޒާހިރު ސިފަ ކުރެއްވި ގޮތުގައި އެ މުއްދަތުގައި ޒާހިރާއި މުއީނާ "ސިންކްރޮނައިޒް" ވުމުގައި ދަތިތަކާ ކުރިމަތިވީ އެވެ.
"އަޅުގަނޑަކަށް ޓައިމެއް ނޯވެ، އަތު ގުޅައިގެން ބީޗުގައި ހިނގާކަށް ވެސް، ދުވާކަށް. އޭރު މުއީނާ އުޅުނީ ކިޔަވަން. އެކަމަކު އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން ހަމައަށް އެޅިއްޖެ،" ޒާހިރު ވިދާޅުވި އެވެ.
މުއީނާ އާއި ޒާހިރުގެ ލޯތްބަށް ވިހި އަހަރު ވެގެން ދިޔައިރު މުއީނާގެ ކިބައިގައި ހުރި ޒާހިރު އެންމެ ގަޔާވާ ކަމަކީ ކްރިއޭޓިވިޓީ އާއި އިސްވެ ކުރިޔަށް ނުކުމެ ވަޑައިގަތުމެވެ. ޒާހިރު ވިދާޅުވާ ގޮތުގައި ދެ ބޭފުޅުންގެ އުމުރުގައި 30 އަހަރުގެ ތަފާތެއް ހުއްޓަސް ލޯބީގައި ވެސް އަދި މަސައްކަތާއި ހިތްވަރާއި ކެތްތެރިކަމުގައި ވެސް ތަފާތެއް ނެތެވެ.
ލޯބި ހުށަހެޅުއްވީއެއް ނޫން. ފުރަތަމައިނުން ވެސް ވަޑައިގެން ކައިވެންޏަށް އެއްސެވީ ދެން ކައިވެނި ކުރެއްވީ.... އޭގެ ފަހުން ދެން ލޯބީގެ ހަޔާތެއް ފެށިގެން އައީ... އާއްމުކޮށް މީހުން ލޯބި ހުށަހަޅައިގެން ދެއްތޯ ކައިވެނި ކުރަނީ. އަޅުގަނޑުމެންގެ އެ ބައެއް ނެތް ފުރަތަމައަކު، އެބައި ފަހުން ފެށުނީ އަދިވެސް މިދަނީ އެބައި،" އަސަރީ މާލަމްގައި އިންނަވައިގެން މުއީނާ ވިދާޅުވި އެވެ.މުއީނާ
"މުއީނާއަށް އަޅުގަނޑުގެ މައިންޑް ސެޓްވި ދުވަހެއް އައީ! އެ ދުވަހު އެއްޗެއް ކުރަހާލާފައި އެދުނިން ޓޭބަލެއް ހަދައި ދީބަލާށޭ. ހަނދާންވާ ގޮތުން އެއީ އެ ދުވަހުގެ އެގާރަ ޖެހިއިރު، އެކެއް ޖަހާއިރު މުއީނާ އައިސްފައި ވިދާޅުވި މި އޮތީއޭ. އެކަމަކު ތިއަށް ވުރެ މި ރަނގަޅު ވާނެ ނޫންހޭ. އެހެންވެ އޭތި އަޅުގަނޑަށް ގޯހަސް އަޅުގަނޑު އެ ގަބޫލު ކުރީ. އޭގެ ތެރެއިން އަޅުގަނޑުގެ މައިންޑް ސެޓަށް މުއީނާ ކަމުދިޔައީ،" ޒާހިރު ވިދާޅުވި އެވެ.
މުއީނާ ވިދާޅުވި ގޮތުގައި ޒާހިރުގެ ކިބައިން ފެންނާނެ އެންމެ ގަޔާވާ އެންމެ ރީތި ސިފައަކީ އިހުތިރާމު ކުރެއްވުމެވެ. އަޅާލުމާއި ލޯބި ދެއްވުމެވެ.
"ވަރަށް ތަފާތު ބޭފުޅެއް ޒާހިރަކީ. އެންމެ ބޮޑަށް ފާހަގަވާ ކަމަކީ އިހުތިރާމު ކުރެއްވުން.... އެހެން އެފަދަ ބޭފުޅުން ކަހަލަ ކޮންޓްރޯލް ލައިފެއް ނޫން އޮންނަނީއަކީ.. ވަރަށް ރެސްޕެކްޓް ކުރައްވާނެ." މުއީނާ ވިދާޅުވި އެވެ.
މުއީނާގެ އަސަރުގައި އަސަރީ ޒާހިރު ޖެހިވަޑައިގެން އުފެދުނު ރީތި ސާފު ލޯބި އޮތީ ވަރަށް ތާޒާކަން ކަމާއެކު އެވެ. ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އޮތީ ވަކިވުމެއް ނެތް ލޯބީގެ ގުޅުމެކެވެ.