
ބަޔަކު އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ: ރޯދަ މަހު ނަމާދު ކުރުން އިތުރުވޭ --
އަހްމަދު އަޔާދު | އަވަސް

މީހަކު ރޯދަ ހިފައެވެ. ނަމަވެސް އޭނާ ނަމާދެއް ނުކުރެއެވެ. އޭނާގެ ޙުކުމަކީ ކޮބައިތޯއެވެ؟
އޭނާގެ ރޯދަ ޞައްޙަވާނޭ ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އަޅުގަނޑު ދަންނަވަމެވެ. އޭނާ އެވަނީ ނުރައްކާތެރިކަން ބޮޑު ޙާލަތެއްގަ އެވެ. އެހެނީ ނަމާދަކީ ދީނުގެ ތަނބެވެ. ވީމާ އޭނާގެ މައްޗައްވަނީ ތައުބާވުމެވެ. ގިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭ ޢަމަލަކީ ނަމާދެވެ. ނަމާދުން ފެއިލްވެއްޖެމީހާގެ އެހެނިހެން އަމަލުތައް ފެއިލްވެދާނެތެވެ.