ރޯދަ ހިފުމުން ބައްޕަގެ ބަލި ބޮޑުވޭ، ހުކުމަކީ ކޮބާ؟

އަޅުގަނޑުގެ ބައްޕައަކީ ވަރަށް މުސްކުޅިވެފައިވާ މީހެކެވެ. އަދި ބައްޕަގެ އެއް ފަޅި ވަނީ ޕެރަލައިޒް ވެފައެވެ. ރޯދަ ހިފުމަކީ ބައްޕައަށް ކުޅަދާނަ ވެގެންވާ ކަމެއް ނޫނެވެ. ބައްޕަ ރޯދަ ހިފައިފި ނަމަ ބައްޕަގެ ބަލި ބޮޑު ވެއެވެ. ޙުކުމަކީ ކޮބާ ހެއްޔެވެ؟

އެބައްޔަކީ ޝިފާ ލިބުމެއް ނުވާ ބައްޔެއްކަމުގައި ޑޮކްޓަރުން ނިންމައިފިނަމަ، ވާޖިބުވެގެންވަނީ ރޯދަ މަހުގެ ކޮންމެ ދުވަހަކަށް، މިސްކީނަކަށް ކާން ދިނުމެވެ. ބައްޕަގެ މައްޗައް ރޯދަ ހިފުމެއް ނެތެވެ. ބައްޕަގެ ބައްޔަށް ޝިފާ ލިބޭނޭ ކަމުގައި ޑޮކްޓަރުން ވިދާޅުވާނަމަ، ބައްޕަގެ މައްޗައް އޮތީ ޝިފާ ލިބުމުން ރޯދަ ޤަޟާކުރުމަށް މަޑު ކުރުމެވެ. ފިދުޔަ ދިނުމެއް ނެތެވެ.