ކަންފަތާއި ނޭފަތަށް ބޭސް އެޅުމުން ރޯދަ ގެއްލޭނެތަ؟

ކަންފަތަށް ނުވަތަ ނޭފަތަށް ބޭސް އެޅުމުން ރޯދަ ގެއްލޭނެ ހެއްޔެވެ؟

ކަރުތެރެއަށް ވާޞިލްވާ ބޭހުން ނުވަތަ ފެނުން ރޯދަ ގެއްލޭނެއެވެ. ޝައްކެތް ނެތް ގޮތުގައި ކަންފަތުން ނުވަތަ ނޭފަތަށް އަޅާ ތިކި ތަކުގެ އަސަރު ކަރު ތެރެއަށް ލައެވެ. މިހެންކަމުން ރޯދަމަހު ދުވާލު އެފަދަ ބޭހެއް އިސްތިޢުމާލު ކުރުމަކީ ޝަރުޢީ ގޮތުން މަނާކަމެކެވެ. ރޯދަ އަށް ހުރެ މިފަދަ ބޭހެއް ބޭނުންކޮށް އެއިގެ އަސަރު ކަރުތެރެއަށް ލައިފިނަމަ ރޯދަ ގެއްލުނީއެވެ. އެ ރޯދަ ޤަޟާކުރަން ޖެހޭނެއެވެ.