ހަކުރު ބަލީގެ ބޭސްކާއިރު ރޯދަ ހިފަންވީތަ؟

އަޅުގަނޑަކީ ހަކުރު ބަލީގެ މީހަކީމެވެ. އަޅުގަނޑު ބޭސް ބޭނުން ކުރަމެވެ. އަޅުގަނޑުގެ ހަށިގަނޑުގައި ހަކުރުގެ މިންގަނޑު 250 އާއި 400 އާއި ދެމެދަށް ބައެއް ފަހަރު ހުރެއެވެ. އަޅުގަނޑު ރޯދަ ހިފަންވީތޯ އެވެ؟ ނުވަތަ ރޯދަ ނުހިފަންވީތޯ އެވެ؟ ނުވަތަ ކައްފާރާ އަކީ ކޮބައި ހެއްޔެވެ؟

ތިބާ ރޯދަ ހިފަން ކުޅަދާނަ ވެގެން ނުވާ ނަމަ، އަދި ރޯދަ ހިފުމުން ތިބާ އަށް ގެއްލުން ވާނޭ ކަމަށް އިތުބާރުހުރި ޑޮކްޓަރުން ވިދާޅުވާނަމަ، އަދި ބައްޔަށް ފަސޭހަ ނުވާނެ ނަމަ، ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުން ތިބާގެ މައްޗައް ވެއެވެ. ތިބާ ރޯދަ ހިފާކަށް ނުޖެހޭނެ އެވެ.