މުޅި އުމުރު ހަގަޑިން ބޭސްކާ މީހާ ރޯދަ ހިފަންޖެހޭތަ؟

އަޅުގަނޑު ދައްތަ އަކީ ބަލި މީހެކެވެ. ހަގަޑިން ހަނގަޑިން މުޅި ޢުމުރު ބޭސްކާން ޖެހެއެވެ. ނޫން ނަމަ އޭނާގެ ފުރާނައަށް ގެއްލުން ކުރިމަތި ވެއެވެ. ނުވަތަ އެޑްމިޓް ކުރަން ޖެއެވެ. ޑޮކްޓަރުން ވިދާޅުވަނީ ދައްތަ އަށް ރޯދަ ނުހިފޭނޭ ކަމުގަ އެވެ. މިހެން ކަމުން ދައްތަ ރޯދަ މަހުގައި ރޯދަ ނުހިފަ އެވެ. މިކަމުގައި ޢަމަލު ކުރަންވީ ގޮތަކީ ކޮބާ ހެއްޔެވެ؟ މުޅި ޙަޔާތުގައި ވެސް ދައްތަ ރޯދަ ނުހިފަންވީ ހެއްޔެވެ؟ މީގެ ސަބަބުން ދައްތަ ފާފަ ވެރިވާނޭ ހެއްޔެވެ؟

ބަލީގެ ސަބަބުން ރޯދަ ނުހިފޭނޭ ކަމަށް އިތުބާރު ހުރި ޑޮކްޓަރުން ވިދާޅުވެއްޖެނަމަ، ތިޔަ ބަލި މީހާގެ ޙުކުމަކީ ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިގެން ނުވާ ބަލި މީހާގެ ޙުކުމެވެ. އޭނާގެ މައްޗައް ރޯދަ ހިފުން ވާޖިބެއް ނޫނެވެ. އޭނާގެ މައްޗައް ވަނީ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާން ދިނުމެވެ. ބަލި މީހާ އެ ޙާލުގައިވާ ހާ ހިނދަކު ޙުކުމަކީ މިއީ އެވެ. އޭނާ އަކަށް ފާފައެއް ނެތެވެ. އެހެނީ އެއީ ޢުޒުރުވެރިއެކެވެ.