ފިތުރު ޒަކާތަށް 2.3 މިލިއަނަށްވުރެ ގިނަ ރުފިޔާ

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި މާލެއިން މިހާތަނަށް 2.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކައިފި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.

މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުން ވަނީ މާލެއިން ފިތުރު ޒަކާތް ދައްކާފަ އެވެ. ފިތުރު ޒަކާތުގެ ގޮތުގައި ދައްކަނީ އާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.

އިސްލާމިކް މިނިސްޓްރީގެ ޓްވީޓް

ފިތުރު ޒަކާތުގެ ގޮތު ބަލައިގަންނަ ބާވަތްތަަަތައް

  • އާދައިގެ ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ގޮދަން ފުށް
  • ތައިލެންޑް ހަނޑޫ
  • ރަތް ހަނޑޫ
  • އާޓާ ފުށް

ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. މާލޭގައި ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ އަރަބިއްޔާ ސްކޫލު ހޯލްގަ އެވެ.

ފިތުރު ޒަކާތް ދެއްކުމުގެ ގަޑިތައް

  • ހެނދުނު 9:30 އިން 12:00 އަށް
  • މެންދުރުފަހު 13:00 އިން 14:30 އަށް
  • ރޭގަނޑު 20:30 އިން 22:30 އަށް