ދިލްބަހާރު މަގަށް ފިހުނު މަހާއި ކުކުޅު!

ޝާވިން ގްރިލްހަޓްގެ ޒުވާން އޯނަރު

އިރެއްގައި މާލޭގެ ދިލްބަހާރު މަގަކީ ބިދޭސީންގެ މަގެއްގެ ގޮތުގައި މަޝްޙޫރުވިއަސް މިހާރު އެކަން ބަދަލު ކޮށްލައިފި އެވެ. މަޖީދީމަގުން މައްޗަންގޮޅީ ދިލްބަހާރު މަގަށް ވަންނަ އިރު މަގުގެ މެދެއްހާ ހިސާބުގައި ލޮނު މިރުސް ހަވާދުލައި އެއްވަރަކަށް ކޮށާފައި ހުންނަ މަސްފޮތިތަކެއް ދަނގަނޑު އުލަށް އަމުނާލާފައި ހުންނަ ތަން މިހާރު ފެނެ އެވެ. އެތާނގައި ކުކުޅާއި ސީފުޑްގެ ބާވަތްތަކާއި ބޮޑެތި ހަންޖާއި ރަތް މަހާއި ގިނި މަހާއި މާނިޔާމަސް ވެސް ފިހެލާފައި ހުރެއެވެ. އެ ދިމާއަށް ކޮންމެހެން ނުބެލިއަސް ދިލްބަހާރުމަގުގެ ބޮޑު ބަޔަކަށް ފަތުރާލާފައި އޮންނަ ފިހުނު މަހުގެ ވަހުން ވެސް މީހުންގެ ކުޅުދިިޔާވާނެ އެވެ.

ގްރިލް ހަޓުގެ މަސް ގަންނަން ބަޔަކު

މިކަމެއް ދިލްބަހާރު މަގަށް އައީ މިދިއަ ރޯދަ މަހުގެ ތެރޭގަ އެވެ. އެ މަގުގެ ގަރާޖެއްގައި ބޮޑެތި ގްރިލްތަކެއް ބަހައްޓައިގެން މަހާ ކުކުޅާ ފިހަނީ އެވެ. ފިހެވޭ ވަރަކަށް ގެނެ ހުސްކޮށްލަ އެވެ. އަބަދުވެސް މީހުން އެއްވެފައި އޮވެ އެވެ. ދިވެހިންނަށް އަބަދުވެސް އެންމެ މީރު ކަމަށް ބުނާ ފިހުނު މަސް، މި ގަރާޖާ ހަމައިން މަސައްކަތަކާއި ނުލައި ހޫނުކޮށް ގަނެގެން ގެއަށްދާންވީ އެވެ. "ގްރިލް ހަޓް" އިން މި ހިންގާ މަސްފިހުމުގެ އޮޕްރޭޝަނަކީ ކުޑަކުޑަކޮށް ފަށައިގަނަގެން އުޅޭ ކަމެއް ނޫނެވެ.

މަސް ފިހަމުން ކަސްޓަމަރުންނާއި ވާހަކަ ދައްކަމުން ދިލްބަހާރު މަގުގައި އެންމެ އަވަދިނެތި އުޅެނީ މަލްޓިމީޑިއާ އެންޑް ވެބް ޑިޒައިނިން ޑިގްރީއެއް އޮންނަ ޝާވިން އެވެ. އޭނާއަކީ ގްރިލް ހަޓްގެ ވެރިޔާ އެވެ. ބިދޭސީންގެ ހަބަކުން މިހާރު ބާބެކިއު ގްރިލެއްގެ ގޮތުގައި ދިލްބަހާރު މަގަށް އާ މަޝްހޫރުކަމެއް މި ހޯދައިދިނީ އޭނާ އެވެ. މާލޭގައި ކެފޭ ހިންގުމުމުގެ ވިޔަފާރިއަށް އޭނާ ވަނީ މީގެ ދެއަހަރު ކުރިން "ގްރިލް ހަޓް" ނަމުގައި ދިލްބަހާރުމަގުގައި ހިންގަން ފެށި ޓޭކްއަވޭއާ ހަމައިންނެވެ.

ޝާވިން ބުނާ ގޮތުގައި އޭނާގެ ހިތް އަބަދުވެސް އޮންނަނީ ކެފޭ ވިޔަފާރީގެ ތެރޭގަ އެވެ. އެހެންވެ ތަފާތު ކޮންސެޕްޓެއްގައި ގްރިލް ހަޓް ފެށީ ދިވެހިވަންތަ ރަހަތަކަށް ފުރަސަތު ދީގެން ޓޭކްއައުޓް މެނޫ އަކާއެކު އެވެ.

ޝާވީންގެ އަމިއްލަ ރެސިޕީތަކަކަށް ގްރިލް ހަޓުން ވިއްކާ "ބުލްބުލް" އާއި "އަލިފާން" "އަދި ޖަޒްބާތު" ކުކުޅަށް ބޮޑު ޑިމާންޑެއް އޮވެއެވެ. ކުކުޅަށް މި ނަންތަށް ދޭން ނިންމި ގޮތް ވެސް އޭނާ ބުނެ ދެ އެވެ.

"މިއީ އަމިއްލަ ރެސިޕީތަކަކަށް ހަދައިގެން އެކްސްޕެރިމެންޓްކޮށް ވަރަށް ބައިވަރު ފަހަރު ޓެސްޓްކޮށްގެން ހަދާފައިވާ ރެސިޕީތަކެއް. އެއަށް ދިވެހިވަންތަ ކިޔާލަން ފަސޭހަ މަޖާވާނެ ނަންތަކެއް ދިނުން ކޮންސެޕްޓަކަށްވީ. ޖަޒްބާތް އަކީ އެންމެ ކުޅިގަދަ، އެހެންވެ އެ ނަން ދިނީ، ދެން އަލިފާން، ބުލްބުލް އަކީ މައިލްޑް ފްލޭވާ އެއް"

މީގެ އިތުރުންވެސް ގްރިލް ހަޓްގެ މަޝްހޫރުވެފައި އޮތީ އަރަބި ފްލޭވާއެއް ކަމަށްވާ "އަލްފަހަމް" އާއި ބަޓާ ޗިކަން އާއި ތަންޑޫރިއަށެވެ. ނަމަވެސް ރޯދަމަހާއެކު އިތުރު ޑިމާންޑެއް އައިސްގެން "ގްރިލް ހަޓް" ގެ އަނެއް ފަޅީގައި މަސްފިހުން ފުޅާކޮށް ކުރިއަށް ގެންދިޔައީ އެވެ.

"ރޯދަމަހަކީ ކާބޯތަކެތީގެ ހާއްސަ މަހަކަށްވެފައި މި އޮންނަނީ. މާލޭގައި ޖާގައިގެ ގޮތުން ވަގުތުން މަހެއް މިގޮތަށް ފިހެލައިގެން ކާން ލިބުމަކީ ތަކުލީފު ބޮޑު ކަމަކަށް ވަނީ. ފިހުނު މަސް ރޯދަ ވީއްލުމަށް ވެސް ވަރަށް ކަމުދޭ ގިނަ މީހުން އެ ގަޑީގައި ވެސް އާދޭ ގަންނަން. ގްރިލްހަޓް ގައި އެކަނި ފޯރު ނުކޮށްދެވޭ ނެތީ ގޭގެ ގަރާޖުގައި މި ސެޓްއަޕް ހެދީ. ގްރިލްހަޓްގެ ހާއްސަ ފުނޑާފައި ހުންނަ ލޮނުމިރުހުގައު މަސް ފިހެގެން ވިއްކަނީ"

ފިހުނުމަސް ކެއުމަށް ވަކި އިރެއް ނޯންނަކަން ގްރިލްހަޓްގެ ރޯދަމަހަށް ހާއްސަކޮށް ފެށި މަސް ފިހުމުގެ އޮޕަރޭޝަނުން އެނގިއްޖެ އެވެ. ފިހެލީމާ އެންމެ ހިނގަނީ ރަތް މަހާއި، ކިރުޅިޔާ މަސްކަން ވެސް އެނގުނެވެ.

"މާލެ އަތޮޅުގެ ރަށްތަކުން ގެންނަ ތާޒާ މަސް ކޮންމެ ދުވަހަކު މި ވިއްކަނީ. ދެން މަހުގެ ތާޒާ ކަމާއި ވަކި ގޮތަކަށް ގެންގުޅޭތީ ރަހައަށް ބަދަލު ނައިސް މިހާބޮޑު ހިޓަކަށްވެގެން މި އުޅެނީ،" ޝާވިން ބުންޏެވެ.

ދިވެހި ވަންތަ އެހެން ހާއްސަ ރަހަތަކެއް ގްރިލް ހަޓްގެ މެނޫގައި ހިމަނާފައި ހުރެއެވެ. މިގޮތުން ކަށިކެޔޮ ކަންޖާއި މާޅޮސްކެޔޮ ކަންޖާއި ކަށިކެޔޮ ކޭކާއި ރާނބާ ކޭކާއި ސާގު ބޮނޑިބަތާއި ބަނބުކެޔޮ ބޮނޑިބަތް ހިމެނެ އެވެ.

"މި މަސައްކަތަކީ ބުރަ މަސައްކަތެއް ވަރަށް ވަގުތުދާ ކަމެއް. ނަމަވެސް މިކަމަށް އޮންނަ ޝައުގުވެރި ކަމެއްގެ ގޮތުން މި އުޅެނީ އަމިއްލަ އަށް ވަރަށް އިންވޯލްވެގެން. ބާޒަރު ކުރުމަކީ ވެސް އަޅުގަނޑު އަމިއްލައަށް ކުރާ ކަމެއް. އަބަދުވެސް ބަލަން އަޅުގަނޑު ނުވަތަ ކޮއްކޮ ބާޒަރުކޮށް އެއްޗެހި ހޯދުމުގައި އުޅެވޭތޯ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ގްރިލް ހަޓްގެ ކެއްކުމުގައި ބޭނުންކުރާ ބައެއް އިންގްރީޑިއެންޓްސްއަީ އިންޑިއާއިން ސޯސްކޮށްގެން ގެންނަ ތަކެއްޗެވެ.

"ރާއްޖޭގައި ކުދި ވިޔަފާރިތަކަށް އޮންނަ ވަރަށް ބޮޑު ގޮންޖެހުމެއް މިއީ މީޓް ފަދަ ތަކެތީގެ ސަޕްލައި އިޝޫއަކީ. ރިޒޯޓް ފަދަ ތަންތަނަށް ބޮޑެތި ވިޔަފާރިއަށް ސަޕްލައިކޮށްފަ ބާކީ އޮންނަ އެއްޗެއް ލިބެނީ. އަދި ކުދި ވިޔަފާރިއަށް ނޯވޭ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަންވެސް."

މުސްތަގުބަލުގައި ޝާވިންގެ ޕްލޭން އަކީ އޭނާގެ ވިޔަފާރި ފުޅާކުރުމެވެ. ދިލްބަހާރު މަގުން ފެށި މި ވިޔަފާރި މާލޭގެ ތޮށިގަނޑުން ބޭރުވެ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް ގްރިލް ހަޓް ގެންދިއުމެވެ.

32 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބަންގާޅީ މީހާ

އަހަރުން ބަންގާޅީ މީހާ ގެންނަނީ ކަލޭމެން ކަންނެއް ހުންނަނީ ދިވެހިމީހާ... ދެން މުސާރަ ނުދެނީ އެހެންވެ ސެންޓު ނުގަނެވެނީ ބަބުރުވަސް ހުންނަނީ ... ދެން ބަންގާޅީން ގައިގައި ކޭއްތެނީ މާލޭ ހުންނަ އައިލެންޑް މީހުން. މިވައްތަރު ހުންނަނީ ދިލްބަހާރު މަގު

ހަކުރާގެ ޒަންގީން

ރާއްޖޭގައި ބަންގާޅީން ގިނަވަނީ ދިވެހިންގެ ގޮތްކުޑަ ކަންނެތް ކަމުން، ދިލްބަހާރު މަގުގައި ބާންގާޅީން ގިނަވުމަކީ އެމަގުގައި ކުރާ ވިޔަފާރިއަކާއި ބެހޭ ކަމެއް ކަމަކަށް ނުދެކެން. ކޮންމެ މީހަކު ދުމޭ، ވަހޭ، ބަންގާޅީންނޭ، ފަޅޮލޭ ކިޔާއިރު މާލޭގެ މަގުތަކުގައި ދުންކޮޅެއްގައި ނުޖެހި ހިނގޭބާ؟؟

އިންސާފް

މިހާރުވެސް ތިބުނާ ސޮރެއް އެތާހުރޭ، އަދި އެއީ ގަރާޖެއްވެސް ނޫން އެސޮރުގެ ކާރެއްވެސް ނޯއްނާނެ އެތައްބަޔަކައް ލިބޭ ދެވޭ ހިދުމަތެއް އެންމެ ޖޭވާ މީހާވެސް ޕޮލިހައް ރިޕޯޓު ކޮއްފަ އައިސް ދުންގަނޑު ތެރޭ ކިއުގަ ހުއްނަނީ މަސްކޮޅެއް ލިބޭތޯ!

އައްޓަމަސް

އޭ ތީތި ސަޅިއޭ.

އަލާމާ

މަވެސް ބަވާލަން ބޭނުންވޭ އެކަމަކު ގަނެގެން ދަނީ. ކަން ކުރަނީ ރަގަޅަކަށް ނޫން. އެކަމަކު ރަހަ ރަގަޅު،،،، ދެން ހިދުމަތް ވަރަށް ސްލޯ. އަގު ބޮޑު އެހެންތަނަކާ އަޅުވާ ކިޔާނަމަ. އެކަމަކުވެސް ރަހަ ރަގަޅުވީމަ ގަންނާނެތާ. މިތާ ކޮމެންޓްކުރޢ އެންމެންވެސް ގަނެފަ އެތިބީ. ނޫނީ އެމަގުން ދުން ގަނޑުގަ ދުއްވާލައިފައި އެތިބީ.

ސަންތި މަރީ

ވަރަށް އަގުވެސް ބޮޑު ތިތަނުގެ މަސް. ޢަނެއްކާ ހިނގާބިނގާވާ މީހުންނަށް ބޮޑު އުނދަގުލެއް

މަޖުނޫން

Grill hut vareh hama neh.. rodhamas dhiyas thithanun mas libeynekamah unmeedhu kuran ..

އިޑިޔަޓް

ގަރާޖެއް؟ ހަހަަހަ... ވެހިކަލް މަގުމަތީ ބާވާވަ ތިކަމާދޫ މި އުޅެނީ... ހަޔާކެނޑި

ހަހަސޯ

ތެދު ފުޅެއް އޭނަގެ ކާރު އެއޮންނަނީ މަގުގަ ބާއްވައިފަ. ޤަރާޖު ދޮރުމަތީ ދުން އަރުވާ މަސް ފިހުން

ޙަސަންދަރި

ދިވެހިންގެ ވައްތަރު .. ބަޔަކު ރަނގަޅު ކަމެއް ކުރާނަމަ ޙަސަދަ ވެރި ވުން..

ހަސަދަ

އެހެންމީހުންނަށް އުނދަގުވާގޮތަށް ކަންކަންކުރުމީ ރަނގަޅު ކަމެއްތޯ، އެހެންވިއްޔާ އެމީހަކު ބޭޏުން ކަމެއްކުރަންވީ ރަނގަޅު ކަމެކޭ ކިޔާފަ،

ނުވާ

ހުއްދައެއް ނެގުމެއް ނެތި، މުޅި މަގަށް ދުން ޖަހަމުން ކުރި ކަމެއް ތިޔަ ޕްރޮމޯޓުކުރަނީ.. ގްރިލް ހަޓަކީ އެހެން އިމާރާތެއްގައި ހުރި އެހެން ވިޔަފާރިއެއް.. ގްރިލް ހަޓުގެ ވެރިމީހާ ކުރި ވަރަށް ވިޔާ ނުދާ ކަމެއް ތީ..