އަލިފާން ރޯވި ސަރަހައްދު ސާފު ކުރުން

23 ސެޕްޓެމްބަރު 2019 މާލެ. -- ހެންވޭރުގެ ބޮޑު ސަރަހައްދެއްގައި އަލިފާން ރޯވެ މީހުން ދިރިއުޅެމުން އައި ބައެއް ގޭގެ އާއި ތަންތަން އަނދައިގެން ގޮސްފައިވާއިރު އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ގުޅިގެން ތަހުގީގުގެ ބައެއް މަސައްކަތްތައް ވެސް ކުރަމުން ދެ އެވެ. އަދި މިއަދު ވަނީ އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. -- ފޮޓޯތައް: އަވަސް
ހުކުރު ދުވަހުގެ އަލިފާނުގެ ހާދިސާގައި އަނދާފައިވާ ގުދަނެއް - އެ ގުދަންތަކުގެ ތެރެއަށް ތަހުގީގަށް ފުލުހުން ވައްދަނީ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު، އެކަމާއި ގުޅިގެން ތަހުގީގު ފެށިފައިވަނީ ހާދިސާ ހިނގިތާ އެއްދުވަސް ފަހުން -- އަވަސް ފޮޓޯ: އަހުމަދު މުހައްމަދު
އަލިފާނުގެ ހާދިސާގައި އަނދާ ހުލިވެފައިވާ ލިލީ ކުންފުނީގެ ދެ ގުދަން ހުރި ސަރަހައްދު ސާފު ކުރަނީ -- އެ ހާދިސާގައި އެ ކުންފުންޏަށް 25 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާނެ ކަމަށް އަންދާޒާކުރޭ -- އަވަސް ފޮޓޯ: އަހުމަދު މުހައްމަދު
ކެމިކަލް ގުދަންތަކެއްގައި ރޯވި ހާދިސާގައި އަނދާފައިވާ ގުދަނެއް އެއްކޮށް ނަގާ އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، އެމްއެންޑީއެފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ - އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުގައި އިތުރަށް އަލިފާން ރޯވެދާނެ ކަމަށް އެ ސަރަހައްދުގައި ސްޓޭޝަން ވެފައި -- އަވަސް ފޮޓޯ: އަހުމަދު މުހައްމަދު
އަލިފާނުގެ ހާދިސާގައި ހަލާކުވެފައިވާ ގުދަނެއް ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ -- އެހާދިސާގައި ޖުމްލަ ހަތަރު ގުދަނެއް ވަނީ އަނދާހުލިވެފައި -- އަވަސް ފޮޓޯ: އަހުމަދު މުހައްމަދު
ކަޅުހުރާ ގޭގައި ހުރި ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ގުދަނެއް އަނދާފައިވާއިރު، އެ ގަދަނުގެ ތެރޭގައި އަލިފާނުން ގެއްލުން ނުވެ ހުރި އިމާރާތްކުރުމަށް ބޭނުންކުރާ ދަނގަޑު ހޮޅިތަކެއް ހުރުމުން އެތަކެތި ބޭރު ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ -- ގުދަންތަކާއި އިމާރާތްތަށް ތަޅާލުމުގެ ކުރިން ބޭނުން ކުރެވޭ އެއްވެސް އެއްޗެއް އޮތްތޯ ދަނީ ބަލާ ފާސްކުރަމުން -- އަަވަސް ފޮޓޯ: އަހުމަދު މުހައްމަދު