މުޅި ދުނިޔެ ފަޅަށް

17 މާޗް 2020 -- މިހާރު ދުނިޔޭގައި ވަރަށް ހަލުވި މިނުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް ހުއްޓުވުމަށް އެމެރިކާގެ އިތުރުން، ޔޫރަޕުގެ ގިނަ ގައުމުތަކަކާއި މެދުއިރުމަތީގައިވެސް އަސާސީ ހިދުމަތްތައްދޭ ތަންތަން ފިޔަވައި އެހެން ހުރިހާ ތަންތަނެއް ވަނީ ބަންދުކޮށްފަ އެވެ. އަދި މީހުންނަށް އެތެރެ ނުވެވޭ ގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބޯޑަރުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އިޓަލީ ފަދަ ބައެއް ގައުމުތަކުން މުޅި ގައުމު ލޮކްޑައުންކޮށް، ރައްޔިތުން ގޭގައި ކަރަންޓީނުކުރަމުންދާއިރު، އާބާދީ ބޮޑު ގިނަ ސިޓީތައް މިހާރު ވަނީ ފަޅުވެފަ އެވެ.
ކުރިން މީހުން ގިނަ ވެޓިކަންގެ ސެއިންޓް ޕީޓާސް ސްކޮޔާވެސް ފަޅަށް. -- ފޮޓޯ: އީޕީއޭ
އެމެރިކާގެ ނިއު ޔޯކް ސިޓީގައި ރެސްޓީރަންޓްތަކާއި، ކެފޭތަކާއި ސްކޫލުތައްވެސް ވަނީ ބަންދުކޮށްފައި. -- ފޮޓޯ: ރޮއިޓާސް
ސްޕެއިންގެ މެޑްރިޑް ކައިރީގައި އޮންނަ ކުޑަ އަވަށެއްގެ މަގެއް ފުލުހުން ޕެޓްރޯލް ކުރަނީ. ކާބޯތަކެއްޗާއި ބޭސް ގަތުމަށް މެނުވީ، ގެއިން ބޭރަށް ނުނިކުތުމަށް ސްޕެއިންގެ ރައްޔިތުންނަށް ވަނީ އަންގާފައި. -- ފޮޓޯ: އީޕީއޭ
ވިއޭނާގެ ޕަބްލިކް ސްކޮޔާއެއްގައި ދެ މީހަކު އިށީނދެލައިގެން. ފަސް މީހުނަށް ވުރެ ގިނައިން އެ ތަނަކަށް މީހުން ޖަމާނުވުމަށް އޮސްޓްރިއާގެ ސަރުކާރުން ވަނީ އަންގާފައި. -- ފޮޓޯ: އޭއެފްޕީ
އެއްތަނަކަށް މީހުން ޖަމާނުވުމަށް ސަރުކާރުން އެންގުމާއެކު، އިންޑިއާގެ ބޮޑު ޝޮޕިން މޯލެއް ފަޅުވެފައި. -- ފޮޓޯ: ރޮއިޓާސް
ލެބަނާނުގައިވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއެކު ގިނަ ބަޔަކު ގެއިން ބޭރަށް ނުކުތުން ވަނީ ހުއްޓާލާފައި. -- ފޮޓޯ: ރޮއިޓާސް
އާންމުކޮށް ފުރި ބާރުވެފައި އޮންނަ ލަންޑަންގެ ނެޝަނަލް ގެލެރީގެ ބޭރު. އެފަދަ ތަންތަނަށް ޒިޔާރަތް ކުރުންވެސް މީހުން ވަނީ ހުއްޓާލާފައި. -- ފޮޓޯ: ޕީއޭ މީޑިއާ
ތައިލެންޑުގެ ޓޫރިސްޓު ބޯޓެއްގައި ދެ މީހަކު ޓުއާއެއް ނަގަނީ. ބެންކޮކަށް ޒިޔާރާތްކުރާ މީހުން އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައި. -- ފޮޓޯ: އޭއެފްޕީ
ސަޕޯޓަރުން ނެތި އާޖެންޓީނާގެ ލީގު މެޗެއް ކުޅެނީ. -- ފޮޓޯ: އޭޕީ