މާލެ، 5 އޭޕްރީލް 2020 -- އެސްޓިއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އުފެއްދި ޝިޕިން ލައިނާ، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު ވަނީ މާލޭ ބަދަރުކޮށްފައި. ފޮޓޯ: އަހުމްދު އަޝްހާދު އަބްދުﷲ (ޖެރީ) \ އަވަސް
މާލެ، 6 އޭޕްރީލް 2020 -- ނީލަން ފިހާރަތައް ހިންގަމުން ދިޔަ މާލޭގެ ފަޅުމަތީމަގު ސާފުކޮށް އެ މަގުގެ ޓްރެފިކަށް މާލެ ސިޓީ ކައުންސިލުން ބަދަލުތަކެއްވަނީ ގެނެސްފައި. ފޮޓޯ: އަހުމްދު އަޝްހާދު އަބްދުﷲ (ޖެރީ) \ އަވަސް
މާލެ، 7 އޭޕްރީލް 2020 -- އެންޒީ ގެ ކޮންމެ މަސްދަޅަކުން ތިން ރުފިޔާ އަގުހެޔޮކުރަން ވަނީ ނިންމައިފައި. ފޮޓޯ: އެންޒީ
ވިލިވަރު، 8 އޭޕްރީލް 2020 -- ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ވިލިވަރު ރިސޯޓްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ. މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވޭ. ފޮޓޯ: އެމްއެންޑީއެފް
މާލެ، 9 އޭޕްރީލް 2020 -- މާލޭ ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ތިން ގަޑިއިރަށް މީގެ އެއް ހަފްތާ ކުރިން އިއުލާނުކޮށްފައިވާ ކާފިއު، 9 އޭޕްރީލް އިން ފެށިގެން އުވާލާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި. ފޮޓޯ: އަހުމްދު އަޝްހާދު އަބްދުﷲ (ޖެރީ) \ އަވަސް
މާލެ، 10 އޭޕްރީލް 2020 -- ކޮވިޑް-19 އާއި ގުޅިގެން މާލޭ ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ތިން ގަޑިއިރަށް ކާފިއު އިއުލާނު ކޮށްފައިވާ އޮތުމަށްފަހު މިދިއަ ބުރާސްފަތި ދުވަހު ކާފިއު އުވާލާލި އެވެ. މާލެ ސަރަހައްދުގެ ހެލްތު ކާފިއު ބާތިލު ކުރުމާއެކު ކުރިން ކާފިއު އޮތް އެ ގަޑިތަކުގައި ފެނިގެން ގޮސްފައި ވަނީ ވަރަށް ހަލަބޮލިކޮށެވެ. -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
ގދ ވާދޫ، 11 އޭޕްރީލް 2020 -- ގދ. ފަރެސްމާތޮޑާ އިން ފުރައިގެން ގއ. ނިލަންދޫއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ފަރަށްއަރައިފި. އެމްއެންޑީއެފުން ބުނީ ފަސް މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯނި ގދ. ވާދޫ ކައިރީގައި އޮތް ތިލަ ފަރަކަށް އެރީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް. ފޮޓޯ: އެމްއެންޑީއެފް