Sign in
Iulaan
English
23rd December 2024
English
ހަބަރު
ރިޕޯޓް
ލައިފްސްޓައިލް
ދުނިޔެ
ކުޅިވަރު
ވާހަކަ
ފިނިޕޭޖް
ވިޔަފާރި
ފޮޓޯ
ވީޑިއޯ
އަވަސް ހުކުރު
ލައިފްސްޓައިލް
ދުނިޔެ
ކުޅިވަރު
ވާހަކަ
ފިނިޕޭޖް
ވިޔަފާރި
ފޮޓޯ
ވީޑިއޯ
ދިގު ބަންދުން ހުޅުވަން ކުރި ދަތުރު ފޮޓޯއިން
ކޮވިޑް-19 ގެ ބަލި ފެތުރިދާނެ ހާލަތަށް ބަލައި ތައްޔާރު ވުމުގެ ގޮތުން ލޮކްޑައުން ކުރި އެވެ. މި ލޮކްޑައުން ކޮށްފައިވަނީ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށެވެ. -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
ކޮވިޑުގެ ބަލިން ރައްކާތެރިވުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި އަތް ދޮވެވޭނެ ގޮތަށް ފެން އިސްކުރު ބެހެއްޓި އެވެ. --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް
ކޮވިޑުގެ ބަލިން ރައްކާތެރިވުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި އަތް ދޮވެވޭނެ ގޮތަށް ފެން އިސްކުރު ބެހެއްޓި އެވެ. --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް
މާލެ ލޮކްޑައުން ކޮށްފާނެ ކަމަށް ބަލައި ގިނަ ބަޔަކު ރަށްރަށް ދަތުރުކުރި އެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ރަށްރަށަށް ދިޔަ މީހުން ގެއިން ނުނިކުމެ ތިބެން އިލްތިމާސް ކޮށްފަ އެވެ. --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސިޓީ ކައުންސިލުން އިސް ނަގައިގެން މާލޭގެ ބޮޑެތި މަގުތައް ޑިސް އިންފެކްޓް ކުރި އެވެ. މި މަސައްކަތް ކޮށްފައިވަނީ ސިފައިންގެ ބައިވެރިވުމާއެކުގަ އެވެ. --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް

އެސްޓީއޯއިން އޮންލައިންކޮށް މުދާ ގަނެ ޑެލިވަރީ ކުރަން ފެށުމާއެކު، މުޅި ސިސްޓަމް ކްރޭޝް ވުމުން ސިފައިން އެހީތެރިވެދޭން ޖެހުނެވެ. ސިފައިން ވަނީ ގޭގެއިން އޯޑަރު ދިން ގިނަ އަދަދެއްގެ މުދާ ގެއާ ހަމައަށް ގެންގޮސް ދީފަ އެވެ. --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް
ލޮކްޑައުންގެ ލުއިދީ ވަކި އުސޫލެއްގެ ދަށުން ވިޔަފާރި ކުރަން ފުރުސަތު ދިނެވެ. ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ދޫކުރި މި ހުއްދައިގެ ދަށުން ވިޔަފާރި ކުރަން ގޮސް ތިބެން ޖެހެނީ ތިން ފޫޓު ދުރުމިނުގަ އެވެ. --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް
ރާއްޖެ އާއި ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް ކޮވިޑް-19 ގެ ސަބަބުން ބަންދު ކުރަން ޖެހުނެވެ. ބޯޑަރުތައް ބަންދު ކުރިނަމަވެސް އަވަށްޓެރި ގައުމުތަކަށް ކެއާ ޕެކޭޖު ފޮނުވަން ފުރުސަތު ދިނެވެ. --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް
ލޮކްޑައުން ކުރިނަމަވެސް ވެމްކޯގެ މުވައްޒަފުންގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. އެ ކުންފުނިން ވަނީ ލޮކްޑައުންގެ ހާލަތުގައިވެސް މުހިންމު ދައުރެއް އަދާކޮށްފަ އެވެ- --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް
ކޮވިޑް-19ގެ ބަލި މީހުން ކަރަންޓީން ކުރަން ގިނަ އަދަދެއްގެ ރިސޯޓުތައް ހާސް ކުރި އެވެ. ބަލި މީހުން އުފުލުމުގެ އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވީ ދިވެހި ސިފައިންނެވެ. --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް

ކޮވިޑް-19ގެ ބަލި މީހުން ކަރަންޓީން ކުރަން ވައިގެ މަގުން ބަލި މީހުން އުފުލުގެ ހިދުމަތް ދިނީ ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ. އެ ކުންފުނިން ވަނީ ސީޕްލޭން އާއި ޑޭޝް އަށެއްގެ ބޯޓު މި އޮޕަރޭޝަންގައި ބޭނުންކޮށްފަ އެވެ. --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް
ހާއްސަ ރައްކާތެރިިކަމާއެކު މަޖިލީހުންގެ ޖަލްސާތައް ފަށަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި އެވެ. މި ނިންމުން އައިސްފައިވަނީ އެޗްޕީއޭއިން ހުއްދަ ދިނުމުގެ ކުރީގަ އެވެ. --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
ބޮޑު ލޮކްޑައުންއާއެކު އުމުރުން ދުވަސްވީ މީހުންނަށް ބޭރަށް ނުކުންނަން ފަތިހު 5:00 އިން ހެނދުނު 8:00 އަށް ހާއްސަ ކުރި އެވެ. މި ގަޑީގައި ގިނަ ބަޔަކު ކަސްރަތު ކޮށްލަން ބޭރަށް ނުކުތެވެ. --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް
ބޮޑު ބަންދަކަށްފަހު ސްކޫލްތަކުގައި ކިޔެވުން ފެށިނަމަވެސް ސްކޫލަށް ދާން ހުއްދަ ދީފައިވަނީ ގްރޭޑް 9 އަކުން މަތީގެ ގްރޭޑްތަކުގެ ދަރިވަރުންށެވެ. ސްކޫލްތަކަށް ކުދިން ވައްދަނީ ހުއްބަލައި ޗެކް ކުރުމަށްފަހު އެވެ. --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް
ބޮޑު ބަންދަކަށްފަހު ހޮޓާ/ ކެފޭ އަދި ރެސްޓޯރެންޓުތައް ހުޅުވަން ހުއްދަ ދީފައިވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ. މި ހުއްދަ ދީފައިވަނީ ސޯޝަލް ޑިސްޓެންސިން ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސަން ލާޒިމްކޮށްފަ އެވެ. --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް
ލުއިތަކާއެކު ކުޑަކުދިންތައް ހަވީރުގެ ވަގުތުތަކުގައި ބޭރަށް ނުކުތުމުގެ ހުއްދަ ދިނުމުން ކުދިންތަކެއް ބެލެނިވެރިންނާއެކު ބޭރުގައި، މިކަންވީ އެ ކުދިންނަށް ލިބުނު ބޮޑު އުފަކަށެވެ. --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް

ވެރިރަށް މާލެ ލޮކްޑައުން ކުރުމުގެ އަޑުތައް ފެތުރުމާއެކު ގިނަ ބަޔަކު އެއް ފަހަރާ ނުކުމެ ގިނަ އަދަދެއްގެ މުދާ ގަނެ ރައްކާ ކުރި އެވެ. އެންމެ ގިނަ ބަޔަކު ގަތް އެއް ބާވަތަކީ މަސް ފަޅެވެ. --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް
ކޮވިޑް ބަލިމަޑުކަން ފެތުރެން ފެށުމާއެކު ރަަށްރަށުން ވެސް މުދާ މަދުވުމުގެ ހާލަތެއް ކުރިމަތިވި އެވެ.މި ދުވަސްވަރު މުދާ އުފުލާ އޮޑި ފަހަރަށް ބާރު ބޮޑު ވެގެން ދިޔަ އެވެ- --އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް