2020 އަށް އަވަސް ކަޅިއެއް

އެންމެން އުންމީދު ކުރި 2020 ވަނަ އަހަރު ނިމިގެން މި ދިޔައީ އެއްވެސް ބަޔަކު ހީކޮށްގެން ތިބި ގޮތަކަށް ނޫނެވެ. އަޅުގަނޑުމެން ދުރާލާ ކުރަން ނިންމާފަހުރި އެތައް ކަމެއް މަޑުޖަައްސާލަން ޖެހުނު އަހަރެކެވެ. އެތައް ބައެއްގެ ވިޔަފާރި ބަނގުރޫޓް ވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި އަދި މަގުމަތިވި އަހަރެކެވެ. މުޅި ދުނިޔޭގެ އިގްތިސޯދު ފުޑާލި މި ހިތްދަތި އަހަރު ނިންމާލާން ޖެހުނީ ކޮވިޑް-19 އިން އަރައި ނުގަނެވިގެން އުޅެނިކޮށެވެ. ތިރީގައި މިވާ ފޮޓޯތަކަކީ މި އަހަރު މާލޭ ސަރަހައްދުން އަޅުގަނޑުގެ ލެންސަށް ފާހަގަ ކޮށްލެވުނު ބައެއް ފޮޓޯތަކެވެ.
މާލެއިން ފުރަތަމަ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ފޯރިމަރަން ފެށިއެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މާލޭގެ ހުރިހާ މަގުތަކެއް ޑިސްއިންފެކްތް ކުރުމުގެ މަސައްކަތް ފެށިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުން އަށް ގެންނަން އުޅޭ އަޑުތައް ފެތުރެން ފެށުމުން ގިނަ ބަޔަކު ކާބޯތަކެތި ގަނެ ސްޓޮކްކުރިއެވެ. މިގޮތުން އެންމެ ގިނަ ބަޔަކު ދިޔައީ އެސްޓީއޯ ސުޕަ މާރޓްއަށެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުން އަށް ގެންނަން އުޅޭ އަޑުތައް ފެތުރެން ފެށުމުން ގިނަ ބަޔަކު މިފްކޯއިން މަސް ކޭސްތައް ގަނެ ސްޓޮކް ކުރިއެވެ.
މާލެ ފުރަބަންދު ކުރުމާއި ގުޅިގެން ގިނަ މަގުތަކެއް ފަޅުވެ ކޮންމެސް ވަރަކަށް ކުނިގިނަވިއެވެ. ނަމަވެސް ފަހުން ވެމްކޯގެ ޓީމް މަގުތަކަށް ނިކުމެ ސާފު ކުރަން ފެށިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެގެ ހުރިހާ ކެފޭ ރެސްޓޯރެންޓްތައް އާންމުންނަށް ބަންދު ކުރިއެވެ.
މާލެގެ ހުރިހާ ކެފޭ ރެސްޓޯރެންޓްތައް އާންމުންނަށް ބަންދު ކުރުމަށްފަހު، ޑެލިވަރީގެ ހިދުމަތް ގިނަ ތަންތަނުން ފެށިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައިން ކުރުމުން ސިފައިން ޑެލިވަރީގެ ހިދުމަތް ފެށި. މިކަމުގަ އާންމުގެ ތެރެއިންވެސް ބަޔަކު ވޮލެންޓިއާރކޮށް ބައިވެރިވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެގެ އެކި ތަންތަނުގައި ރައްކާތެރިވެ ތިބުމަށް އަންގައިދޭ ޕޯސްޓަރުތައް ހަރުކުރި.
ކޮވިޑް-19 އާއި ގުޅިގެން ޕޮޒިޓްވާ މީހުން ފެސިލިޓީތަކަށް އުފުލުމުގައި މޯލްޑިވަންގެ ސީޕްލޭންތައް ބޭނުން ކުރަން ފެށިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ބޯޑަރުތައް ބަންދުކުރުމުން، މޯލްޑިވިއަން އިން ލަންކާއަށް ހާއްސަ ކާގޯ ފްލައިޓް އެއް ބޭއްވިއެވެ. ގިނަ އަދަދެއްގެ ދިވެހިން ލަންކާގައި ދިރިއުޅުމާއި ގުޅިގެން އާއިލާތަކުން ޒަރޫރީ ބޭނުންތަކަށް އެއްޝެހި ފޮނުވިއެވެ.
ހާލަތު އިތުރަށް ގޯސްވާތީ، ބޭރައް ނިކުމެހަދާ ހުރިވާ ވަގުތެއްގައި މާސްކް އެޅުން މަޖުބޫރުކުރިއެވެ.
މާލޭ ސަރަހައްދު ލޮކްޑައުން ކުރުމުން ގިނަ މީހުން ވަގުތު ހޭދަކުރީ އާއިލާ އާއި އެކު ގޭގައެވެ. ބެލްކަނީ ތަކުގެ ނަސީބު ލިބުނު ގިނަ މީހުން ބެލްކަނީ ތަކުން ދުރަށް ނުދެއެވެ.
ލޮކްޑައުން އަށް ދިން ލުއިތަކުގެ ތެރެއިން މާލޭ ސަރަހައްދު ގައި އެއްގަމު އުޅަދު ވަކި ގަޑިތަކެއްގައި ދުއްވުން މަނާކުރިއެވެ.
ލޮކްޑައުން އަށް ދިން ލުއިތަކުގެ ތެރެއިން ކުޑަކުދިންނަށް ހަވީރު ގަޑި ހާއްސަކުރިއެވެ. އަދި ބެލެނިވެރިންނާއި އެކު ގިނަ ކުޑަކުދިންތަކެއް ހަވީރު ގަޑި މަގުތަކަށް ނިކުމެ އުޅުނެވެ.
ލޮކްޑައުން އަށް ދިން ލުއިތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުން ފަތިސް ގަޑި ހާއްސަކުރިއެވެ. މިގަޑި ތަކުގައި ގިނަ މީހުން ނިކުމެ އުޅުނީ ކަސްރަތު ކުރަންށެވެ.
ސުކޫލްތައް ބަންދު ކުރުމަށް ފަހު އެކި ދަންފަޅިތަކަށް ބަހާލައިގެން ގައިދުރުކޮށް ކިޔެވުން ފެށިއެވެ.
ބޭންކްތައް ބަންދު ކުރުމަށް ފަހު އަލުން ހިދުމަތް ދޭން ހުޅުވާލުމާއި އެކު، ގިނަ ބަޔަކު ކިއު ހެދިއެވެ.
ކެފޭ ޓިއޯލޯ ގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި ކެފޭ ބޭނުން ނުކުރެވޭ ވަރަށް އަދާހުލިވި. މިހާދިސާ ގައި ޖެހިގެން ހުރި އެސްބީއައި ހިންގަމުންދާ އިމާރާތައްވެސް ބޮޑެތި ގެއްލުން ތަކެއްވިއެވެ.
އަހަރު ފަހުކޮޅު ހުޅުމާލެ އަށް ރެދަން ލައިގެން ގިނަބަޔަކު ރެދަން ބަލަން ފޭސް 2 އަށް ދިޔައެވެ. މިއީ މަދުން ނޫނީ ތަޖުރިބާ ކޮށްލަން ލިބޭ ފުރުސަތެއްނޫނެވެ.