އަނެއްކާ ވެސް ޗެލްސީ ބަލިވުން

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ސްޓޯކް ސިޓީ އަތުން 1-0އިން ޗެލްސީ ބަލިވުމުން އެ ޓީމު ވަނީ ތާވަލުގެ 16 ވަނަ އަށް ވެއްޓިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން ހަތް މެޗުން ބަލިވުމުން ކޯޗު ހޮސޭ މޮރީނިއޯ އަށް ވެސް ވަނީ މަގާމުގެ ބިރުވެރިކަން ވަރަށް ބޮޑުވެފަ އެވެ. ނަމަވެސް ކުޅުންތެރިން ބުނަނީ އެމީހުން ތިބީ ރޭގެ މެޗަށް ދަނޑަށް ވެސް ނުވަދެވޭ ގޮތަށް ސަސްޕެންޑްކޮށްފައި ހުރި ކޯޗުގެ ފަހަތުގައި ކަމަށާއި މޮރީނިއޯ އަކީ އެންމެ ބަރާބަރު ކޯޗު ކަމަށެވެ. ރޭގެ މެޗަށް އޭނާ ސަސްޕެންޑްކޮށްފައ ހުރުމުން ސަޕޯޓަރުން ތިބީ އޭނާގެ މޫނުކުރަހާފައިވާ މާސްކް އަޅައިގެންނެވެ.