ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެެއްކާވެސް އިތުރު ކޮށްފި އެވެ.

މިފަހަރު މުއްދަތު އިތުރުކޮށްފައިވަނީ ޖުލައި މަހުގެ ތިންވަަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުއްދަތު އިތުރުކުރި 15 ވަނަ ފަހަރެވެ.

މިނިސްޓަރު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ ގަރާރުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުގެ ނުރައްކާ އޮތް ހިނދު އަދި ރާއްޖޭގައިވެސް ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމާއެކު މާޗް 12، 2020 ގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަަމަށާ އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރިިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރޭ ކަމަށް ލަފާ ދެއްވާފައިވާތީ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

މި ގަރާރުގައި މިނިސްޓަރު ނަސީމް ވަނީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައެވެ.

ސިއްހީ ކުްލި ނުރައްކަލުގެ މުއްދަތު އިތުރު މަސް ދުވަހަށް ދަންމާލާފައިވާއިރު ކޮވިޑްގައި ދިވެހިން މިހާރު ހޭދަކުރަމުން ދަނީ އެންމެ ނުރައްކާތެރި ދުވަސްތަކެވެ. މިދިޔަ މެއި މަހުގެ ތެރޭގައި 34،561 މީހަކަށް ބަލި ޖެހުނެވެ. މިއީ އޭގެ ކުރީ 13 މަހު ޕޮޒިޓިވްވި މީހުންގެ އަދަދަށްވުރެ އިތުރު އަދަދެކެވެ. މެއި މަހު އެކަނިވެސް 88 މީހަކު ކޮވިޑްގައި މަރުވިއެވެ. މި މަހުގެ މިހާތަނަށްވެސް 13 މީހަކު މަރުވެފައިވެއެވެ.