މީރާގެ ކާމިޔާބު ހަތް އަހަރު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހަތް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ދެހާސް ދިހަ ވަނަ އަހަރު މީރާ އުފައްދާފައިވަނީ ދައުލަތަށް ލިބޭ އާމްދަނީ ބަލައި ގަނެ، އާމްދަނީ މެނޭޖު ކުރުމެވެ. މީރާ އުފެދުނުއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެމުން އައީ ހަތަރު ބިލިއަނެއްހާ ރުފިޔާ، ނަމަވެސް މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 14.6 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވެ އެވެ.

މީރާގައި މަސައްކަތް ކުރަނީ ހުސް ދިވެހި މުވައްޒަފުންނެވެ. މި މުވައްޒަފުންގެ ތެރޭގައި އެކި ދާއިރާތަކުން މަތީ ތައުލީމް ހާސިލްކޮށްގެން ތިބި ފަންނީ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މި މުވައްޒަފުންގެ މަސައްކަތުން މީރާއަށް ވަނީ ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. މިގޮތުން ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ރައްޔިތުން އިތުބާރުކުރާ މުވައްސަސާއެއްގެ ގޮތުގައި މީރާ ބަލައިގެންފައިވުމެވެ. އަދި މީގެ އިތުރުން އަނެއް ކާމިޔާބީއަކީ ޓެކްނޮލޮޖީއަށް ފަހި އޮފީހެއްގެ ގޮތުގައި މީރާ ބައްޓަން ކުރެވިފައިވުމެވެ. މިދިޔަ އަހަރު މީރާގެ އަމާޒަކަށް ހަދާފައިވަނީ ހިދުމަތް ހޯދާ މީހުންނަށް ޓެކްނޮލޮޖީގެ ފަސޭހަތައް ގެނެސް ދިނުމެވެ. މިގޮތުން މީރާއިން ވަނީ އޮންލައިންކޮށް ޓެކްސް ދެއްކުމަށް "މީރާ ކަނެކްޓް" ގެ ނަމުގައި ހާއްސަ ސޮފްޓް ވެއާއެއް ފަރުމާކޮށްފަ އެވެ. މީގެ އިތުރުން "މީރާ މޮބައިލް އެޕްލިކޭޝަން" ތައާރަފު ކުރުމަކީ ވެސް ލިބިގެން ދިޔަ އިތުރު ފަސޭހައެ އެކެވެ.
މީރާއިން ދަނީ ކޮންމެ އަހަރަކުވެސް އެންމެ ގިނައިން ޓެކުސް ދައްކާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހާއްސަ އެވޯޑެއް ދެމުންނެވެ. "ރަންލާރި އެވޯޑު" ގެ ނަމުގައި މި އެވޯޑު މި އަހަރު ވެސް 17 ފަރާތަކަށް ދީފައިވެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި ރާއްޖޭގައި އޮޕަރޭޓް ކުރަމުން ގެންދާ ދުނިޔޭގެ މަޝްހޫރު ރިސޯޓު ބްރޭންޑުތައް ހިމެނެ އެވެ.-- ފޮޓޯ: ރައީސް އޮފީސް