ރ. މީދޫ ރޮއްވައިފި

ރ. އަތޮޅު ފެރީ ލޯންޗުގެ ޒުވާން ކެޕްޓަން، އުމުރުން 25 އަހަރުގެ މުހައްމަދު އަނަސް އަނިޔާވެރި ގޮތަކަށް މަރާލާފައިވާތީ އެ ރަށުގައި މިއަދު ރައްޔިތުން މިއަދު ހިތާމަފާޅުކޮށްފި އެވެ. މީދޫގެ ރައްޔިތުން ކަޅު ހެދުމުގައި އިންސާފުގެ ހިނގާލުމުގެ ނަމުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އަނަސްގެ ގާތިލުން ހޯދައި އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ގޮވާލާފައިވެ އެވެ. ހިނގާލުން ނިންމާލާފައިވަނީ އަނަސްއަށްޓަކައި ކުރި ދުއާއަކުންނެވެ. - ފޮޓޯ: ނާޝިތު ފޮޓޯސް

އެ ދުއާގައި އެ ރަށުގެ ގިނަ ކުދި ބޮޑު އަންހެން އަދި ފިރިހެން ރައްޔިތުން ބައިވެރިވެފައިވެ އެވެ. އަަސަރުގަދަ އެ ދުއާގައި ބައިވެރިވި އެންމެން ވަނީ ކުރި އަސަރެއްގެ ބޮޑުކަމުން ވަރަށް ބޮޑަށް ހިތާމަކޮށް ރޮއެފަ އެވެ. - ފޮޓޯ: ނާޝިތު ފޮޓޯސް
މި ހިނގާލުމުގައި މިފަދަ ރަހުމުކުޑަ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެ އެވެ. އަދި މިއަދު ސަލާމަތް އޮތީ ކާކަށްތޯ، މާދަމާ މިފަދަ އަމަލެއްގެ ޝިކާރައަށް ކޮންމެ މީހަކު ވެސް ވެގެން ގޮސްދާނެ ކަމަށް ބުނެ އަނަސްގެ ރަހުމަތްތެރިންނާއި ހެޔޮއެދޭ މީހުން އަޑު އުފުލާފައިވެ އެވެ. - ފޮޓޯ: ނާޝިތު ފޮޓޯސް
އަނަސް މަރާލާފައިވަނީ، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރު ތެރޭގަ އެވެ. އޭނާއަށް ހަމަލާދީފައިވަނީ ގުރޫޕަކުންނެވެ. އެތައް ހަމަލާތަކެއް ދިނުމުގެ ސަބަބުން އަނަސްއަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އޭނާ މަރުވެފައިވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ. - ފޮޓޯ: ނާޝިތު ފޮޓޯސް
އަނިޔާވެރި ކަމުގައި ވަރަށް ހަރަކާތްތެރި ބަޔަކު އަރައިގަނެ މަރާލީ ވަރަށް މަޑުމައިތިރި، އަދި އެންމެނާވެސް ގުޅޭ މިޒާޖެއްގެ ޒުވާނެކެވެ. އޭނާގެ އާއިލާއިން ބުނާ ގޮތުގައި މުޅީންހެން ކަނޑުމަތީގައި އުޅެމުން އައި ކެޕްޓަނަކީ އެއްވެސް ގްރޫޕަކާއި އެއްވެސް އިރެއްގައި ގުޅުމެއް އޮތް ޒުވާނެއް ނޫނެވެ. ރަހުމުކުޑަ ގޮތަކަށް އޭނާ މަރާލިއިރު އޭނާ ދިޔައީ ކައިވެނިކުރުމަށް ތައްޔާރުވަމުންނެވެ. - ފޮޓޯ: ނާޝިތު ފޮޓޯސް
"މީހުންގެ ފަރާތުން މައުލޫމާތު ލިބެނީ އެއީ ގްރޫޕަކުން އެފަދަ އެހެން ގްރޫޕަށް ދޭން އުޅުނު ހަމަލާއެކޭ އެއީ، އަނަސް ލާފައި ހުރި ޓީޝާޓު [ހޯދަން އުޅުނު މީހާގެ ޓީޝާޓާ] އެއް ވައްތަރުވެ އޮޅިގެންނޭ އަނަސް އަށް ހަމަލާދެވުނީ،" އަނަސްގެ އާއިލާއިން "އަވަސް" އާއި ވާހަކަ ދެއްކި މެންބަރަކު ބުނެފިއިވެ އެވެ. - ފޮޓޯ: ނާޝިތު ފޮޓޯސް
އަނަސްއަކީ އެ އާއިލާގެ ތިން ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ އެވެ. އަދި އާއިލާގައި ހުރި ހަމައެކަނި ފިރިހެން ކުއްޖާ އެވެ. - ފޮޓޯ: ނާޝިތު ފޮޓޯސް
ގުރޫޕަކުން ދިން ހަމަލާއެއްގައި އަނަސްގެ އިތުރުން ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން މަރުވެފަ އެވެ. ސީދާ އެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ވެސް ފުލުހުން ނުބުނެ އެވެ. ނަމަވެސް މިފަހުން ހިނގި މާރާމާރީތަކާ ގުޅިގެން 23 މީހުން ހައްޔަރުކޮށްފައިވެ އެވެ. - ފޮޓޯ: ނާޝިތު ފޮޓޯސް