ރާއްޖެ އޯޓީއެމް އާއި ފިތޫރު ފެއާގައި

އިންޑިޔާގެ މުންބާއީގައި ކުރިއަށްދާ ވަންވޯލްޑް ޓްރެވަލް މާކެޓް (އޯޓީއެމް) ފެއާގައި ބައިވެރިވާ ބައެއް ބައިވެރިން: މި ފެއާގައި ރާއްޖޭގެ 15 ކުންފުންޏަކުން 23 މީހުން ބައިވެރިވެފައިވެ އެވެ- ފޮޓޯ: އެމްއެމްޕީއާރުސީ
އިންޑިޔާގެ މުންބާއީގައި ކުރިއަށްދާ ވަންވޯލްޑް ޓްރެވަލް މާކެޓް (އޯޓީއެމް) ފެއާގައި ބައިވެރިވާ ބައެއް ބައިވެރިން: މި ފެއާގައި ރާއްޖޭގެ 15 ކުންފުންޏަކުން 23 މީހުން ބައިވެރިވެފައިވެ އެވެ- ފޮޓޯ: އެމްއެމްޕީއާރުސީ
އޯޓީއެމް ފެއާއަކީ ދެކުނު އޭޝިޔާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާއެވެ. މިފެއާގައި 60 ގައުމަކުން 1300 މީހުން ބައިވެރިވެފައިވެ އެވެ- ފޮޓޯ: އެމްއެމްޕީއާރުސީ
ސްޕެއިންގެ ވެރިރަށް، މެޑްރިޑްގައި އޮންނަ، ފިތޫރު ޓޫރިޒަމް ފެއާގައި ރާއްޖޭން 22 ކުންފުންޏަކުން 38 ބައިވެރިން ދަނީ މި ފެއާގައި ރާއްޖެ އިޝްތިހާރު ކުރަމުންނެވެ- ފޮޓޯ: އެމްއެމްޕީއާރުސީ
"ސަނީ ސައިޑް އޮފް ލައިފް" ތީމްގެ ދަށުން ކުރިއަށްދާ ފިތޫރު ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ޓޫރިޒަމް އިންޑަސްޓްރީ ގުޅިގެން ކުރާ މަސައްކަތުގައި އިސްވެރިއެއްގެ ގޮތުން، ފިތޫރު ފެއާގައި ބައިވެރިވެވަޑައިގަތީ އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އެވެ. އެމްއެމްޕީއާރުސީން ބުނި ގޮތުގައި އިން-ބައުންޑް އަދި އައުޓް- ބައުންޓް ޓޫރިޒަމަށް ހާއްސަކޮށް ދުނިޔޭގައި ބާއްވާ އެންމެ މަޝްހޫރު އެއް ފެއާ ކަމަށްވާ ފިތޫރު ފެއާގެ ފުރަތަމަ ދެ ދުވަހު އޮންނާނީ ޓޫރިޒަމް ދާއިރާގެ ޕްރޮފެޝަނަލުންނާއެކު ބާއްވާ ބައްދަލުވުންތައް ކަމަށެވެ. އަދި ފަހު ދުވަހު އާއްމުންނަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ- ފޮޓޯ: އެމްއެމްޕީއާރުސީ