ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިއުން

މާލެ. 1 ޖެނުއަރީ 2019 - މިއަހަރު ފެށި އިރު ރާއްޖެ ވަނީ އަހަރުގެ ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔާފަ އެވެ. އަހަރުގެ ފުރަތަމަ ޓޫރިސްޓަކަށްވީ ދުނިޔޭގައި ވެސް އަދި މެދުއިރުމަތީގެ މަހުޖަނުން އެންމެ ގިނަ ސައޫދީ އަރަބިއްޔާގެ ޓޫރިސްޓެކެވެ. ވީއައިއޭއަށް މިއަދު ހެނދުނު އޮމާން އެއާގެ ޑަބްލިއުވައި 381 ފްލައިޓުން ރާއްޖެ އައި މި އަހަރުގެ ފުރަަތަމަ ޓޫރިސްޓުގެ ގޮތުގައި ހޮވިފައިވަނީ ސައޫދީ އަަރަބިއްޔާގެ ހާލިދެވެ. އޭނާ އައީ އާއިލާއާއެކު އެވެ. -- ފޮޓޯތައް: އެމްއެމްޕީއާރްސީ
ވީއައިއޭ 1، ޖެނުއަރީ 2019: އަހަރުގެ ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިއުން: މި އަހަރުގެ ފުރަތަމަ ރާއްޖެއަށް އައި ޓޫރިސްޓުގެ ގޮތުގައި ހޮވާފައިވަނީ ސައޫދީ އަރަބިއްޔާގެ ރައްޔިތެއް ކަމަށްވާ ހާލިދު ކަރީމް: އޭނަ ރާއްޖެ އައިސްފައިވަނީ އާއިލާއާއެކު- ފޮޓޯ: އެމްއެމްޕީއާރުސީ