ވިޔަފާރި

އުރީދޫން ވާވޭ ޕީ30 ސީރީޒްގެ ފޯނުތައް ޕްރީއޯޑަށް ހުޅުވާލައިފި

Apr 5, 2019

ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ވާވޭ ޕީ30 ސީރީޒްގެ ސްމާޓްފޯނުތަށް ޕްރީއޯޑަށް ރާއްޖޭގައި ހުޅުވާލައި، ހާއްސަ ޕްލޭން ތަކެއް އުރީދޫ އިން ތައާރަފްކޮށްފި އެވެ.

އުރީދޫ މެދުވެރިކޮށް ވާވޭގެ ޕީ30 ނުވަތަ ޕީ30 ޕްރޯ ޕްރީއޯޑަރު ކުރަށްވާ ކަސްޓަމަރުންނަށް ހާއްސަ އިނާޔަތެއްގޮތުގައި ވާވޭ ވޮޗް ޖީޓީ އެއްވެސް ލިބިގެންދާނެ އެވެ.

އެ ކުންފުނިން ބުނީ ޕީ30 ސީރީޒްއަށް ހާއްސަ ޕްލޭންތަށް މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، އެއް އަހަރުގެ މުއްދަތަށް، މަހަކު އެއް ޖިބީ ޑޭޓާ ހިލޭ ލިބޭނެ އެވެ. މީގެ ތެރޭގައި މަހަކު އެންމެ 875 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ވާވޭ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ވެސް ހިމެނެ އެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ބޭރުގެ ބޮޑެތި ބްރޭންޑްތަކާއި ގުޅިގެން އުރީދޫ އިން އަވަދުވެސް މަސައްކަތް ކުރަމުންދަނީ، މާކެޓުގެ އެންމެ ކުރިއަރާފައިވާ އައު ޓެކްނޮލޮޖީތަކާއި އީޖާދީ ހިދުމަތްތަށް ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.

"އަޅުގަނޑުގެ ކަސްޓަމަރުންނަކީ އައު ސްމާޓްފޯނުތަކަށް ލޯބި ކުރާ އަދި އިންތިޒާރުކުރާ ބަޔަކަށްވުމާއި އެކު، ފަހުގެ ވާވޭ ޕީ30 ސީރީޒް ލޯންޗު ކުރާ ފުރަތަމަ މާކެޓުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ އުފަލެއް. ކުރިއަށްއަތްތަނުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، ކަސްޓަމަރުން އެންމެ ލޯބި ކުރާ ސްމާޓްފޯނު ބްރޭންޑުތަކާއި ގުޅުވާލަދީ، ފޯނު ބައްލަވައިގަންނަން ފަސޭހަކޮށްދިނުމަށް،" ނަޖީބު ވިދާޅުވި އެވެ.

ޕީ30 ސީރީޒް ޕްރީއޯޑަރު ކުރެއްވުމަށް، ނުވަތަ މި ފޯނުތަކަށް ޚާއްސަކޮށްގެން އުރީދޫ އިން ތައާރަފްކޮށްފައިވާ ޕްލޭންތަކުގެ މައުލޫމާތު ހޯއްދެވުމަށް، https://www.ooredoo.mv އަށް ޒިޔާރަތްކުރަށްވާށެވެ. ހަމައެހެންމެ https://consumer.huawei.com އަށް ޒިޔާރަތް ކުރެއްވުމުން، ޕީ30 ސީރީސްގެ ސްމާޓްފޯނާއި ގުޅޭ އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ވާވޭގެ ފަހުގެ ފޯނު ދުނިޔޭގެ ބާޒާރަށް ނެރެފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ އެވެ. ދުނިޔޭގައި މިހާތަނަށް ފޯނެއްގައި ހިމަނައިގެން އުފެއްދި އެންމެ ވަރުގަދަ ކެމެރާ ހަރުކޮށްފައިވާ ވާވޭ "ޕީ30" ފޯނު ހާއްސަ ކަމަކީ މިފޯނުން ނަގާ ފޮޓޯ 50 ގުނަ އަށް ޒޫމް ކޮށްލި ނަމަވެސް ފޮޓޯ ފަޅައިގެން ނުދިއުމާއި ވީޑިއޯ ރޫޅިގެން ނުދިއުމެވެ. މި ފޯނަކީ ސެލްފީ ނަގަން ހާއްސަ ފޯނެއްގެ ގޮތުގައި ވަނީ މަގުބޫލުވެފަ އެވެ. ސަބަބަކީ ފޯނުގެ ކެމެރާތަކުގެ ބާރު ގަދަވުމެވެ. މި ފޯނުގެ ސެލްފީ ކެމެރާގައި 32 މެގަ ޕިކްސްއެލް ހުރެ އެވެ. ސެލްފީ ކެމެރާ އިން ވެސް އިން އެންމެ ފުރިހަމަކޮށް އެޗްޑީ ކޮލިޓީގައި އަނދިރީގައި ފޮޓޯ ނަގާލެވެ އެވެ.

ވާވޭގެ އުފެއްދުންތަކުގެ ރާއްޖޭގެ ނޭޝަނަލް ޑިސްރިބިއުޓަރަކީ މެކްސްކޮމް ޓެކްނޮލިޖީސް އިންނެވެ. އެ ކުންފުނިން ވާވޭގެ ފޯނުތަކަށް ހާއްސަ ވޮރަންޓީއެއް ދެ އެވެ.