ރައީސް އަމީންގެ ރެސިޕީ: ކަލިޔާބިރިންޖީ

ކަލިޔާބިރިންްޖީ އަކީ، ދިވެހިންގެ "ފޮލާ" ނުވަތަ ބިރިޔާނީ އެވެ. އިހު ޒަމާނުގައި، ދިވެހިންގެ އެންމެ ގަދަަރުހުރި ކާނާ އަކީ ކަލިޔާ ބިރިންޖީ އާއި، މިރުހުލީ ކުކުޅެވެ. ކޮންމެ މޮޅު ގެއެއްގައި އީދުގެ އުފާވެރި ކެއުމަކަށް ވަނީ އެ ކެއުމެވެ. އެކި ފުށް ވަކިވަކީން ހުންނާނެހެން ކައްކާލާފައި ހުންނަ "މުސްކުޅި" ކަލިޔާ ބްރިންޖީ... އޭގެ މީރު ކަމާއިމެދު، ވަކީން ދަންނަވާނީވެސް ކީކޭތޯ އެވެ؟ ރަހަ އެނގިވަޑައިގަންނަވާނީ، ހަމަ ފަރިއްކުޅުވުމުންނެވެ.

ބޭނުން ތަކެތި

  • ހަނޑޫ
  • ކާށި
  • ކަރަންފޫ
  • ކާފުރުތޮޅި
  • ފޮނިތޮށި
  • ފިޔާ
  • އިނގުރު
  • ދިރި
  • ގިތެޔޮ
  • ކާށިތެޔޮ

ކައްކާނެގޮޮތް

އެންމެ ފުރަަތަމައިން، ދަންނަވާންވީީ ތަކެތި ބޭނުންފުޅުކުރައްވާނެ ވަރެއް ދޮގެއްތޯ އެވެ؟ ކަލިޔާބިރިންޖީ އަކީ، ވަރަށްގިނަ މީހުންނަށް މީރު އެއްޗެކެވެ. އެހެންކަމުން ކައްކާނީ ނާާޅިިއެެއްގެ ބަތް ދޮގެއްތޯ އެވެ؟ އާދެ! ހަނޑޫ ނާޅި އެއް، ހެޔޮވަރުގެ ނާއްޓެއްގެ ކިރު، ކަރަންފޫ 6، ކާފުރުތޮޅި 6، އެޔާއި އެޅޭ ވަރުގެ ފޮނިތޮށިކޮޅެއް. ފިޔާގައު 1/3 ރަަހަ ހިފާވަރަށް އިގުރުކޮޅެއް. ދިރިކުޅަދު ، ގިތެޔޮގައު 1، ކާށިތެޔޮ ކުޑަ އެތިފޮދެއް.

އެންމެފުރަތަމައިން، ރަަނގަޅަށް ހަޑޫ ދޮންނެވުމަށްފަހު، ގޮށްޓަށް ނަންގަވާށެވެ. އޭގެ ތެރެއަށް ދިިރިކޮޅު އަަޅުއްވާލައްވާށެވެ. ކާށިން ކިރު ފެއްލަަވައި، އެއްޗަކަށް އަަޅުއްވާފަައި އިހަށް ބަަހައްޓަވާށެވެ. ދެން ކުރަައްވާންވީ ކަމަކީ، ފިޔައާއި އިގުރާއި ކޮށްޓަވައި އެ އެއްޗެހީގެ މަތީން އަރާ ވަރަށް ފެންފޮދެއް އަަޅުއްވާފައި ބެހެއްޓެވުމަށްފަހު، ފޮނިތޮއްޓާއި ކާފޫރުތޮޅިއާއި، ކަރަންފޫވެސްް އޭގެ ފެން ބޭނުންކުރެއްވޭނެ ގޮތުގެ މަތީން، ފެންފޮދަަކަށް އެޅުއްވުމެވެ.

ދެން، ގިތެލާއި ކާށިތެޔޮ މީރުކުރާން އުއްދަވާށެވެ. ލޮޮނުފޮދަކާއި ފިޔާ ފެނާއި ފޮނިތޮޮށި ކާފޫރުތޮޅި ފެނާއި އަޅުއްވައިގެން ގިތެޔޮ މީރުކުރަައްވާށެވެ. އިތެޔޮގަޑު ރަނގަޅަށް މީރުވުމަށްފަަހު އޭގެ ތެރެޔަށް ހަޑޫއަޅުއްވަައިގެން ހަނާ ކުރައްވާާށެވެ. ހަނާ ކުރައްވާނީ، ދިޔަހިކި ހަޑޫގަޑު ރަގަޅަށް ހަނާވަންދެންނެވެ. ރަަގަޅަށް ހަނާވުމަށްވުމަށްފަހު، ކިރު އަޅުއްވައި ދިޔަަވަރު ހެޔޔޮވަރުވަންދެން، ފެން އަަޅުއްވާށެވެ. ދެން ލޮނު ހެޔޮވަރު ކުރައްވައިގެން، ކައްކަވަމުން ގެންދަވާށެވެ. މަތިން ހިދެން ކައިރިވުމަށްފަަހު، ކުރިން ތައްޔާރުކުރަައްވާފައިވާ "ފިޔާ" ފެނާއި، ފޮނިތޮށި ކާފޫރުތޮޅި ފެން އަޅުއްވައި ރަނގަޅަށް ހައްލަވާލެއްވުމަށްފަަހު ބާލުއްވާށެވެ.