ރައީސް އަމީންގެ ރެސިޕީ: ކާށި ކޭކު

ބޭނުންތަކެތި

ހަޑުލުފުށްގާ 2، އުއްސަކުރުރާތާ 1، ކާށި 1، ކުކުޅުބިހުގެ ގޮބޮޅި 6، ކުކުޅު ބިހުގެ ލޮދި 2، ކަނަމަދު 100، ކުޑަކުޑަ ފިނި ފެންފޮދެއް، ކުޑަކުޑަ ކާފޫރުތޮޅި ކުޑިކޮޅެއް

ފިހާނެގޮތް

އެންމެ ފުރަތަމައިން ކާށި ރަގަޅަށް ގާނުއްވަވާށެވެ. 100 ކަނަމަދުގެ ތެރެއިން 75 ކަނަމަދު ތޮށި މައްޓަވައިގެން ތަޅުއްވަވާށެވެ. ތެޅުއްވި ކަނަމަދުގެ ތެރެޔަށސް ކުޑަކުޑަ ފިނިފެންފޮދެއް އަޅުއްވައިގެން، އެއްކުރައްވާށެވެ. ބާކީ ހުރި ކަނަމަދު ކޮޅު މައްޓަވައިގެން، ތުނި ތުނި ކޮށް ކޮއްޓަވާށެވެ.

ކުކުޅު ބިހުގެ ގޮބޮޅިތަކާއި، ހަކުރުކޮޅު އެއްޗަކަށް އަޅުއްވައިގެން، ފިސާރި ރަގަޅަށް އެއް ކުރައްވަވާށެވެ. އޭގެ ތެރެޔަށް މަދު މަދުން، ފުށް އަޅުއްވަމުން އެއްކުރައްވަމުން ގެންދަވާށެވެ. އެހެން އެއްޗިއްސާއި ފުށްތަކާއި ރަގަޅަށް އެއްކުރައްވާށެވެ. އާދެ! ފުށަކީ ހަޑުލު ފުށެވެ. ހަޑޫކޮޅު މުގުރުއްވަވާނީ، ކުޑަކޮށް ހަނާ ކޮށްލަވާފައި އިގޭތޯ އެވެ. އެންމެފަހުން، ކުކުޅުބިހުގެ ލޮދިފޮދު އެހެން އެއްޗިއްސާއި އެއްކުރައްވާށެވެ. ކޭކު ފިހާކަހަލަ އެއްޗެއްގެ ތެރޭގައި، ބަޓަރުރަގަޅަށް އުގުޅުއްވަވާފައި ހަކުރު ކޮޅަކާއި ފުށްކޮޅެއް އޭގެ ތެރެޔަށް ބުރުއްސަވާށެވެ.

ތައްޔާރު ކުރެއްވި އެއްޗެތި، ދަޅުގެ ތެރެޔަށް އަޅުއްވަވާށެވެ. ކޮއްޓެވި ކަނަމަދުކޮޅު މައްޗަށް އަޅާލައްވާށެވެ. ކޭކުގެ މައްޗަށް ރީތި މުށި ކުލައެއް އަންނަންދެން ފިއްސަވަމުން ގެންދަވާށެވެ. ގަޑިއެއް ހައި އިރުން ފިހެވިދާނޭ ކަމަށް ހީވެ އެވެ.