ރައީސް އަމީންގެ ރެސިޕީ: ރިހަަ ފަތަފޮޅި

ބޭނުންތަކެތި

ހަޑޫލާހި 1، މެދުމިނުމަސްގަޑު 2، ކާށި 1، ފިޔާ، މިރުސް، އިގުރު، ރަގަޅަށް ރަހަދޭ ވަރަށް.... އެވަރަކީ ކޮބައިހެއްޔޭތޯ އެވެ؟ ފިޔާގާ ½، ރޯމިރުސް 10، ކުޑަކުޑަ އިގުރުކޮޅެއް (މިހާވަރަށް ލައްވައިގެން ފުއްގަޑުމޮޑުއްވަވާލައްވާށެވެ. ރަހަތައް ރަގަޅު ނޫންނަމަ، އުނި އިތުރުކޮށްލައްވައިފާނު ދޮގެއްތޯ އެވެ؟)

ހަދާނެ ގޮތް

އެންމެ ފުރަތަމައިން، ކާށީގެ ހުނި ލައްވައިގެން ހަޑޫކޮޅު ރަގަޅަށް ފުޑުއްވަވާށެވެ. މަސް ލިއުއްވަވާށެވެ. ފިޔައާއި އގުރާއި، މިރުސް ކޮއްޓަވާށެވެ. މަހާއި ފިޔައާއި މިރުސް ރަގަޅަށސް މޮޑުއްވަވާށެވެ. މޮޑުއްވަވާނީ ރަހަދޭވަރަށް ހުތް އަޅުއްވައިގެން، ހެޔޮވަރަށް ލޮނު ލައްވައިގެންނެވެ. އެތެރެޔަށް މަސް އެޅޭނެހެން ފުށްގަނޑުން ގުޅަ ޖައްސަވަމުން، މަސް އަޅުއްވަމުން ތުން ބައްދަވަމުން ބާރު ކުރައްވަމުން ގެންދަވާށެވެ. ގުޅަ ޖައްސަވާނީ، ގުޅަޔަށް ގުޅަޖަހާވަރަށްވުރެ ތަންކޮޅެއް ބޮޑުކޮންނެވެ. ކުޑަކޮށް ފަތާކޮށްލައްވައިފަ އެވެ. ބޭރުންފަތްލައްވައިގެން ތަވާގައި ބަހައްޓަވައިގެން މަތިން އަންދަވަމުން ފިއްސަވާށެވެ. މުރަނަ ކުރައްވަންވާނެ އިގޭތޯ އެވެ.