ރައީސް އަމީންގެ ރެސިޕީ: ތަރުކާރީ ސުރުވާ

ބޭނުންތަކެތި

އަލުވި ކުޅަދު 5، ތޮޅި ކުޅަދު 5، ފެހިއޮށް ކުޅަދު 5، ބަޓަރުތޯލާ 1، ފިޔާ ތޯލާ 1، ވިލާތުބަށިދިޔަފޮދެއް، ލޮނު

ކައްކާނެ ގޮތް

އަލުވި މައްޓަވައިގެން، އަލުވި އާއި ތޮޅި އާއި ކުދިކޮށް ކޮއްޓަވާށެވެ. ކައްކާ މަޑުވާއިރު ހަތަރުޖޯޑުހުންނާނޭ ކަމަށް ލަފާފުޅުވާ މިންވަރަށް، ފެންފޮދެއް ތެލިބުރިއެއްގައި އުއްދަވާށެވެ. ކޮއްޓެވި އެއްޗެތި ފެނުގެ ތެރެޔަށް އަޅުއްވަވައިގެން މަޑު ކުރައްވާށެވެ. ލޮނު ހެޔޮވަރު ކުރައްވާށެވެ.
އެހެން އެއްޗެއްގައި.. އާދެ! ބަޓަރުކޮޅުގައި ފިޔާކޮޅު ރަތްކޮށްލައްވާށެވެ. ރަތްކޮށްލައްވާނީ، ކޮއްޓަވައިގެން އިގޭތޯ އެވެ؟ ސުރުވާ ތެލި ބުރީގެ ތެރެޔަށް މީރު ކުރެއްވި ބަޓަރު ފޮދު އަޅުއްވަވައިގެން ހައްލަވާލައްވާފައި ބާލުއްވަވާށެވެ.