ރައީސް އަމީންގެ ރެސިޕީ: ކަނަމަދު ހަލުވާ

ބޭނުންތަކެތި

ކަނަމަދު ރާތާ 1، ހަކުރު ރާތާ 1، ކުޑަ ގިތެޔޮ ފޮދެއް، ރަހަލާ ވަރަށް ކާފޫރުތޮޅިއޮށްކޮޅެއް

ކައްކާނެގޮތް

އެންމެ ފުރަތަމައިން، ކަނަމަދު މައްޓަވައިގެން ފުޑުއްވަވާށެވެ. "ފުށް"ތައް ވަކިކޮށްލައްވާށެވެ. ގިތެޔޮފޮދުގެ ތެރެޔަށް ލައްވައިގެން މީރު ކުރައްވާށެވެ. ކަނަމަދު ފުށާއި ހަކުރާއި ކާފޫރުތޮޅީ އެއްކޮށްލާއި، ގިތެޔޮފޮދު ރަގަޅަށް އެއްކުރައްވާށެވެ. އުދުންމައްޗަށް އުއްދަވައިގެން ކައްކަވައި ހިއްލަވައި ބާލުއްވަވާށެވެ.