ރައީސް އަމީންގެ ރެސިޕީ: އަލަމެޓާ

ބޭނުންތަކެތި

އަލަ، ހަކުރު

ހިލާނެ ގޮތް

އެންމެ ފުރަތަމައިން، އަލަމައްޓަވައިގެން ބުރިބުރި ކުރައްވާއިގެން، ފެންފޮދެއް އަޅުއްވައިގެން، ކައްކަވައިލައްވާށެވެ. ރަގަޅަށް ފުޑުއްވަވާށެވެ. އަލަގަލަކަށް ހަކުރުގަލެއްގެ މަގުން ހަކުރު އަޅުއްވަވާށެވެ. ރަގަޅަށް އެއްކުރައްވާށެވެ. ލޯގަޑަކަށް އަޅުއްވައިގެން އުދުން މައްޗަށް އުއްދަވައިގެން ކައްކަވާށެވެ. ރަގަޅަށް ތަތްވުމަށްފަހު ބާލުއްވަވާށެވެ. ތާހަކަށް އަޅުއްވަވައިގެން ގިނިމަޑުކޮށް ބަހައްޓަވައިގެން ހިއްލަވާށެވެ.