ވީޑިއޯއިން: ބާޒާރުގެ އެންމެ ބާރުބޮޑު ދުވަސް!

ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގެ ބާޒާރުމައްޗާއި މާރުކޭޓްތަކުގެ ކާރޫބާރު ދައްކުވައިދޭ އަވަސްގެ ވިޑިއޯ

އިއްޔެވީ ރޯދައަށެވެ. އަދި އިއްޔެވީ މުލަ ރޯދައިގެ ބަންދު ދުވަހަކަށެވެ. އިއްޔެވީ އެންމެން މާލޭގެ މާރުކޭޓްތަކަށް ޖަމާވި ދުވަހަކަށެވެ. އަދި އިއްޔެ ވެގެން ދިޔައީ މާލޭ ބާޒާރަށް ވަރަށް ބާރު ބޮޑު ދުވަހަކަށެވެ. އެންމެން ވެސް އިއްޔެ އުޅުނީ ބާޒާރު ކުރުމުގަ އެވެ. ކުދީން ގޮވައިގެން ބާޒާރު ކުރަން ގޮސް އުޅުނު މީހުން ވެސް އިއްޔެ މަދެއް ނޫނެވެ. އިއްޔެ ހެނދުނުން ފަށައިގެން މާރުކޭޓްތައް ބަންދު ކުރުމާއި ހަމަޔަށްވެސް މީހުން އޮތީ ތޮއްޖެހި ރަކަރަކަލައިލަ އެވެ.

މާރުކޭޓްގެ ގޮޅިއެއް: ރޯދަ މަހުގެ ފުރަތަމަ ދުވަހު ބާޒާެރު ފެނުނީ ވަރަށް ބޮޑަށް ކާރޫބާރު ބޮޑުކޮށް -- އަހުމަދު އަޔާދު | އަަވަސް

ބާޒާރައި މާރުކޭޓްތަކަށް މީހުން އިއްޔެ ޖަމާވިއިރު ރޯދައަށް ރާއްޖޭގެ ދަނޑުވެރިން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. ހާއްސަކޮށް، ކަރާ ހެދި ދަނޑުވެރިން ކަރައަށް ނުޖެހޭ ވަރަށް ފުރަތަމަ ދުވަހު ވެސް މާރުކޭޓަށް ކަރާ ފުނިޖަހާފަ އެވެ.

މާރުކޭޓްގެ ގޮޅިތައް އަދި ފެންނަނީ ވަރަށް ތިޔާގިކޮށެެވެ. މަޝްހޫރު ކަނޑޫދޫ މިރުސް އަގު ބޮޑުވުމުގެ ޝަކުވާއާއެކު، ރާއްޖެއިން ބޭރުން އެތެރެކޮށްފައިވާ މިރުހަށް ރަނގަޅު ޑިމާންޑެއް އިއްޔެ ފެށުނު އިރު ވެސް އޮތެވެ.

މަސް މާރުކޭޓްގައި މަހުގެ އަގުތައް ބޮޑުވުމުގެ ޝަކުވާ އިއްޔެ އޮތެވެ. އަދި ބޮޑު އަގުގައި ނުގަނެ ފަރުޖެއްސޭނެ ގޮތެއް ނެތުމުން ބާޒާރަށް ދިޔަ އެންމެން ވެސް އެނބުރި ދިޔައީ މަސް ގަނެގެނެވެ. މާރުކޭޓްގައި މަސްކަނޑަން ތިބި މީހުންނަށް ގައިމުވެސް އިއްޔެ ވީ ވަރަށް ބުރަ ދުވަހަކަށެވެ.

ވަޅޯމަސް މާރުކޭޓް ވެސް އިއްޔެގެ ހަތަރުދަމުހެން އޮތީ ފުރި ބާރުވެފަ އެވެ. އެ މާރުކޭޓްގެ ސަރަހައްދުގައި ފޮށި ފޮއްޓަށް ފަނި ގިރާނެ ރޯ އަލަނާސި އާއި، އެހެން ބާވަތްތައް އަޅައިގެން ހެޔޮ އަގުގައި ވިއްކި އެެވެ. ބާޒާރާއި މާރުކޭޓް ސަރަހައްދުގެ ޓްރެފިކް މެނޭޖް ކުރަން ފުލުހުން ވެސް ހާއްސަ އިސްކަމެއް އިއްޔެ ދިނެވެ. ދުރާލައި ޕާކިންޒޯންތައް ކުރަހާ ސަރަހައްދު ބްލޮކް ނުވެ އުޅޭވޭނެ ގޮތް ހަދައިދީފައި އޮތެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލލ

މި ރޯދަމަސް އައިފަހުން ބާޒާރުގައި ތަކެތި ވިއްކަނީ އިހުނަށްވުރެންވެސް ދެގުނަ ބޮޑުކޮށް!

ވަން

ކޮން ކަނޑޫދޫ މިރުސް ބަހުސް އެއްތޭ

ޙަބީބު

ސަރުކާރު ވަޒިފާތަކުގަކުގަ ތިބި ޖަހުލު ތަކައް ދެދުވަސް މިލިބުނީ ކޮބާ ފަތުރުވެރިކަމުގެ ދާއިރާގަ ތިބި މީހުންގެ ހައްގު ވަރައް އަގަލު ކުޑަގޮތަކައް ކަންކަން ރާވާހިންގަމުން މިދަނީ

އިފްއައި

ކޮން ކަނޑޫދޫ މިރުހުގެ ބަހުސްއެއްތޭ ތިޔާއީ ބަހުސް އެއް ނޫނޭ ތިޔާއީ ރަނޑުން ދައްކާ ވާހަކަ ތަކޭ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމުގައި އޮންނާނީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދި ފޯރމްލާފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަން އިއުލާން ކޮށްފައޭ އެކަން އެގޮތަށް ނުުކުރަންވެގެން ނޫންތޭ ހިންނަވަރު އިބްރާހިމް ވެރިކަމުގައި އޭނާ ކަނޑުކޮސް ފްލެޓް ކޮމެޓީ އެއް ނަގައިގެން އެފޯރމް ތައް އޮޅާލަނީ އިފް އައި ވޮނާ އެކްސްޕްލެއިން