ރޯދަ މަހާ ރޯއްޖާ

އެންމެ އަގު ބޮޑީ "ޔަހޫދީ ފަޅޯ"

Apr 26, 2021
1
ބާޒާރުގެ ގޮޅިއެއްގައި މިއަދު އިޒްރޭލު ފަޅޯ ނުވަތަ ޔަހޫދީ ފަޅޯ ވިއްކަން ބަހައްްޓާފައި -- ފޮޓޯ: އަވަސް
0%
0%
0%

މުޅި މާރުކޭޓުގައި ވެސް މަދު ގޮޅިއެއްގައި ނޫނީ ފަޅޮލެއް ނެތެވެ؛ ފޮޅޯ ވިއްކަން ހުރި މަދު ގޮޅިތަކުގައި ވެސް ހުރީ އެންމެ ވައްތަރެއްގެ ފަޅޮލެވެ. އެއީ މާރުކޭޓުގައި މިހާރު ހުރި އެންމެ އަގު ބޮޑު ވެސް ފަޅޮލެވެ. ބައެއް މީހުން މި ފަޅޮލަށް ކިޔަނީ "އިޒްރޭލު" ފަޅޮލެވެ. އަނެއް ބަޔަކު މަޖަލަކަށް ހަދައިގެން "ޔަހޫދީ ފަޅޯ" ވެސް ކިޔަ އެވެ. އެކަމަކު މިއީ ބާޒާރުގައި މިހާރު ހުރި އެންމެ އަގު ބޮޑު ފަޅޮލެވެ.

ދަނޑުވެރިކަމުގެ ޓެކްނޮޖީއަށް މޮޅު އިޒްރޭލުން ގެނެސް ރާއްޖޭގައި މުޑުވައް ކޮށްގެން ވިއްކާ މި ފޮޅޮލުގެ ކިލޯއެއް ވިއްކަނީ 65ރ. ގެ މަތީންނެވެ. ބައެއް ގޮޅިތަކުގައި އޭގެ ފަޅޯ ކިލޯއެއް 80ރ. އަށެވެ.

ފަޅޮލުގެ އަގު ބާޒާރުގައި މަތިވެ، އެންމެ ބާވަތެއް މި ރޯދަ މަހު ބާޒާރުން ފެންނަ ސަބަބަކީ ރޯދަމަސް ފެށެން ކައިރިވެފައި ވަނިކޮށް ބައެއް ރަށްރަށުގެ ފަޅޯދަނޑުތައް ހަލާކުވުމެވެ. ރާއްޖޭގައި އެންމެ ގިނައިން ފަޅޯ ހައްދާ ކާށިދޫގެ ދަނޑުތައް ވަނީ ވިއްސާރާގައި އެއްކޮށް "ތަޅާލާފަ" އެވެ. އޭގެ ސަބަބުން މިހާރު ބާޒާރުގައި ހުރީ މަދު ރަށަކުން ގެންނަ "ޔަހޫދީ ފަޅޮ" ލެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910